Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން އެއްބަސްވުން އައު ކުރުމަށް ހުށަހެޅުމަކީ އުފަލެއް: ޒަވީ

9 މާރިޗު 2023 | ބުރާސްފަތި 02:50

ޒަވީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ބާސެލޯނާ އަށް ތަށި ކާމިޔާބު ކުރެވިއްޖެ ނަމަ، އެކަން ކުރުމަކީ އެންމެ ރަނގަޅު ވަގުތު ކަމަށް ވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2023 | ބުރާސްފަތި 02:50
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާ އިން އޭނާ އަށް އައު އެއްބަސްވުމެއް ހުށަހެޅުމަކީ ނުހަނު އުފާވާ ކަމެއް ކަަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ޒަވީގެ މުސްތަޤުބަލާ މެދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް، ޒަވީގެ އެއްބަސްވުން އައު ކުރުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ޒަވީ ބުނީ، ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އައު ކުރުމަށް ކުލަބުން އެދުމަކީ ލިބޭ އުފަލެއް ކަމަށެވެ. އޭނާ ބުނީ އެއީ އިތުބާރު އޮތް ކަމުގެ ހެތްކެއް ކަމަށާއި، ނަމަވެސް އެއްބަސްވުން އައު ކުރުމުގެ ކުރިން ބޭނުންވަނީ ތަށި ކާމިޔާބު ކުރަން ކަމަށެވެ. އަދި އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ބާސެލޯނާ އަށް ތަށި ކާމިޔާބު ކުރެވިއްޖެ ނަމަ، އެކަން ކުރުމަކީ އެންމެ ރަނގަޅު ވަގުތު ކަމަށް ވާނެ ކަމަށެވެ. ޒަވީ ބުނީ އޭނާ ބާސެލޯނާ އަށް ހަވާލުވީ ކުލަބުން ހޯދަމުން އައި ކާމިޔާބީތައް ދަމަހައްޓައިދިނުމުގެ އަޒުމުގައި ކަމަށާއި، އޭނާ އަށް ފެންނަނީ އެ މަގުން ކުރިއަށް ދެވޭ މަންޒަރު ކަމަށެވެ.

ޒަވީ އާއެކު ބާސެލޯނާ އިން ވަނީ މި ސީޒަންގެ މިހާތަނަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ސްޕެނިޝް ލީގުގައި އެ ޓީމު މިވަގުތު އޮތީ ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. ބާސެލޯނާ އިން ސްޕެނިޝް ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރަމުން އަންނައިރު، ފުރަތަމަ ލެގުގައި ވާދަވެރި ރެއާލް މެޑްރިޑު ބަލިކޮށް އެ ޓީމުން ވަނީ ފައިނަލްގެ ފުރުސަތު ވެސް ބޮޑު ކޮށްފަ އެވެ. ސްޕެނިޝް ސުޕަ ކަޕަކީ ޒަވީ ބާސެލޯނާއާ ހަވާލުވި ފަހުން އެ ކުލަބުން ހޯދި ފުރަތަމަ ތައްޓެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް