Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަސިންޖަރުން އަނބުރާ ފޮނުވާލުން

މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާމެދު އަމަލުކުރާ އުސޫލުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލީ އެންމެ މީހެއް

އަނބުރާ ފޮނުވާލި ބްރަޒިލް މީހާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައިވާ ފަރާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 މާރިޗު 2023 | ބުދަ 05:38
މޯލްޑިވްސް އިމިގްރޭޝަނުން ފަސިންޖަރެއްގެ ޕާސްޕޯޓް ޗެކްކުރަނީ

މޯލްޑިވްސް އިމިގްރޭޝަނުން ފަސިންޖަރެއްގެ ޕާސްޕޯޓް ޗެކްކުރަނީ

ވައިގެ މަގުން އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާ މެދު އަމަލުކުރާ ގަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިހެން ބުނެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދިއާއި ލިޔުމުން ޖަވާބު ހޯދުމަށް ފޮނުއްވި ސުވާލުގެ ޖަވާބުގައި ހިމަނާފައިވާ ކަސްޓަމްސްއިން އަމަލުކުރަމުންދާ ގޮތުގެ ތަފްސީލުގައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފައިވަނީ ވައިގެ މަގުން އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާ މެދު އަމަލުކުރާ ގަވާއިދުގެ ދަށުން، ފަސިންޖަރުން ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމާއި އަނބުރާ ފޮނުވާލުމުގެ އިހްތިޔާރު ލިބިގެންވަނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ކަމަށެވެ.

މި ގަވާއިދުގެ 4 ވަނަ މާއްދާގެ 1، 2 އަދި 3 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެވުމުން ހިފެހެއްޓޭ ފަރާތްތަކާމެދު އަމަލުކުރުމުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ރޯލަކީ ފަސިންޖަރާއި، ފަސިންޖަރުގެ ފޮށި ތަންމަތި ބަލާ ފާސްކުރުމެވެ. އަދި ބަލާ ފާސްކުރުމުގައި މަސްތުވާތަކެތި ފެނިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މަސްތުވާތަކެތި ހަވާލުކޮށް ފަސިންޖަރު އަނބުރާ އިމިގްރޭޝަނާއި ހަވާލުކުރެވޭނެއެވެ.

މީގެ އިތުރުން ފަސިންޖަރުގެ ފޮށިން 2.6 ކިލޯ ޕެކިންއާއެކު ކޮކައިން ފެނިފައިވާ ކަމަށް ޖަވާބުގައި ބުނެފައިވެއެވެ. އަދި މި މަސްތުވާތަކެތި ވަނީ 6 ފެބްރުއަރީ 2023 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރެވިފައިވާ ކަމަށާއި، މި ފަސެންޖަރަކީ އެންޓްރީ ޑިނައިކޮށްފައިވާ ފަރާތެއްކަމުން، އޭނާ ވަނީ އަނބުރާ އިމިގްރޭޝަނާއި ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ، ދިވެހިރާއްޖެއަކީ 12 މާޗް 1974 ވަނަ އަހަރުން ފެށިގެން އައިކާއޯގެ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސިވިލްއެވިއޭޝަންގެ މެންބަރު ގައުމަކަށްވެފައި، ގާނޫނު 1/2007 ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެވުން ހުއްދަ ދެވެން ނެތް ފަރާތްތަށް ފޮނުވާލުމުގައި އެ ކޮންވެންޝަންގެ އާޓިކަލް 23 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ އައިކާއޯ އެނެކްސް 9 އާއި އެއްގޮތްވާގޮތުގެ މަތިން "އިން އެޑްމިސިބަލް" ފަސިންޖަރެއްގެ ގޮތުގައި އަދި ލަސްނުކޮށް ރާއްޖެއިން ދަތުރުކުރި ފްލައިޓަކުން އެފަރާތެއް ދަތުރުކުރި ގައުމަކަށް އަނބުރާ ފޮނުވާލަންޖެހޭ ކަމަށެވެ.

އަދި ބްރަޒިލްގެ ރައްޔިތެއް ވަނީ "އިން އެޑްމިސިބަލް" ޕަސެންޖަރެއްގެ ގޮތުގައި ކަނޑައަޅާ، އެފަރާތުން ރާއްޖެއަށް ދަތުރުކުރި ގައުމަށް އަނބުރާ ފޮނުވާލާފައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

27 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު