Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ދަރިވަރުން ވިހަވުން

އީރާނުގައި އަންހެން ދަރިވަރުން "ވިހަކުރުން": ދަރިވަރުން ބުނަނީ ދުވީ ވަހެއް ކަމަށް، އަސްލަކީ ކޮބާ؟

8 މާރިޗު 2023 | ބުދަ 04:16

ސްކޫލްތަކުގައި ކިޔަވަމުންދާ އަންހެން ދަރިވަރުން "ވިހަ ކުރަމުން" ދާ ދިއުމަކީ، އީރާނުގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ހިންގާ ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 މާރިޗު 2023 | ބުދަ 04:16
ދަރިވަރުން ބުނަނީ ދުވީ ވަހެއް ކަމަށް

ދަރިވަރުން ބުނަނީ ދުވީ ވަހެއް ކަމަށް

ހަފުތާ ބަންދު ނިންމާ، އާ ހަފުތާއަކާ ކުރިމަތިލިއިރު މީޑީއާގައި އެންމެ ބާރަށް ދެކެވެމުން ދިޔަ އެއް ވާހަކައަކީ، އީރާންގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގައި ކިޔަވަމުންދާ އަންހެން ދަރިވަރުން "ވިހަ ކުރަމުން" ދާ ވާހަކައެވެ. މިއީ މުޅިންވެސް ތުހުމަތުތަކެކެވެ. އެއްވެސް ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ކަން މިހެން އޮތް އިރު، އާދައިގެ މަތިން އީރާނާ ދެކޮޅަށް އެންމެ ހަރު އަޑުން ވަކާލާތު ކުރަމުންދާ ޤައުމަކީ މި ފަހަރުވެސް އެމެރިކާއެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހަސްއިން ވަނީ، އަންހެން ދަރިވަރުން "ވިހަ ކުރަމުން" ދާ ދިއުމަކީ، މަޢުޤޫލު ޢަމަލެއް ނޫން ކަމަށާ، ހާލަތު އޮތީ އިންތިހާއަށް ކަންބޮޑުވާ ފަދަ ދަރަޖައެއްގައި ކަމަށް ބުނެފައެވެ.

އީރާނުގެ އެކި ސްކޫލްތަކުގައި ކިޔަވަމުންދާ އަންހެން ދަރިވަރުން "ވިހަ ކުރަމުން" ދާ ދިއުމަކީ، އީރާނުގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ހިންގާ ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ އިރު، އެކަމުގެ ޙަޤީޤަތް ހޯދުމަށް މިނިވަން ތަޙުޤީގެއް ހިންގުމަށް، ވައިޓްހައުސްގެ ތަރުޖަމާނު، ކެރީން ޖޯން-ޕިޣޭ ވަނީ މަރޗް 6 ވަނަ ދުވަހު ގޮވާލައްވާފައެވެ. މިކަމަކީ، އދއިން އެކުލަވާލާފައިވާ އީރާންއަށް ހާއްސަ ހެކި ހޯދާ މިޝަންގެ މެންޑޭޓަށް ފެތޭނެ ކަމެއް ކަމަށްވެސް ވައިޓްހައުސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ވައިޓްހައުސްގައި އާންމު އުސޫލުން ކުރިއަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޯން-ޕިޣޭ ވިދާޅުވީ، އީރާނުގެ އެކި ސްކޫލްތަކުގައި ކިޔަވަމުންދާ އަންހެން ދަރިވަރުން "ވިހަ ކުރަމުން" ދާ ދިއުމަކީ، ތަޢުލީމު ހޯދަން އެ ދަރިވަރުން ކުރި މަސައްކަތުގެ ބަދަލުގައި ދޭ އަނިޔާއަކަށް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެއީ ލަދުވެތި ޢަމަލެއް ކަމަށެވެ.

ދަޢުލަތުގެ މީޑިއާއާއި އޮފިޝަލުންގެ ވާހަކަތަކަށް ބަލާއިރު ނޮވެމްބަރުން މަހުން ފެށިގެން އެކަނިވެސް 1000 އަށް ވުރެ ގިނަ އަންހެން ދަރިވަރުންނަށް ވަނީ ވިހަ ވުމުގެ ތަކުލީފުތައް އުފުލަން ޖެހިފައެވެ. ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އަންހެން ދަރިވަރުން "ވިހަ ކުރުމުގެ" ހާދިޘާތައް ގުޅެނީ، އަންހެން ކުދިންގެ ތަޢުލީމާ ދެކޮޅު، ދީނީ ގުރޫޕުތަކަކާއެވެ.

އަންހެން ދަރިވަރުން "ވިހަ ކުރުމުގެ" ތުހުމަތު ފެންމަތިވެފައި ވާ މި ދަނޑިވަޅަކީ، ބުރުގާ އަޅާފައި ހުރި ގޮތް ކަމު ނުގޮސްގެން އީރާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި އަންހެނަކު މަރުވި މައްސަލާގައި، އީރާނުގެ ދީނީ އިމާމުން ކޮންޓްރޯލް ކުރާ ސަރުކާރާ ދެކޮޅަށް، އެ ޤައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް، މަސްރަހު، އިންތިހާއަށް ހައްސާސް ވެފައި ވާ ދަނޑިވަޅެކެވެ.

އަންހެން ދަރިވަރުން "ވިހަ ކުރުމުގެ" ހާދިޘާތައް އެންމެ ފުރަތަމަ ފެންމަތި ވާން ފެށި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ ޝީޢީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤޯމް ސިޓީއިންނެވެ. އޭގެ ފަހުން، އީރާނުގެ 31 ޕްރޮވިންސެއްގެ ތެރެއިން 25 ޕްރޮވިންސްއަކަށް، މި ކަންތައް ވަނީ ފެތުރިފައެވެ. މިކަމާ ގުޅިގެން ބައެއް ބެލެނިވެރިން ވަނީ، އެމީހުންގެ ދަރުން ސްކޫލްތަކުން ނެރެ، މުޒާހަރާވެސް ކުރަން ފަށާފައެވެ.

ވިހައިގެ އަސަރު ކުރި ކަމަށް ބުނާ ބައެއް ދަރިވަރުން ވަނީ އެ ދަރިވަރުންގެ ތަޖުރިބާތައް މީޑިއާއާ ހިއްސާކޮށްފައެވެ. އެގޮތުން، އެކުދިންގެ ހަށިގަނޑުން ބާރު ގޮސް، އައްސިވެ، ހާސްވެފައި ހުންނަ އިޙުސާސް ކުރެވޭ ކަމަށް އެކުދިން ވަނީ ކިޔައިދީފައެވެ.

ވިހައިގެ އަސަރު ކުރި ކަމަށް ބުނާ ގޮތްވެސް އެކުދިން ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.

ކަން މިހެން އޮތް އިރު، އީރާނުގެ ސިއްޙަތާ ބެހޭ ވަޒީރު ވަނީ، ކުދިންނަށް ވިހައިގެ އަސަރު މާ ބޮޑަކަށް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުގެ ޢަދުއްވުން ހިންގާ ޖަރީމާއެކެވެ. އެ އަމަލަކީ، ދީނީ އިމާމުން ހިންގާ އީރާނު ސަރުކާރުގެ އަގު ވައްޓާލަން ހިންގާ ޖަރީމާއެއް ކަމަށްވެސް ސިފަ ކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2018

އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

25 ނޮވެމްބަރު 2018
އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން
18 ނޮވެމްބަރު 2018

ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

18 ނޮވެމްބަރު 2018
ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!
10 ސެޕްޓެމްބަރު 2018

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018
ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!
01 ސެޕްޓެމްބަރު 2018

ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ 'ބޮނޑިއެއް' ދީފި

01 ސެޕްޓެމްބަރު 2018
ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ 'ބޮނޑިއެއް' ދީފި
05 ޖުލައި 2018

މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

05 ޖުލައި 2018
މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!
24 ފެބުރުއަރީ 2018

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!
22 ޖެނުއަރީ 2018

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
23 އޮކްޓޯބަރު 2017

ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...

23 އޮކްޓޯބަރު 2017
ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...
04 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
26 މާރިޗު 2017

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް