Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިވަރީ ކޯސްޓު

ފުޓުބޯޅަ ކުޅެން ހުއްޓާ އައިވަރީ ކޯސްޓުގެ މުސްތަފާ ސީލޭ މަރުވެއްޖެ

އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2023 | ބުދަ 02:23
މުސްތަފާ ސީލޭ

މުސްތަފާ ސީލޭ

އައިވަރީ ކޯސްޓަށް ނިސްބަތްވާ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ މުސްތަފާ ސީލޭ މަރުވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ މަރުވީ އާދިއްތަ ދުވަހު ރޭސިން ކުލަބް އިން ސޮލް އެފްސީއާ ދެކޮޅަށް ޑޮމެސްޓިކް ލީގު އެކެއްގައި ކުޅުނު މެޗުގެ ތެރެއިންނެވެ. ދަނޑު މަތީގައި ހުއްޓާ ދިމާވި ޞިއްހީ މައްސަލައަކާ ގުޅިގެން އޭނާ ވަނީ ދަނޑު މައްޗަށް ވެއްޓިފަ އެވެ. އެއާއެކު އަވަސް ފަރުވާގައި އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅިގެން އޭނާ ކުޅެމުން އައި ކުލަބުން ވަނީ ބަޔާނެއް ވެސް ނެރިފަ އެވެ. އެ ބަޔާނުގައި ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި އެ ކުލަބުން އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވާ ކަމަށާއި، އާއިލާ އަށް ހިތްވަރުދޭ ކަމަށެވެ.

އެކަމާ ގުޅިގެން އައިވަރީ ކޯސްޓަށް ނިސްބަތްވާ ފުޓުބޯޅަ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ބުނީ، މިއީ އެ ޤައުމުގެ ފުޓުބޯޅަ އަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. މީގެ އިތުރުން ޑްރޮގްބާ ބުނީ، ހަތަރު އަހަރުވުމުގެ ކުރިން އެ ޤައުމުގެ ފުޓުބޯޅައިގެ ތިން ކުޅުންތެރިޔަކު ވަކިވެ ދިޔައީ ކަމަށެވެ. ޑްރޮގްބާ ވަނީ ކުޅުންތެރިންނަށް ދޭން ޖެހޭ އެންމެ އެކަށީގެންވާ ޞިއްހީ ފަރުވާ ކޮބައިތޯ ވެސް ސުވާލުކޮށްފަ އެވެ. އެގޮތުން ލޭގެ ޓެސްޓާއި، އީސީޖީ ކޮބައިތޯ ސުވާލުކޮށް ޑްރޮގްބާ ބުނީ، ކުޅިވަރު ފަރުވާ ލިބޭނީ ކޮން ދުވަހަކުންތޯ އެވެ.

މިހާދިސާއާ ގުޅިގެން އައިވަރީ ކޯސްޓުގެ ފުޓުބޯޅަ އިދާރާ އާއި އެ ޤައުމުގެ އެކިއެކި ފަރާތްތަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު