Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާ އިން ޒަވީ އަށް އައު އެއްބަސްވުމެއް ދޭނެ

ޒަވީ އަށް އައު އެއްބަސްވުމެއް ހައްގުކަން ފާހަގަ ކުރަމުން ލަޕޯޓާ ބުނީ، ޒަވީއާއެކު ބާސެލޯނާ އަށް ކުރިއަށް ދެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މާރިޗު 2023 | ބުދަ 02:18
ބާސެލޯނާގެ ކޯޗު ޒަވީ އަދި ރައީސް ލަޕޯޓާ

ބާސެލޯނާގެ ކޯޗު ޒަވީ އަދި ރައީސް ލަޕޯޓާ

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް އައު އެއްބަސްވުމެއް އެ ކުލަބުން ދޭނެ ކަމަށް ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ބުނެފި އެވެ.

ލަޕޯޓާ މިހެން ބުނީ ބާސެލޯނާގައި ޒަވީ ކުރަމުން އަންނަ މަސައްކަތާއި، ޒަވީއާއެކު ބާސެލޯނާ އިން ނެރެމުން އަންނަ ނަތީޖާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޒަވީއާއެކު ބާސެލޯނާ އިން މިހާރު ނެރެމުން އަންނަ ނަތީޖާތަކާމެދު ޓީމުގެ ވެރިންނާއި، ރައީސް ލަޕޯޓާ ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަަމަޖެހިފަ އެވެ. އެކަމާ ގުޅޭ ގޮތުން ލަޕޯޓާ ބުނީ، އޭނާ މިހާރު ވެސް ވިސްނަމުން އަންނަނީ ޒަވީގެ އެއްބަސްވުން އައު ކުރުމުގެ ކަންތަކާ ކަމަށެވެ. އަދި ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބު ނުކުރެވުނު ކަމުގައިވީ ނަމަވެސް، ބޭނުންވަނީ ޒަވީގެ އެއްބަސްވުން އައު ކުރުމަށް ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ބުނީ ޒަވީ ބޭނުންވަނީ އެންމެ ފުރަތަމަ ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށް ކަމަށާއި، ޒަވީ ޤަބޫލު ކުރާ ގޮތުގައި މިއީ އަދި އެއްބަސްވުން އައު ކުރަންވީ ވަގުތު ނޫން ކަމަށެވެ. ނަމަވެސް ޒަވީ އަށް އައު އެއްބަސްވުމެއް ހައްގުކަން ފާހަގަ ކުރަމުން ލަޕޯޓާ ބުނީ، ޒަވީއާއެކު ބާސެލޯނާ އަށް ކުރިއަށް ދެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ބާސެލޯނާގެ ކޯޗު ކަމާ ޒަވީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭނާ އަކީ ކުރިން ބާސެލޯނާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެ، އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ކުޅުންތެރިޔެކެވެ. ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީއިރު އެ ޓީމު އޮތީ ވަރަށް އުނދަގޫ ޙާލަތެއްގަ އެވެ. ނަމަވެސް ޒަވީއާއެކު ބާސެލޯނާ އަށް ކުރިއެރުންތަކެއް ލިބުނުއިރު، އެ ޓީމުން ވަނީ މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މި ސީޒަންގެ ސްޕެނިޝް ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. ސްޕެނިޝް ލީގުގެ އިތުރުން ބާސެލޯނާ އިން އަންނަނީ ކޮޕަ ޑެލް ރޭ މުބާރާތުގައި ވެސް ވާދަކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު