Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސިރު ގެއްލުނު މައްސަަލަ

ގެއްލުނު އާސިރުގެ ސިއްހީ ހާލަތުގެ ސަބަބުން އޭނާ އަށް ވީ ގޮތް ދެނެގަތުން ގޮންޖެހުމަކަށް

ފުލުހުން ވަނީ އާސިރުގެ މައްސަލައިގެ ތަފްސީލް ރިޕޯޓެއް މަޖިލީހަށް ހުށަހަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 މާރިޗު 2023 | އަންގާރަ 10:35
ގެއްލިގެން ހޯދަނިކޮށް ފެނުނު އާސިރު

ގެއްލިގެން ހޯދަނިކޮށް ފެނުނު އާސިރު

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މުހައްމަދު އާސިރު އިސްމާއީލްގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާ އަށް ވީގޮތް ދެނެގަންނަން ގޮންޖެހުމަކަށް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) މާލެއިން ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން އޭނާ ފެނިފައިވާ އިރު ފުލުހުން ބުނީ އަދި މިހާތަނަށް އައި އިރު އޭނާ އާއި މެދު ކަން ހިނގި ގޮތް އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ކަން ހިނގި ގޮތް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި މައްސަލަ އާއި ގުޅޭގޮތުން އަންގާރަ ދުވަހު މަޖިލީހުގެ ގައުމީ ސަލާމަތާައި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އާސިރު ގެއްލުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އިންޓެލެޖަންސް އާއި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް ވީގޮތް މިހާތަނަށް ހޯދިފައި ނުވަނީ އޭނާގެ ސިއްހީ މައްސަލައެއްގެ ސަބަބުން އެ ވާހަކަތައް ކިޔައި ނުދެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭސީޕީ ވިދާޅުވީ އާސިރު އެންމެ ފަހުން ޑޮކްޓަރަށް ދައްކާފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ. އާސިރު އާއި ގުޅުން ހުރި މައުލޫމާތުތައް މަޖިލީހުގެ ކޮމިޓީ އާއި ހިއްސާ ކުރީ ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހުގައެވެ. ސަބަބަކީ އެ މައުލޫމާތުތަކުގެ ތެރޭގައި އާސިރުގެ ސިއްހަތާއި، ޒާތީ ކަންކަމާއި ގުޅުން ހުރި މައުލޫމާތު ހިމެނުން ކަމަށް އޭނާ ވިދާޅުވިއެވެ. އާސިރުގެ ސިއްހީ ހާލަތާއި ގުޅިގެން އޭނާ ކަމާއި ގުޅޭ ކޮންސަލްޓަންޓަކަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިވަގުތު އޭނާއަށް އެވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށް ކޮންސަލްޓަންޓް ލަފާދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފެބްރުއަރީ 17 ގައި އެއާޕޯޓުން އާސިރު ފެނިފައިވަނީ އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ ހިސާބުގައި ހުއްޓާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އޭނާ ގެއްލިގެން ހޭދަވި 12 ދުވަހު ވީގޮތް ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާސިރު އާއްމުކޮށް އުޅެނީ ސައިކަލްގައި ނަމަވެސް އޭނާ ގެއްލުނު އިރު އޭނާ އުޅުނީ ސައިކަލުގައި ނޫން ކަމަށާއި ސައިކަލުގެ ތަޅުދަނޑި ގޭގައި އޮތް ކަމަށް އޭސީޕީ ވިދާޅުވިއެވެ. އާސިރުގެ ފޯނު ވެސް އޮތީ އޭނާ ގެއްލުނު މުއްދތަުގެ ތެރޭގައި ނިއްވާލާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެންމެ ފަހުން އޭނާގެ ފޯނު ބޭނުން ކުރި ލޮކޭޝަން ހޯދާ، އޭނާ އާއި އެންމެ ފަހުން މުއާމަލާތު ކުރި މީހުން ވެސް ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިރު ޓެކްސީ އަކުން އެއާޕޯޓަށް ފައިބާ މަންޒަރު ފެނުމުން އެ ޓެކްސީ ޑްރައިވަރު ދެނެގަނެ، އެ ޑްރައިވަރާއި ވެސް ސުވާލުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޑްރައިވަރުގެ ފަރާތުން ލިބެން ހުރި ހުރިހާ މައުލޫމާތެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ ބެލުމުގައި އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ ގިނަ ތަންތަން ހުރިކަން ފާހަގަވި ކަމަށާއި އެއީ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ އާސިރު ރާއްޖެއިން ބޭރަށް ދިޔަތޯ އާއި ރާއްޖޭގެ އެހެންތަކަށް ދިޔަތޯ ވެސް ބަލާފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ އެއާޕޯޓުގައި ހުރި ކެމެރާތަކާއި، އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނައިރުގެ ފުޓޭޖް ބަލައިގެން ވެސް އާސިރު އަށް ވީ ގޮތް ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ފުލުހުން ވަނީ އާސިރުގެ މައްސަލައިގެ ތަފްސީލް ރިޕޯޓެއް މަޖިލީހަށް ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު