Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ދަތުރުގެ ބައިވެރިންނަށް ފެލިވަރުން ކުރެވުނު ތަޖުރިބާ ވަރަށް ތަފާތު: ރާއިދު

ފެލިވަރު ކާރުޚާނާގެ ކަންކަން ދައްކާލި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 މާރިޗު 2023 | ހޯމަ 16:43
ސަވާދީއްތަ ދަތުރުގެ ބައިވެރިން ފެލިވަރަށް ކުރި ދަތުރުގެ ތެރެއިން

ސަވާދީއްތަ ދަތުރުގެ ބައިވެރިން ފެލިވަރަށް ކުރި ދަތުރުގެ ތެރެއިން

ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ފެލިވަރުން ތަފާތު ތަޖުރިބާއެއް ކުރެވުނު ކަމަށް, އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

މާރޗް 1 ވަނަ ދުވަހު ނ. ލަންދޫއިން ސަވާދީއްތަ ދަތުރު ފަށާފައިވާއިރު، ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުން ޔޮޓުތައް ބަނދަރުކޮށްފައިވަނީ ފެލިވަރުގައެވެ.

ފެލިވަރުން ދަތުރުގެ ބައިވެރިންނަށް ކުރެވުނު ތަޖުރިބާތަކާ ގުޅިގެން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރާއިދު ވިދާޅުވީ، އެ ރަށުން ދަތުރުގެ ބައިވެރިންނަށް ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ފަތުރުވެރިންނަށް، ރާއްޖެއަކީ އެއްވެސް އުފެއްދުމެއް އުފައްދާ ތަނެއްކަން މާ ބޮޑަށް އެނގިފައި ނޯންނަކަމަށާއި، އެހެންނަމަވެސް ރާއްޖެއަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މަސް ޕްރޮސެސްކުރާ، އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރަމުންދާ އެއް ގައުމުކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވި މި ދަތުރުގައި ފެލިވަރަށް ގޮސް ފެލިވަރުގެ ކާރުޚާނާގެ ކަންކަން ކުރިއަށްދާ ގޮތް ދަތުރުގެ ބައިވެރިންނަށް ދައްކާލެވުނު ކަމަށެވެ. މިގޮތުން ފެލިވަރު ކާރުޚާނާގައި އުފައްދާ މިފްކޯގެ އެކި ބާވަތްތައް ރަހަބަލާލައި ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ލިބުނުކަމަށް ރާއިދު ވިދާޅުވިއެވެ.

ފެލިވަރަށް ދިއުމަށްފަހު ދެން ދަތުރުގެ ބައިވެރިން ދިޔައީ ޅ. ހިންނަވަރަށެވެ. އަދި މިހާރު ދަތުރުގެ ބައިވެރިން ތިބީ ބ. ގޮއިދޫގައެވެ. އެރަށުންވެސް ތަފާތު އެތައް ކަމެއް ތަޖުރިބާކޮށްލެވިފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ، މި ދަތުރުގައި ދިޔަ ކޮންމެ ރަށަކުންވެސް ތަފާތު ކަންކަން ފެނިގެންދިޔަ ކަމަށެވެ. އަިދ ކުރިއަށް އޮތް ތަނުގައިވެސް ތަފާތު އެތައް ކަމެއް ތަޖުރިބާކޮށްލެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު

16 ޖޫން 2017
މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު
26 މެއި 2017

މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް

26 މެއި 2017
މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް
22 މެއި 2017

ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު

22 މެއި 2017
ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު
09 މެއި 2017

ޔާމީންގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފި

09 މެއި 2017
ޔާމީންގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފި
02 މެއި 2017

ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

02 މެއި 2017
ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު