Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮކިއުމެންޓް ނިޒާމް

ޕްރޮކިއުމެންޓް ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ދީފައިވާ ލަފަޔަށް ބިނާކޮށް ފިޔަވަޅުތައް އަޅާފައިވާނެ - އަމީރު

6 މާރިޗު 2023 | ހޯމަ 08:14

އޮޑިޓްގައި މިނިސްޓްރީ އޮފް ފިނޭންސުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަމަށް ފާހަގަކޮށްފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މާރިޗު 2023 | ހޯމަ 08:14
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ވެންޓިލޭޓަރު މައްސަލައަށްފަހު، ޕްރޮކިއުމެންޓް ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އިދާރާތަކުން ދީފައިވާ ލަފަޔަށް ބިނާކޮށް، ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާފައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ ކަންކަމަށް ފާރަވެރިވުމުގެ މެންޑޭޓް ހަވާލުކުރެވިފައިވާ މުއައްސަސާތަކުން ވެންޓިލޭޓަރުގެ ޕްރޮކިއުމެންޓް ހިނގާފައިވާ ގޮތް މިހާތަނަށް ބަލައި ނެރެފައިވާ ރިޕޯޓްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނެންސުން އެއްވެސްކަމެއް ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާކަމަށް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އޮޑިޓް އޮފީހުން 16 އޮގަސްޓް 2020 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ކޮވިޑް ހަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް މިނިސްޓްރީ އޮފް ހެލްތުގައި ވެންޓިލޭޓަރު މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަމަށް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އޭސީސީ އިން މިނިސްޓްރީއަށް އަންގާފައިވާ އެންގުމަށް ބަލާއިރު، ޕްރޮކިއުމެންޓުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އަންގަވާފައިވާ ކަންކަން މިހާރު ވާނީ އިތުރަށް ފުރިހަމަކޮށްފައި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓްރީ އޮފް ހެލްތުގެ އޮޑިޓް ރިވިއުކުރި އިރު، ވެންޓިލޭޓަރު މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ސާފުކުރުމަށް އެދުމުން، 27 އޮގަސްޓް 2020 ވަނަ ދުވަހު އެ ކޮމިޓީއަށް ހާޒިރުވެ މިނިސްޓްރީއިން އެ މައްސަލައިގައި އަމަލުކޮށްފައިވާގޮތާއި ޖުމްލަ ގޮތެއްގައި ކަން ހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް ތަފްސީލުކޮށް ކިޔާދެއްވާފައިވާނެ ކަމަށެވެ.

މިިިނިސްޓަރު އަމީރު ވިދާޅުވީ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ކަންތައްތަކާއި ގުޅޭ ސަރކިއުލާގައި ވެސް ކޮވިޑް-19 ގެ ހާލަތުގައި މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމުގެކުރިން ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށާއި، ޕްރޮކިއުމެންޓް ހިންގުމަށްފަހު މައުލޫމާތު ހިއްސާކުރުމާއި ގުޅޭ ކަންކަން ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ފަދަ ހާލަތްތަކުގައި މިނިސްޓަރަށް ލިބިދެވޭ އިހްތިޔާރުތަކާއި ގާނޫނީ ހައިސިއްޔަތު އިތުރަށް ސާފުކުރުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެވިފައިވާނެ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ވެންޓިލޭޓަރުތައް ގަތުމަށްޓަކައި ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށް ސަޕްލަޔަރުގެ ފަރާތުން މުދާ ލިބިފައި ނުވާތީ އެކަމުގެ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ސަރުކާރުން ވާނީ އެއްބަސްވުމާ އެއްގޮތަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް