Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ބެޓިސް މެޗުގައި ރެއާލުން ދެއްކި ކުޅުމާމެދު އަންޗެލޮޓީ ހިތްނުތަނަވަސްވެފައި

6 މާރިޗު 2023 | ހޯމަ 06:31

ބެޓިސް މެޗުގައި ޔަޤީނުން ވެސް ވަރަށް ރަނގަޅު ތިނެެއް ނުވަތަ ހަތަރު ފުރުސަތެއް ލިބުނު، މެޗުގައި ރެއާލް އެންމެ ރަނގަޅަށް ކުޅުނީ ޑިފެންސްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2023 | ހޯމަ 06:31
ބެޓިސް މެޗުގައި ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ބެޓިސް މެޗުގައި ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްނުތަނަސްވެއްޖެ އެވެ.

ލީގުގައި ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ވަނީ މުހިންމު ދެ ޕޮއިންޓު ގެއްލުވާލައިފަ އެވެ. އެއާއެކު ލީގު ތާވަލްގެ އެއް ވަނައިގައި ބާސެލޯނާ އަށް ވަނީ ބޮޑު ލީޑެއް ލިބިފަ އެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މެޗުގައި ރެއާލް ފެނުނީ ކުރީގައި ވަރަށް ބޮޑެތި މައްސަލަތަކަކާއެކު ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ތަންކޮޅެއް ބޮޑަށް ބެޓިސްގެ ޑިފެންސް ފެނުނީ ހުޅުވިފައި އޮއްވާ ކަމަށާއި، އެހާލަތުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު ކަމަށެވެ. ނަމަވެސް ފަހުން މެޗުގައި ފެނުނީ ގިނަ ހަމަތާކެއް އުފެއްދުމުގެ ބަދަލުގައި، މާ ބޮޑަށް ކޮއްޓައިގެން ކުޅެން އުޅުނު މަންޒަރު ކަމަށް ވެސް އޭނާ ބުންޏެވެ.

އަންޗެލޮޓީ ބުނީ ރެއާލަށް ވަރަށް ބޮޑު ގެއްލުމެއް ދައްކާނެ ކަމަށާއި، ޚާއްސަކޮށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑެއް ޖެހިފައިނެތްކަން އަންޗެލޮޓީ ފާހަގަ ކުރި އެވެ. އޭނާ ބުނީ ބެޓިސް މެޗުގައި ޔަޤީނުން ވެސް ވަރަށް ރަނގަޅު ތިނެެއް ނުވަތަ ހަތަރު ފުރުސަތެއް ލިބުނު ކަމަށާއި، މެޗުގައި ރެއާލް އެންމެ ރަނގަޅަށް ކުޅުނީ ޑިފެންސްގައި ކަމަށެވެ. އޭނާާ ބުނީ ރެއާލަށް ޑިފެންސްގައި ގޯސްތަކެެއް ހެދުނު ނަމަ، ލަނޑެއް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދެން ވިސްނަން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، ބެޓިސް މެޗުގައި ދިމާވި ކަންކަން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.

ރެއާލަށް ދެން އޮތީ މި މަހުގެ 11 ވަނަ ދުވަހު ރަށުން ބޭރުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް