Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމުގެ ސަބްސިޑީ

ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޢާދަކުރުމަށް ގޮވާލައި ޤަރާރެއް ހުށަހަޅައިފި

ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއިކަމެއް ދަނޑުވެރިންނަށް ފެންނަން ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މާރިޗު 2023 | ހޯމަ 04:43
އއ. ރަސްދޫގައި ދަނޑުވެރިއެއް މަސައްކަތް ކުރަނީ

އއ. ރަސްދޫގައި ދަނޑުވެރިއެއް މަސައްކަތް ކުރަނީ

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޢާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާންއެވެ. މި ގަރާރުގައި ހުށަހަޅުއްވާފައިވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޫކުރަން ފެށި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔަދަ ކުރުމަށް 2018 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައި ދެއްވުމަށް ގޮވާލާ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިކަމުގެ ބޭނުންކުރާ ބޭހާއި އާލާތްތައް ގަތުމަށް ސީދާ ދަނޑުވެރި މީހާގެ އަތަށް ލިބުނު ސަބްސިޑީގެ ސަބަބުން ރާއްޖޭގެ އެކިއެކި ހިސާބުތަކުގެ ގޭބިސީތަކުގެ އާންމު ހާލަތު ރަނގަޅުވެ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެގެން ދިޔަތަން ފެނިގެން ދިޔަ ކަމަށެވެ.

އަދި ރާއްޖޭގެ އެކިއެކި ރަށްރަށުން ދަނޑުވެރިކަމަށް ނުކުތް އަންހެންވެރިން އިތުރުވެގެންދިޔަތަން ފެނިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް ބަޣާވާތުގެ ވެރިކަމުގެ ތެރޭގައި އެ ސަބްސިޑީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސި ކެމްޕެއިނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނުގައި އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނަށް ވައުދުވެވަޑައިގެންފައިވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޭންފެށި ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށްދެއްވާނެކަމުގެ ވައުދުފުޅެވެ.

މި ވައުދުފުޅާއެކު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަނޑުވެރިން ވަރަށް އުއްމީދާއެކުވަނީ އެމަނިކުފާނަށް ވޯޓުދެއްވައި އިންތިހާބުކޮށްފައިކަމަށް ގަރާރުގައި ބުނެފައިވެއެވެ. 2018ގައި ވެރިކަމަށް ވަޑައިގެން 4 އަހަރު ވެގެން ގޮސް 5 ވަނަ އަހަރުގެ ފަހު މަސްކޮޅު ގުނަމުންދާއިރު ވެސް ދަނޑުވެރިންނަށް ލުބުނު ލުޔެއް ފެންނަން ނެތްކަމަށް ވެސް މި ގަރާރުގައި ބުނެފައިވެއެވެ.

އަދި 19 ވަނަ މަޖިލީހުން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުުރުމަށް އިންޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ އެއްކޮށް މާފްކުރެވިފައިވީ ނަމަވެސް ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއިކަމެއް ދަނޑުވެރިންނަށް ފެންނަން ނެތްކަމަށް ވެސް މި ގަރާރުގައި ބުނެފައިވެއެވެ.

އަދި ދަނޑުވެރިކަމުގެ އާލާތްތައް ވިއްކާ ފިހާރަތަކުން އަދިވެސް މުދާ ގަންނަން ލިބެންހުރީ ޑިއުޓީ ކަނޑާލުމުގެ ކުރިން ވެސް ލިބެންހުރި އަގަށް ނޫނީ އެއަށްވުރެންވެސް ބޮޑު އަގެއްގައި ކަމަށާއި މިކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ދަނޑުވެރިން ކުރާ މަސައްކަތުން ދެކޮޅު ނުޖެހި ދަރަމުންދާ ކަމުގެ ޝަކުވާތައް އެކިއެކި ފޯރަމްތަކުގައި ހިއްސާކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފައެވެ.

ސަރުކާރުން ދަނޑުވެރިންނަށް ހަމައަގު ހޯދަދޭނަމޭ ބުނެ ސަރުކާރުން ސީދާ ދަނޑުހެއްދުމުގެ ތެރެއަށް އަތްބާނާފައިވާކަމުގެ ޝަކުވާތައް މިހާރު ލިބެމުން އަންނަ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދަނޑު ހައްދާ ދަނޑުވެރިންނަށް ހަމަ އަގު ލިބޭތަނެއް ނުފެންނަކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ދަނޑުވެރިންނަށް ވައުދުވެފައިވަނީ ހެއްދި އެތިކޮޅު ފީނުވަނީސް ގަނެ އެތަކެތި ވިއްކާ ހުސްކޮށް ވަގުތުން އެތަކެއްޗަށް ފައިސާލިބޭނެ ދަނޑުގޮވާން ވެރިކަމެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ. މި ސިޔާސަތުގެ ދަށުން ޒަމާނީ އެގުރި ދަނޑުތައްޔާއި ގޯތި ގޯތީގައި ހެއްދޭ ދަނޑު ގޮވާމުންނާއި ހައިޑްރޯފޯނިކްްސް ސިސްޓަމްތަކުން އުފައްދާ ފެހިކާނާ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގުރި ބޯޓު މެދުވެރިކޮށް ފޯރުވައި އެތަކެތި ވިއްކޭނެ ފަަދަ އެގްރި ސެންޓަރުން ގާއިމް ކުރެވޭނެ ކަމަށެވެ.

ހައްދާ ތަކެތި ގިނަކޮށް އެ ވިއްކި އެއިން ފައިދާ ލިބޭނެކަމުގެ ކަށަވަރުކަން ދިވެހި ދަނޑުވެރިޔާއަށް ލިބޭނެކަމަށް ގަރާރުގައި ބުނެފައިވެއެވެ. ޒަމާނުއްސުރެ ރާއްޖޭގެ ދަނޑުވެރިކަމުގައި ނަގާކިޔާފައިވަނީ އަންހެންުން ކަމަށާއި، މި އަގުނުކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އެގްރިވިޔަފާރީގެ އެންމެ ބޮޑު ފައިސާ ނެގުމަށްޓަކައި ދަނޑުވެރި އަންހެނުންނަށް ހާއްސަ އިނާޔަތްތަކެއް ތައާރަފްކުރެވޭނެކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި މި ވައުދުވެސް ފުއްދެމުންދާކަމަށް ދަނޑުވެރިން ގަބޫލެއް ނުކުރާ ކަމަށާއި، މިއަދުވެސް ތިބީ އެކަމުގެ މާޔޫސް ކަމުގައިކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު