Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަމިލާން

އިންޓަމިލާން ބޭނުމީ ލުކާކޫ ފޮނުވާލަން، ޗެލްސީގައި ޖާގައެއްނެތް!

5 މާރިޗު 2023 | އާދީއްތަ 15:20

603 މިނިޓް ކުޅެގެން ޖެހުނީ އެންމެ ތިން ގޯލު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 މާރިޗު 2023 | އާދީއްތަ 15:20
އިންޓަމިލާނުގެ ފޯވަޑް ލޮމެލޫ ލުކާކޫ: އޭނާގެ ކުޅުމާމެދު އިންޓަ ހިތްހަމަނުޖެހޭ

އިންޓަމިލާނުގެ ފޯވަޑް ލޮމެލޫ ލުކާކޫ: އޭނާގެ ކުޅުމާމެދު އިންޓަ ހިތްހަމަނުޖެހޭ

އިންޓަމިލާނުން ބޭނުންވަނީ ބެލްޖިއަމްގެ ބިޔަ ފޯވަޑް ރޮމެލޫ ލުކާކޫ މިސީޒަނަށް ފަހު އެނބުރި ޗެލްސީ އަށް ދޫކޮށްލަން ކަމަށް އިޓަލީގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

ލުކާކޫ އަކީ މީގެ ދެ އަހަރު ކުރިން 115 މިލިއަން ޔޫރޯ އަށް އިންޓަމިލާނުން ޗެލްސީ އަށް ދިޔަ ކުޅުންތެރިއެކެވެ. އެކަމަކު އެ ކުލަބާ މައްސަލަޖެހި އަލުން ބުނެކިޔައިގެން އޭނާ އިންޓައަށް ބަދަލުވީ މި ސީޒަނުގަ އެވެ.

ނަމަވެސް އޭނާގެ ކުޅުމާމެދު އިންޓަ މިހާރު ހިތްހަމައެއް ނުޖެހެ އެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ސްޓާޓް ކުރީ އެންމެ ހަތް މެޗުގަ އެވެ. ޖުމުލަ 603 މިނިޓް ކުޅެގެން ޖެހުނީ އެންމެ ތިން ގޯލެވެ. މިއީ އިންޓަމިލާނުގައި 2019 އިން 2021 އަށް ކުޅުނުއިރު ގިނަ ގޯލުތަކެއް ޖެހި ލުކާކޫއާމެދު އެކުލަބުން ހިތްހަމަނުޖެހޭ އެއް ސަބަބެވެ.

ދެ ވަނަ ސަބަބަކީ ގާތްގާތުގައި އަނިޔާވުމާއި އޭނާގެ ފިޓްނަސް ދަށްވުމެވެ. އުމުރުން 30 އަހަރު ފުރެމުންދާއިރު އޭނާގެ ކުޅުން ރަނގަޅު ނުވެއްޖެނަމަ އިންޓައޮތީ އޭނާގެ ބެލެނެވެރި ކުލަބު ކަމަށްވާ ޗެލްސީއަށް ކުޅުންތެރިޔާ ފޮނުވާލަން ތައްޔާރުވެގެންނެވެ. އަނިޔާގައި ހުރެ މިދިޔަ އަހަރުގެ ވޯލްޑްކަޕަށްދިޔަ ނަމަވެސް ލުކާކޫ ފެނުނީ ގިނަ ފުރުސަތުތަކެއް ނަގާލައި ރަނގަޅަށް ނުކުޅެވުނު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
18 އެޕްރީލު 2017

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

18 އެޕްރީލު 2017
އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް