Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައުމީ ޔުނިވަރސިޓީ

ގައުމީ ޔުނިވާސިޓީ މުވައްޒަފުން އުފަލުން ފޮޅިފައި: މިއީ ދިގު އިންތިޒާރެއްގެ ނިމުން!

5 މާރިޗު 2023 | އާދީއްތަ 10:36

މި ބަދަލާއެކު މުވައްޒަފުން ތިބީ އުފަލުން ފޮޅިފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 5 މާރިޗު 2023 | އާދީއްތަ 10:36
ގައުމީ ޔުނިވާސިޓީ

ގައުމީ ޔުނިވާސިޓީ

މީގެ ހަ މަސް ކުރީގެ ހަނދާންތަކެއް އައުކޮށްލާއިރު، އެ ދުވަހަކީ ގައުމީ ޔުނިވާސިޓީއަށް މާ އުފާވެރި ދުވަހެއް ނޫނެވެ. އެ ދުވަހު އެ ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވަޒީފާއަށް ނުކުތީ ކަޅު ހެދުމުގައެވެ. ދެން އެ ތަނުގެ މައި ދޮރާށި ކައިރިއަށް އެ މުވައްޒަފުން ނުކުތީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު ކަންބޮޑުވުންތަކެއް ފާޅުކުރާށެވެ. އެއީ ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެދި ކުރި ހިމޭން އިހުތިޖާޖެކެވެ. އެކަމަކު މިއަދު އެއީ މާޒީއެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ އެ މުވައްޒަފުން ކުރި ދިގު އިންތިޒާރަށް ނިމުން އައި ދުވަހެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހުސާސެއް 10 ވަރަކަށް އަހަރު ފަހުން އެ މުވައްޒަފުންނަށް ކުރެވުނު ދުވަހެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެ ދުވަހު އިއުލާން ކުރެއްވީ މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލެވެ. އެއީ އެ މުވައްޒަފުން އުންމީދުކޮށްގެން ތިބި ވަރަށްވުރެ ވެސް މާ ހެޔޮ ބަދަލެކެވެ.

ލެކްޗަރާއިންގެ މުސާރައަށް 59 އިންސައްތައިގެ ކުރިއެރުމެއް ގެނައުމަށް އެ ދުވަހު ސަރުކާރުން ނިންމިއެވެ. ޖުމުލަ 767 މުވައްޒަފަކަށް އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާކަމަށް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް "ރާއްޖެޓީވީ"އަށް ވިދާޅުވީ ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އައީ ގިނަ ދުވަސްތަކަކަށްފަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފަހުން ޔުނިވާސިތީތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައީ 2010 ވަނަ އަހަރުކަމަށާއި އޭގެ ފަހުން މިއަދާ ހަމައަށް އެ މުސާރައަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، ޝަރީފް ވިދާޅުވީ މި ކަމުގެ ސަބަބުން ޔުނިވާސިޓީގައި މަސައްކަތްކުރާ ލެކްޗަރާއިން ދެވަނަ ވަޒީފާއަކަށް ނުގޮސް މަސައްކަތުގައި އުޅުމުގެ ފުރުސަތު މި ބަދަލާއެކު ފަހިވެގެން ދާނެ ކަމަށެވެ. ލިބޭ މުސާރަ އާއި ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ބައެއް ލެކްޗަރާއިން އެކި ކޮލެޖުތަކުގައި ވެސް ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރެއެވެ. އެހެން ނަމަވެސް، މި ބަދަލާއެކު ދެވަނަ ވަޒީފާއެއް އަދާނުކޮށް، ހިތްހަމަޖެހިގެން އުޅެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. އައިމިނަތު ޝާފިޔާ އާދަމް ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް ތިބީ ވަރަށް އުފަލުން ކަމަށާއި މުސާރަ ބޮޑުކުރިކަމުގެ ހަބަރު އިވުމާއެކު ޔުނިވާސިޓީގެ ވައިބާ ގުރޫޕްގައި ވެސް މުވައްޒަފުން އުފާފާޅުކުރަމުން ދިޔަ ކަމަށެވެ. އަދި ރައީސް ދެއްވި އުފާވެރި ހަބަރާއެކު އުންމީދުތައް އާލާވެގެން ދިޔަ ކަމަށާއި އެ ކަމުގެ ސަބަބުން މުވައްޒަފުން މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަމާއި އިހުލާސްތެރިކަން އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ޝާފިޔާ ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ވަގުތު ޔުނިވާސިޓީގެ މުވައްޒަފުން މަސައްކަތް ކުރައްވާ ކަމަށާއި މިއަދާ ހަމައަށް ވެސް ކުރެވެމުން އައި ޝަކުވާއަކީ ކުރާ މަސައްކަތާ އެއްވަރަށް އުޖޫރަ ނުލިބުމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް، މުސާރައަށް އައި ބަދަލާއެކު މި ކަންބޮޑުވުންތައް ފިލައިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ރެޖިސްޓްރާ މުހައްމަދު ލޯމިރު ވިދާޅުވީ ޔުނިވާސިޓީގެ މުވައްޒަފުން އެދުނު ގޮތަށް ސަރުކާރުން ރަނގަޅު ބަދަލެއް މުސާރައަށް ގެނެސްދެއްވައިފި ކަމަށެވެ. އަދި މި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން މަސައްކަތްކުރުމުގެ ވައްޓަފާޅި އާއި މަސައްކަތްކުރުމުގެ ރޫހު މުވައްޒަފުންގެ މެދުގައި ކުރިއަށްވުރެ ބޮޑުތަނުން ރަނގަޅުވެގެން ދާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ކުރެވެނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހުސާސެކެވެ. އެ ތަނުގެ މުވައްޒަފުން ތިބީ އުފަލުން ފޮޅިފައެވެ. އެ މުވައްޒަފުންގެ މޫނުމަތީގައި އެ ވާ ހިނިތުންވުމުގެ ފަހަތުގައި އެ ވަނީ އެތައް ދުވަހެއްގެ އިންތިޒާރެއްގެ ނިމުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2018

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !
02 މާރިޗު 2018

ކުއްލި ނުރައްކަލުގެ ޙާލަތުން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ނުރައްކަލަށް!

02 މާރިޗު 2018
ކުއްލި ނުރައްކަލުގެ ޙާލަތުން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ނުރައްކަލަށް!
01 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

01 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި
19 ނޮވެމްބަރު 2017

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟
19 ނޮވެމްބަރު 2017

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
11 ސެޕްޓެމްބަރު 2017

ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!

11 ސެޕްޓެމްބަރު 2017
ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!
17 އެޕްރީލު 2017

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

17 އެޕްރީލު 2017
ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް