Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުވައްޒަފުންގެ ދުޅަހެޔޮކަން

ވެރިން، މުވައްޒަފުންގެ ސިއްޙަތަށާ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމަށް ރައީސްގެ އަނބިކަނބަލުން އެދިވަޑައިގެންފި

ހާސްކަން ކުޑަ މަސައްކަތު މާހައުލެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2023 | ހޮނިހިރު 11:02
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ވެރިން, މުވައްޒަފުންގެ ސިއްޙަތަށާ ނަފްސާނީ ދުޅަހެޔޮކަމަށް ޙާއްޞަގޮތެއްގައި ސަމާލުކަންދީގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމްކޮށްގެން ބާއްވާ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ވަޒީފާ އާއި ދިރިއުޅުމުގެ ކަންކަން އެއްހަމައެއްގައި ހިފެހެއްޓުމަކީ، ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހާސްކަން ކުޑަ މަސައްކަތު މާހައުލެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވެރިން މުވައްޒަފުންގެ ސިއްޙަތަށާ ނަފްސާނީ ދުޅަހެޔޮކަމަށް ޙާއްސަގޮތެއްގައި ސަމާލުކަންދީގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ޤައުމީ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މިސަރުކާރުން، ވިހެއުމުގެ ޗުއްޓީ އާއި ދަރިއަކު ލިބުމުން ލިބޭ ޗުއްޓީއާއެކު މުސާރަލިބޭ ގޮތަށް ހަމަޖައްސައިދީފައިވާ ކަމަށާ، ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް އެޗުއްޓީތައް ދިނުމަށް ބޭނުން ނުވާކަން އަދި ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

އާއިލީ ޒިންމާތައް އަދާކުރުމާއި، ވިހެއުމުގެ ޗުއްޓީއަކީ، މުވައްޒަފުންނަށް ވަޒީފާގައި ކުރިއަށް ދިޔުމަށް އޮތް ހުރަހެއްކަމުގައި ނުހެއްދެވުމަށް ވަޒީފާ ދޭ ފަރާތްތަކަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ، އޮފީސްތަކުގެ ވެރިންނާއި ހިއުމަންރިސޯސް ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކުން، މުވައްޒަފުންނަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، މަސައްކަތުގެ މާހަލުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ހަމަހަމަކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުންނެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ، މަސައްކަތްކުރުމުގައި އެކަށޭނަ ފަސޭހަގޮތްތަކާ މުވައްޒަފުންގެ އަޑުއަހާނެ ގޮތްތައް ބެއްލެވުމަށް، މިކޮންފަރެންސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިކަން އިންތިޒާމްކުރެއްވި ފަރާތްތަކަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު