Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސައްކަތްތެރިންގެ ހައްގުތައް

ކުރު މުއްދަތެއްގައި، މަސައްކަތްތެރިން ބޭނުންވި މުހިންމު ބަދަލުތަކެއް ގެނެވިއްޖެ: ފައްޔާޒު

4 މާރިޗު 2023 | ހޮނިހިރު 02:36

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ކަންކަން މިސަރުކާރުން ކުރިޔަށްގެންދިޔައީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މާރިޗު 2023 | ހޮނިހިރު 02:36
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް

މަސައްކަތްތެރިންނާ ގުޅިގެން ވޭތުވެދިޔަ ދިގު މުއްދަތުގައި ގެންނަންޖެހޭ, އެހެންނަމަވެސް ނުގެނެވި ހުރި ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެންނަމުންދާއިރު, މިއީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

"މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ، މިސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކޮށްފައިވާ އަދި ކުރަމުންދާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ކަންކަން މިސަރުކާރުން ކުރިޔަށްގެންދިޔައީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުންކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާވެސް އެކަމަކަށް އެންމެ ބޮޑަށް އިސްކަމެއް ދެއްވި އަދި ބާރު އެޅުއްވި އެއް ކަންތައްކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަށާޖެހޭ ސިޔާސަތުގެ އެންމެ މުހިންމު ކަމަކީ، މަސައްކަތްތެރިންގެ ހައްގަކީ އޮންނަންޖެހޭ އެއްޗެއްކަން މުޖުތަމައު ބަލައިގަތުންކަމަށާއި ޚިޔާލުތަފާތުވުންތަކާއެކުވެސް އެއްބަސްވެވޭ ކަންތައްތަކަކާ ހަމައަށް އާދެވޭނެކަން މިއަދު ސާބިތުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވި މިނެއްގައި މިބަދަލުތައް އަންނަމުންދާއިރު، އަންނަ ބަދަލުތަކާ އެއްގޮތަށް ވިސްނުމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވިސްނުމަށް އަންނަންޖެހޭ ބަދަލުތައް ބޭނުންވާ މިންވަރަށް ނައުމާއި، ބަދަލަށް ބައެއް މީހުން ފަސްޖެހުންފަދަ ކަންކަން ދިމާވާނެކަމަށެވެ.

ނަމަވެސް އެހުރިހާ ކަމަކާއެކު އެންމެންގެ ވިސްނުމަށް އިހުތިރާމްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ގާނޫނީ ޕްލެޓް ފޯމުތައް ގާއިމުވެގެންދާއިރު ރާއްޖޭގެ އިގުތިސާދު އަދިވެސް ދާނީ ފުޅާވަމުންކަމަށެވެ. އެއާއެކު އިގުތިސާދީ މަސައްކަތްތަކަށް މީހުން ބޭނުންވާނެކަމަށާއި، އެހެންކަމުން އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ބިދޭސީން ބޭނުންވާނެކަމަށެވެ.

ނަމަވެސް މިހާރު ގާއިމުކުރެވިފައި ހުރި ޖޮބް ސެންޓަރުތަކުގެ އެހީގައި ރަނގަޅު ވަޒީފާތަކަށް ދިވެހިން ގެނައުން އެއީ ކުރިޔަށް އޮތްތަނުގައި ކުރާނެ އެންމެ މުހިންމު އެއް ކަންތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރިޔަށް އޮތްތަނުގައި ޖޮބް ސެންޓަރުތަކުގެ މަސައްކަތަކަށްވާނީ ދެމެހެއްޓެނެވި ގޮތެއްގައި ވަޒީފާތަކަށް ބޭނުންވާނެ ތަމްރީންތައް ދީ ދިވެހިންނަށް އެފަދަ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް