Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލަންދޫ މާބުދުގެ

ލަންދޫގެ ފަހުރުވެރި އާސާރު "މާބުދުގޭ"ގެ ވާހަކަ

މިތަނަށް "ހަތްކަ" ނުވަތަ "ހައިކަ" ވެސް ކިޔާ އުޅޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 މާރިޗު 2023 | ހުކުރު 13:10
ލަންދޫގެ ފަހުރުވެރި އާސާރު "މާބުދުގެ"

ލަންދޫގެ ފަހުރުވެރި އާސާރު "މާބުދުގެ"

މި ވާހަކަ ފަށާހިތްވަނީ ފޯކުލޯރ ވާހަކައަކުންނެވެ. ތުންތުން މަތިން އެތައް ޖީލަކަށް ވާރުތަ ވެގެން އައި މި ފޯކުލޯރގެ ވާހަކަ އަޅުގަނޑަށް ކިޔާދިނީ ލަންދޫގެ އުމުރުން ދުވަސްވީ މީހެކެވެ. އެ ވާހަކަ އަކީ މާކުރީ ޒަމާނެއްގައި ހިނގައި ދިޔަ ކަމެއްގެ ވާހަކައެވެ. އެއީ އެންމެ އިހު ޒަމާނުގައި މި ރަށުގައި ވަޒަންވެރިވެގެން އުޅުނުކަމަށް ބުނާ "ރެދިން"ގެ ކާބޯތަކެތި ތައްޔާރުކުރުމަށް އެ ރަށުގައި ޚާއްސަ ތަނެއް ހުރިކަމުގެ ވާހަކައެވެ. ބުނެވޭގޮތުން އެތަނަށް ކިޔާ އުޅުނީ މާ ބަދިގެއެވެ. އެތަނުގައި "ރެދިން"ގެ ކެއްކުމާއި، ބެރުޖަހާ ނަށާ މަޖާކުރުމުގެ ކުޅިވަރާއި ސަމާ ބާއްވާ އުޅުނު ކަމަށް ވެސް ވެއެވެ. ފޯކުލޯރގައި ބުނާގޮތުން ނަމަ ކޮންމެ ރެއަކު ވެސް މި ކުޅިވަރުތަކަށް ފަހު ފަޖުރަށް އަލިވުމުގެ ކުރިން އެ ބަޔަކު އެ ބައެއްގެ ރަށަށް އެނބުރި ދެއެވެ. އެކަމަކު އެއް ރެއަކު ކުޅިވަރާއި މަޖަލުގައި "ރެދިން" ތިއްބާ ފަޖުރު ލުމާއި އެކު ހުރިހާ ރެދިން ގާވީއެވެ. ޔޯލަކޮށް މި ވާހަކަ ކިޔާ އުޅޭ މީހުން ބުނާ ގޮތުން "ރެދިން" ގެ ސިފައިގައި ހުރި ގިނަ އަދަދެއްގެ ހިރިގަލުގެ ބުދުތައް އެތަނުގައި ހުއްޓެވެ.

އެެހެންނަމަވެސް މި ވާހަކަ އަކީ ފުލޯކް ވާހަކައެކެވެ. އެހެނަސް މި ވާހަކައިގައި ނިސްބަތް ކުރާ މާބަދިގެ ކަމަށް ބުނާ ތަނަކީ މިއަދާއި ހަމައަށް ވެސް އެ ތަނެއްގެ ނިޝާންތައް ދިރި ފެންނަން އޮތްތަނެކެވެ. މި ތަނުގެ ވާހަކަ ދިވެހި ތާރީހާއި ގުޅުން ހުރި ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. ނަސީމާ މުހައްމަދު އާއި، އެޗް. ސީ. ޕީ ބެލް، މުހައްމަދު އިސްމާޢީލް ދީދީ ފަދަ ލިޔުއްވުންތެރިންގެ ގަލަމުން މިތަނުގެ ވާހަކަތައް ލިޔުއްވާފައިވާއިރު އެކި ލިޔުންތަކުގައި މި ތަނުގެ ނަން ތަފާތު ގޮތްގޮތަށް ގަނެވިފައި އެބަހުއްޓެވެ. "ހައިކަ"، "ހަތްކަ"އިގެ ނަމުން މިތަނަށް ނަން ދެވިފައިވާ އިރު މިހާރުގެ ގޮތުން ނަމަ މިތަނަށް އެންމެ އާއްމުކޮށް ކިޔާ އުޅުނީ މާބުދުގެ އެވެ. މިތަނުގެ އަސްލު ހަގީގަތް ކަނޑައެޅިގެން ބުނަން ނޭނގުނު ނަމަވެސް އެތަނުން ފެންނަ ހުރި ނިޝާންތަކާއި، ސިފަތަކަށް ބެލުމަށް ފަހު ތާރީހީ ލިޔުއްވުންތެރިން އެންމެ ބޮޑަށް އިއްތިފާގު ވަނީ މާބުދުގެއަކީ ބުޑިސްޓު ދީނުގެ އެކުވެންޏެއް ނުވަތަ ވޭރެއް ހުރި ތަނެއް ކަމަށެވެ.

ލަންދޫ މާބުދުގެ އާއި އެޗްސީޕީ ބެލުގެ މޮނަގްރާފުގައި ވާ ގޮތުން މި ސަރަހައްދުގައި އުސްކޮށް ފެންނަން ހުރި ފަސް ފުންޏަކީ އެ އެކުވެނީގައި ހުރި އެންމެ ބޮޑު ޢިމާރާތްކަމަށް ބެލެވެއެވެ. އަދި މި ސަރަހައްދު ދިރާސާ ކުރި އިންޑިއާގެ އާކޮލޮޖިސްޓުންގެ ޓީމަކުން ވެސް މި ސަރަހައްދުގައި 5 ވަރަކަށް އިސްތަފޫ ހުރިކަން ވަނީ ދެނެގަނެވިފައެވެ.

ބޮޑު މިނުގައި 292 ފޫޓު ހުންނަ މިތަނަކީ 20 ފޫޓަށް ވުރެ އުސްކޮށް ހުރި ތަނެކެވެ. މި ރަށުގެ އިސް ރަށްވެހިން ބުނާ ގޮތުން ކުރިން މި ސަރަހައްދުން ފެންނަން ހުރި ގާތައް ހުރި ސަރަހައްދަކީ މިހާރަށް ވުރެ ބޮޑު އަދި އުސް ސަރަހައްދެކެވެ. މީގެ އިތުރުން މި ސަރަހައްދަކީ ރާއްޖޭގެ އެންމެ ޒަމާންވީ ލިޔުން އެ ސަރަހައްދަކުން ފެނުނު ތަނަށް ވުމުން އެތަނުގެ ތާރީހީ މުހިންމުކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. މީލާދީން 6 ވަނަ ގަރުނުގެ ލިޔުމެއް ކަމަށްވާ އެ ލިޔުމުގައި ފެންނަން ހުރީ ބޭނުންކުރި ދެކުނު ބްރަހުމީ ނުވަތަ "ފަހުގެ ބްރަހުމީ" އަކުރެވެ. މި ކަމުން އެކަނިވެސް މާބުދުރގެ ސަރަހައްދަކީ ދިވެހިންގެ އާސާރުގެ ކިހާ މުހިންމު ބަހާއެއްކަން އަންދާޒާކޮށްލެވެއެވެ.

ލަންދޫ އިން ފެންނަން ހުރި މި ތާރީހީ އާސާރާއި މެދު ތަރީހުގެ ފަތްފުތްތަކުން ފެންނަން ހުރި އިތުރު ކަންތައްތަކަށް ބަލާއިރު  1899 ވަނަ އަހަރު ރާއްޖޭގައި ކުރެއްވި ދިރާސާއެއްގެ ތެރެއިން ޕްރޮފެސަރ ޖޯން ސްޓޭންލީ ގާޑިނަރ  ފެން ވަޅެއް ފެނިވަޑައިގަތް ކަމަށް ލިޔުއްވާފައިވެއެވެ. ބުނެވޭ ގޮތުން އެ ވަޅުގައި ރަނުން ހުރި ފޮތި ތަކެއް ކަހަލަ އެއްޗެހިތަކެއް ކުރީ ޒަމާނުގައި ހުއްޓެވެ. ނަމަވެސް އެފަދަ އެއްޗެއް އެ ދިރާސާގެ ތެރެއިން ފެނިފައެއް ނުވެއެވެ.

މި ތަނަކީ ލަންދޫގެ އިތުރުން މުޅި ރާއްޖޭގެ ތާރީހާއި ގުޅިފައިވާ މުހިންމު ބިނާއެކެވެ. ދިވެހިންގެ ތާރީހު ލިޔެ ރައްކާކުރުމަށާއި މާދަމާގެ ޖީލަށް ރާއްޖޭގެ މުއްސަނދި ތާރީހު ލިއްބައިދިނުމަށްޓަކާ މިފަދަ ތަންތަން ހިމާޔަތްކުރުމަކީ މުހިންމުކަމެކެވެ. މި ތަން ރައްކާތެރިކުރެވި، މާދަމާގެ ދަރިންނަށް ފެންނާނެ ހެން ބެހެއްޓުމަކީ ތަރީހަށް ލޯބިކުރާ "ރަަށްވަންތަ" ބަޔަކު ދިރިއުޅޭ ލަންދޫގެ އުންމީދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު