Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ހިރިލަންދޫ ކަންމަތީ ބައްދަލުވުން

ރައީސް ނަޝީދަށް އުޅެވޭނީ އެމްޑީޕީއާއެކު، ގާސިމާއެކު ނޫޅެވޭނެ: މޫސަ

ދުވަސްކޮޅަކު ކޯފާ އިސްކުރައްވާ ހުންނެވި ނަމަވެސް ދެން ވެސް ރައީސް ނަޝީދަށް މަސައްކަތް ކުރެވޭނީ އެމްޑީޕީއާއެކު ކަމަށް މޫސަ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 މާރިޗު 2023 | ހުކުރު 08:02
ރައީސް ނަޝީދު އާއި ރީކޯ މޫސާ މަނިކު

ރައީސް ނަޝީދު އާއި ރީކޯ މޫސާ މަނިކު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތްތަނުގައި ވެސް އުޅުއްވޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ އެކުގައި ކަމަށާއި އެ ނޫން ބަޔަކާއެކު ނޫޅުއްވޭނެ ކަމަށް އެމްޑީޕީގެ  ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކުގައި ރައީސް ނަޝީދަށް ނޫޅުއްވޭނެ ކަަމަށާއި މީގެ ކުރިން ވެސް އެމަނިކުފާނަށް ގާސިމް ކަމުނުދިޔަ ކަމަށެވެ. އަދި ގާސިމް އަކީ ހަމަތައް ހިފަހައްޓަވާ ބޭފުޅެއް ކަމަށާއި، ރައީސް ނަޝީދު އެ މަނިކުފާނުގެ އަރިހަށް ވަޑައިގެން މިވަޑައިގެންނެވީ ޕާޓީގެ ބައި ފަޅި ހިފައިގެން ކަމަށް ވިދާޅުވިޔަސް ގާސިމް އެކަން ގަބޫލުނުކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. ގާސިމް އަކީ އިޚުލާސްތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި ދުވަސްކޮޅަކު ކޯފާ އިސްކުރައްވާ ހުންނެވި ނަމަވެސް ދެން ވެސް ރައީސް ނަޝީދަށް މަސައްކަތް ކުރެއްވޭނީ އެމްޑީޕީއާއެކުގައި ކަމަށް މޫސަ ވިދާޅުވިއެވެ.

މިއަދުގެ ހާލަތަށް އަލިއަޅުއްވާލައްވަވާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ގިނަ ޕްރޮޖެކްޓްތައް ނުހިނގާ އެއްވެސް ރަށެއް މިހާރު ނެތް ކަމަށާއި، މިހާރު މި ފެންނަނީ އެމްޑީޕީ އިން ގެނައި ޑޮމޮކްރަސީގެ ނަތީޖާ ކަމަށެވެ. މޫސަ ވިދާޅުވީ އެމްޑީޕީގެ ފިކުރު ދިރިގެން އައީ މޭޒެއް ކައިރިން ކަމަށާއި އެއީ "މޭޒެއްގެ ދިރުން" ކަމަށެވެ. އަދި 2004 އިން ފެށިގެން އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުން ގެންދެވީ ސަރުކާރަށް ޖިޒީ ދައްކައިގެން ރައްޔިތުން އުޅެން ޖެހިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ކަމަށާއި އެ ދުވަހު އެމްޑީޕީ އިން ކުރި މަސައްކަތަކީ ވަކި މީހެއްގެ އެކަނި މަސައްކަތެއް ކަމަށް ނުދެއްކޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގައި ތިބި ފަރާތްތައް ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އުޅުއްވީ ހާސްކަމުގައި ކަމަށެވެ. މަޖިލީހުގައި މިހާރުވެސް އެކަން އެނގިވަޑައިގަންނަވާނެ ބޭފުޅުން ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއް ދުވަހު ވަޑައިގެން މުޅި ކެބިނެޓް އެކީގައި އިސްތިއުފާ ދެއްވާ ވާހަކަ ރައީސް ނަޝީދު ވިދާޅުވެދާނެ ކަމަށާއި، އެފަދަ ކަންކަމާއި މަޖިލީސް ތެރެއިން ވެސް ހާސްކަން ފެނުނު ކަމަށް މޫސަ ވިދާޅުވިއެވެ.

އަދި މޫސަ ވަނީ އެމްޑީޕީ އަކީ އަބަދުވެސް އޭނާ އެ ޕާޓީއަކާ އެކުގައި މަސައްކަތް ކުރަން ބޭނުންފުޅުވާ ޕާޓީއެއް ކަަމަށާއި ޕާޓީއާ ދުރަށް ވަޑައިގަތީ ވެސް ރައީސް ނަޝީދާމެދު އުފެދުނު ޚިޔާލްތަފާތުވުމުގައި ކަމަށް ވިދާޅުވިއެވެ. އަދި އަނބުރާ ޕާޓީ އަށް ވަޑައިގަތުންވެގެން ދިޔައީ ވަރިވުމަށް ފަހު އަނބުރާ ކައިވެނިކުރުންފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ އެއްވެސް ބޭފުޅަކާއި ކައިވެނިކޮށްގެން ނޫޅެވޭނެ ފަދަ ގޮތަކަށް ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ އެފަދައިން ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސީ ނިންމެވުންތަކާ މެދު ވާހަކަދައްކަވަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު