Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބުރުނީގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައ

ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަސައްކަތް މުއްދަތުގެ ކުރިން ނިންމާލެވޭނެ: އާޒިމް

ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މާރިޗު 2023 | ބުރާސްފަތި 02:16
އާޒިމް ތ. ބުރުނީގެ މަސައްކަތްތައް ބައްލަވައިލައްވަނީ

އާޒިމް ތ. ބުރުނީގެ މަސައްކަތްތައް ބައްލަވައިލައްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތ. ބުރުނީގައި ކުރިއަށްގެންދާ ދެ މަޝްރޫއުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާ މުއްދަތުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ތ. އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ބުރުނީއަށް ވަޑައިގެންނެވެ. އެގޮތުން، އެ ރަށުގައި މިވަގުތު އެމްޓީސީސީން ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ދެ މަޝްރޫއުގެ މަސައްކަތް ވެސް ހަލުވި ކަމާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ އެ ކުންފުންޏާ ހަވާލު ކުރީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ގާތްގަނޑަކަށް 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާއިއައޭގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު މަސައްކަތް ރާވާފައި އޮތް ގޮތް ކިޔައިދެއްވަމުން އާޒިމް ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 1600 ފޫޓުގެ މަސައްކަތް ނިންމާލުމަށްފަހު ބަނދަރުގެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އީއައިއޭ ނިމިއްޖެނަމަ ބަނދަރުގެ އަމަލީ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ. އަދި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.

އެމްޓީސީސީން ބުރުނީގައި ހިންގާ ދެ މަޝްރޫއަށް ގާތްގަނޑަކަށް 77 މިލިއަން ރުފިޔާ އަރައެވެ.

ބުރުނީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ދަށުން 20،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި ކުރިން ފުންކޮށްފައިވާ ފަޅުގެ 9،800 ކިއުބިކް މީޓަރު ސަރަހައްދެއް އަލުން ފުންކުރުމާއި 8،400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 374 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި 181 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓެއް ޖެހުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި 2،578 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެ އިތުރުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އަޅައި، 220 މީޓަރު ރިވެޓްމެންޓް ޖަހާނެއެވެ. އަދި 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ބުރުނީތ. އަތޮޅުއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

23 ޑިސެމްބަރު 2025
ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު