Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރިސްގައި ދެރޭލު ޖެހުން

ގްރީސްގައި ދެ ރޭލު ޖެހުމުގެ ސަބަބުން 36 މީހުން މަރުވެއްޖެ

މި ހާދިސާގައި މަރުވާ މީހުންގެ އަދަދު އަދި އިތުރު ވާނެ ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 13:53
ގްރީސްގައި 2 ރޭލު ޖެހިފައި

ގްރީސްގައި 2 ރޭލު ޖެހިފައި

ގްރީސްގައި ފަސިންޖަރުން އުފުލާ ރޭލަކާއި މުދާއުފުލާ ރޭލެއް ޖެހުމުގެ ސަބަބުން 36 މީހުން މަރުވެއްޖެއެވެ. އެގައުމުގެ ގަޑިން ރޭ ހަތްގަޑި ތިރީސް އެހާކަންހާއިރު ހިނގި މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 66 މީހަކަށް ވަނީ ތަފާތު އަނިޔާތައް ލިބިފައެވެ. މީގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެމުން އަންނަނީ އިންޓެންސިވް ކެއަރގައެވެ.

މިހާދިސާ ހިނގުމާ ގުޅިގެން ގްރީކް ސަރުކާރުން މިހާރު ވަނީ ހިތާމަ ފާޅުކުރުމުގެ ތިންދުވަސް އިއުލާން ކޮށްފައެވެ. ހުރިހާ ރަސްމީ އިހުތިފާލްތައް ކެންސަލްކޮށް، އަދި ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ރޭލްވޭގެ ސްޓޭޝަން-މާސްޓަރ ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ފަރުވާ ކުޑަކަމުން ބަޔަކު މަރުވާން ދިމާވެފައިވުމުން ވަނީ އެކަމުގެ ދައުވާ އުފުލާފައެވެ.   

ސަލާމަތްވި ބައެއް މީހުން ކިޔައިދީފައިވާގޮތުގައި ދެ ރޭލު ޖެހުމާއެކު އިވުނީ ދޮރުތަކާ ކުޑަދޮރުގެ ބިއްލޫރި އެއްފަހަރާ ތެޅުނު އަޑެވެ. އަދި އެވަގުތު މީހުން ބިރުން ހަލޭއްލަވަން ފަށާފައި ވެއެވެ. އެއާއެކު އިރުކޮޅެއް ފަހުން ރޭލު ހުއްޓުމަކަށް ގެނައެވެ. އޭރު އެއްބައިގައި ވަނީ އަލިފާންވެސް ރޯވެފައެވެ. މީހުން ކިޔައިދިން ގޮތުގައި ގިނަ މީހުންނަށް ވަރަށް އަވަހަށް ރޭލުން ބޭރަށް ނުކުމެވޭ ގޮތް ވިއެވެ. ނޫންނަމަ މަރުވި މީހުންގެ އަދަދު މިއަށްވުރެ ގިނަވީހެވެ.

ޖެހުނު ދެ ރޭލުގެ ތެރެއިން ފަސިންޖަރުން އުފުލާ ރޭލުގައި 350އްހާ މީހުން ދަތުރު ކުރަމުން ދިޔަކަމަށާއި، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުން ކަމަށް ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވެއެވެ. ރޭލުޖެހުމުގެ ހާދިސާ ހިނގި ތެސަލޮނީކީއަކީ ގިނަ ކޮލެޖް ތަކަކާއި ހައި ސްކޫލްތަކެއް ހުންނަ ހިސާބަކަށް ވުމާއެކު، މި ޒުވާނުންނަކީ ގްރީސްގައި ފާހަގަކުރާ ޚާއްސަ ޗުއްޓީއަކަށް އަމިއްލަ ރަށަށް ދިއުމަށްފަހު އެނބުރި ދިޔަ ކުދިން ކަމަށް ބެލެވެއެވެ.

ތެސަލޮނީކީގެ ރީޖަނަލް ސަރުކާރުން ބުނެފައިވާގޮތުގައި ދެރޭލުވެސް ދަތުރު ކުރަމުން ދިޔައީ ވަރަށް ބާރު ސްޕީޑްގައެވެ. އެހެން ކަމާއެކު ޖެހުނީ ވަރަށްވެސް ބާރަށް ކަމަށާއި، ޖެހުމާއެކު ދެ ރޭލުގެވެސް ފުރަތަމަ ބުރި އެއްކޮށް ފުނޑުފުނޑުވެފައި ވާކަމަށް ބުނެފައި ވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގްރީސްގެ ރައީސް ކެތަރީނާ ވަނީ މޯލްޑޯވާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއް ކުރުކޮށްލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ.

ފަހުގެ ޚާބަރުތައް ބުނާގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ. އަދިވެސް ބައެއް ބައިތަކުގެ އެތެރެ ރަނގަޅަށް ނުބެލޭ ކަމަށް ބުނެފައިވާއިރު، ރޯވި ބައިތަކުގައި ތިއްބައި، ފިހިގެން މަރުވި މީހުން ދެނެގަންނަން ވެސް އުނދަގޫ ވެފައިވާ ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ. ކެރޭނުތައް ގެނެސް މިހާރު ދަނީ ވެއްޓިފައިވާ ރޭލުގެ ބައިތައް ނަގައި ދުރަށް ޖައްސަމުންނެވެ. އަދި އިތުރުބަޔަކު ތިބިތޯ ހޯދާފައިވެއެވެ.

ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ އަދަދުވެސް މިހާރު ވަނީ 72ށް އަރާފައެވެ.   

ގްރީސްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު