Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ ޤާތިލު ޝަނޫނަށް މަރުގެ އަދަބު، އެކަމުގައި ބައިވެރިވި ސިފާމު އުމުރަށް ޖަލަށް

ޒިޔަދަމްގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ހިފާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 06:21
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި, 7 އަހަރަށްފަހު ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުޙައްމަދު ޝަނޫން މަރަން ޙުކުމްކޮށް، އެކަމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ޙުކުމް ކޮށްފިއެވެ.

އެ ދެމީހުންގެ މައްޗަށްވެސް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެހެންނަމަވެސް ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށެވެ. ސިފާމްގެ މައްޗަށް ސާބިތުވީ އެކަމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ޝަނޫންގެ މައްޗަށް ގަސްތުމަރު ސާބިތުވުމާއި ގުޅިގެން ޒިޔަދަމްގެ ވާރިސުންގެހެކިބަސްނަގާފައިވާއިރު، ޒިޔަދަމްގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ހިފާށެވެ.

ޒިޔަދަމް މަރުވިއިރު އޭނާގެ ދަރިއަކު ހުރިނަމަވެސް، އެ ކުއްޖާއަށް 15 އަހަރު ފުރިފައިނުވާތީ، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ރިއާޔަތްކޮށް އޭނާގެ ބަސް ނަގާފައެއް ނުވެއެވެ. ސަބަަބަކީ ސުޕްރީމް ކޯޓުން އެކުލަވާލި މި އުސޫލުގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، މަރަށް މަރު ހިފޭނީ އުމުރުން 15 އަހަރުވެފައިވާ ހުރިހާ ވާރިސުންވެސް މަރަށް މަރުހިފަން ބޭނުންވާނަމަކަމަށެވެ.

ސިފާމްގެ މައްޗަށް ގަސްތުމަރު ސާބިތުނުވިނަމަވެސް، އޭނާ އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ޒިޔަދަމްއަށް ސަލާމަތްވާން ލިބުނު ފުރުސަތުތައް ހަނިވެގެން ދިޔަކަމަށް ދައުލަތުން ބުނެއެވެ. އަދި އޭނާވެސް މި މާރާމާރީގައި ބައިވެރިވެފައިވުމާއި، ޒިޔަދަމްއަށް ޙަމަލާ ދީފައިވާތީ ދައުލަތުން ވަނީ އޭނަގެ މައްޗަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބެއް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. އެގޮތުން އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެކެވެ.

އެނާގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަ އަދި އެންމެ މަތީ ދަރަޖައިން އަދަބު ކަނޑައެޅޭ ޙާލަތުގައިކަމަށްވާތީ ގާޒީ ވަނީ އޭނާގެ މައްޗަށް ސާބިތުވި ކުށަށް ކަނޑައެޅޭނެ އެންމެ މަތީ އަދަބުކަމަށްވާ 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިވާނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު