Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ހިފަން، މަންމަވެސް މަރުވުމުގެ ކުރިން ބުނެފައި އޮތީ އެގޮތަށް

19 ފެބުރުއަރީ 2023 | އާދީއްތަ 06:50

އެ ނިންމުމުގައި އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ނެތްކަމަށް ހުރިހާ ވާރިސުންވެސް ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ފެބުރުއަރީ 2023 | އާދީއްތަ 06:50
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި, 7 އަހަރަށްފަހު ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، ޒިޔަދަމްގެ ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާ އުފުލީ ލ މުންޑޫއަށް ނިސްބަތްވާ މުޙައްމަދު ޝަނޫންއާއި އަލީ ސިފާމްގެ މައްޗަށެވެ. ދެމީހުންގެ މައްޗަށްވެސް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. 

Advertisement - newsAdvertisement

އެހެންނަމަވެސް ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށެވެ. ވުމާއެކު ޝަނޫންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އަދަބު ކަނޑައެޅުމަށްޓަކައި،  ވާރިސުންގެ ބަސް ވަނީ ނަގާފައެވެ.

ޒިޔަދަމް މަރުވިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް، އޭނާގެ މަންމަ މިހާރު ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް އޭނާގެ މަންމަ ދުނިޔޭގައި ހުރިއިރު ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އޭނާ ޒިޔަދަމްގެ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ.

ޒިޔަދަމްގެ ބައްޕަގެ އިތުރުން، އެއްބަނޑު އެއްބަފާ އަންހެން 5 ކުދިންނާއި އެއްބަނޑު އެއްބަފާ ފިރިހެން އެއް ކުއްޖަކު ހުރެއެވެ.

އަދި އެއްބަފާ ދެ ކުއްޖަކުވެސް ތިބެއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ވަނީ ޒިޔަދަމްްގެ މަރާއި ގުޅިގެން ވާރިސުންނަށް ނިންމިދާނެ ގޮތްތައް ކިޔާދީފައެވެ.

އޭގެ ތެރޭގައި 3 ގޮތެއް ހިމެނޭއިރު، އެއް ގޮތަކީ ޤިޞާސް ނުވަތަ މަރަށް މަރު ހިފުމެވެ. ދެން އޮތް ގޮތަކީ ޤިޞާސް މާފު ކުރުމާއެކު މަރުގެ ދިޔަ ނެގުމެވެ. ތިން ވަނަ ގޮތަކީ ޤިޞާސްއާއި މަރުގެ ދިޔަވެސް މާފު ކުރުމެވެ.

ޒިޔަދަމްގެ ހުރިހާ ވާރިސުންވެސް ބުނެފައިވަނީ އެމީހުން މަަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. އެ ނިންމުމުގައި އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ނެތްކަމަށް ހުރިހާ ވާރިސުންވެސް ބުނެއެވެ.

ޝަނޫންގެ މައްޗަށް ޤަސްދުމަރު ސާބިތުވި ނަމަވެސް، ސިފާމްގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭ މިންވަރަށް ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

އެހެންނަމަވެސް، ސިފާމްވެސް މި އަމަލު ހިންގުމުގައި އެހީތެރިވެފައިވާކަމާއި، ޒިޔަދަމްއާއި މަރާމާރާރީ ހިންގުމުގެ އިތުރުން، އޭނާ މަރުވެގެން ދިޔަ އަމަލުތައް ހިންގުމުގައި މަގުފަހި ކޮށްދީފައިވާކަން ޝަރީއަތަށް ހުށައެެޅިފައިވާ ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޙުކުމް ކުރެއްވުމެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އަންނަ ހަފްތާގައި އެ އަޑުއެހުން ބާއްވަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަަަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް