Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތިމާވެށި ހިމާޔަތް ކުރުން

ދަރިވަރުންގެ ޚިޔާލަށް މަންހަޖު އިސްލާހު ކުރުމުގެ ނަތީޖާ ކިތަންމެހާވެސް ފޮނި

26 ފެބުރުއަރީ 2023 | އާދީއްތަ 05:03

މަންޙަޖުގެ ތެރެއިން ދަރިވަރުން ކުރިއަށް ގެންދާ އެއް ހަރަކާތަކީ ފެނުގައި ގަސް ހެއްދުމުގެ މަޝްރޫޢު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ފެބުރުއަރީ 2023 | އާދީއްތަ 05:03
ދުބާއީގެ ރޯޔަލް ގްރެމަރ ސްކޫލް ގިލްޑްފޯރޑް އިން އަމާޒު ހިފާފައި ވަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމޭ އިރު، އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކު ބޭނުން ކުރުން މުޅިން ހުއްޓާލުމަށް

ދުބާއީގެ ރޯޔަލް ގްރެމަރ ސްކޫލް ގިލްޑްފޯރޑް އިން އަމާޒު ހިފާފައި ވަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމޭ އިރު، އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކު ބޭނުން ކުރުން މުޅިން ހުއްޓާލުމަށް

ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކައިގެ އަޑަކީ، ދޭތެރެ ދޭތެރެއިން ގަދަވެލާ ގޮތަށް، ހަމަ އެ ބާރުމިނުގައި އޮބޭ ވާހަކަތަކެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ ވަކި މުނާސަބާތަކަކާ ގުޅިގެން ވެށި ހިމާޔަތް ކުރުމުގެ ވާހަކަތަކުގެ އަޑު ގަދަވެ، ހަރަކާތްތައް އިތުރުވުމަށްފަހު އަނެއްކާވެސް މަޑުޖެހިގެންދެއެވެ. ނަމަވެސް ތިމާވެށީގެން ޙައްޤުގައި މަސައްކަތް ކުރުމަކީ ދެމެހެއްޓެނިވި ރޫޙެއްގައި ކުރަން ޖެހޭ ކަމެއްކަން އެންމެންވެސް ޤަބޫލު ކުރެއެވެ.

މިކަމުގެ ރީތި މިސާލެއް ފެނިގެންދަނީ ދުބާއީގެ ރޯޔަލް ގްރެމަރ ސްކޫލް ގިލްޑްފޯރޑްގެ ދަރިވަރުންގެ ފަރާތުންނެވެ. ވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަކީ މިއަދު މި ދަރިވަރުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވަނީ ވެފައެވެ. ހައިޑްރޯޕޮނިކްސް ދަނޑުތަކުން ފެށިގެން، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓިނިވި ފަރުމާތައް ހެދުން ތައްޔާރު ކުރުމަކީ މި ދަރިވަރުން ފަޚްރުވެރިވުން ޙައްޤު މަޝްރޫޢުތަކެކެވެ.

އެކަމަކަށް ދަރިވަރުން ވަކާލާތު ކުރަމުންދާ ކަންކަމަށް އިތުރު ހިތްވަރެއްދީ، ދަރިވަރުން ބާރުވެރިކުރުވުމުގެ ގޮތުން ދުބާއީގެ ރޯޔަލް ގްރެމަރ ސްކޫލް ގިލްޑްފޯރޑް ސްކޫލްއިން ވަނީ، މި ހަރަކާތްތަކަކީ ދަރިވަރުންގެ ތަޢުލީމީ މަންޙަޖުގެ ބައެއް ކަމުގައި ކަނޑައަޅާފައެވެ. ޕްރިންސިޕަލް ކްލެއަރ ޓަރންބުލް ވިދާޅުވާ ގޮތުގައި، ދަރިވަރުންގެ އަޑަކީ އެހުން މުހިންމު އަޑެކެވެ.

މަންޙަޖުގެ ތެރެއިން ދަރިވަރުން ކުރިއަށް ގެންދާ އެއް ހަރަކާތަކީ ފެނުގައި ގަސް ހެއްދުމުގެ މަޝްރޫއެވެ. ސްކޫލް ކެންޓީނުގައި ހިންގާ މި މަޝްރޫއުގައި ބައިވެރިވާ ދަރުވަރުންގެ ތެރޭގައި، ޢުމުރުން 11 އަހަރުގެ ރަފައޭލް އަދި 12 އަހަރުގެ ސާޝާ ހިމެނެއެވެ.

ކެންޓީނަށް ބޭނުންވާ އެކި ކަހަލަ ފަތްޕިލާވެލި ފޯރުކޮށްދިނުމުގައި ރަފެއޭލްއާއި ސާޝާ އިސް ދައުރެއް އަދާ ކުރެއެވެ.

ސްކޫލްގެ ބޭނުމަށް ފަތްޕިލާވެލި ފޯރުކޮށްދިނުމުގައި ދަރިވަރުން ދަނީ ކާމިޔާބު ހޯދަމުންނެވެ. ޒިންމާދާރު ޒުވާނުންތަކެއް ބިނާ ކުރެވޭ ކަމުގެ އިޙުސާސް ޔަޤީނުންވެސް ކުރެވޭނެއެވެ.

ކެންޓީނު ހުރަސްކޮށް، ސްކޫލްގެ އަނެއް ފަރާތުން ފެންނަ ހުރި ކުލާސްރޫމަށް ނަޒަރު ގޮސް ހުއްޓޭއިރު އެތަނުންވެސް ފެނިގެންދަނީ ވެއްޓާ ދޯޅަ މަންޒަރެކެވެ. އެ ކުލާސް ތެރޭގައި ދަރިވަރުން އަވަދިނެތި އުޅެމުން ދަނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ހެދުން ފަރުމާ ކުރުމުގެ މަސައްކަތުގައެވެ.

ތިމާވެށީގެ ހަފުތާ ފާހަގަ ކުރުމުގެ ގޮތުން ސޯފިއާއާ އޭނާގެ ކުލާސްކ ކުދިން ވަނީ އުކާލާ ކަރުދާހުގެ ބާވަތްތަކުގެ ތެރެއިން އަލުން ބޭނުން ކުރެވިދާނެ ކަހަލަ ބާވަތްތައް އެއްކޮށްފައެވެ. އޭގެ ތެރޭގައި ޓިޝޫ ކަރުދާހުގެ އިތުރުން ބާވެފައިވާ ފޮތްތައް ހިމެނެއެވެ. މި ތަކެތި ހެދުންތަކުގައި ހަރުކޮށްގެން ތައްޔާރުކުރާ ފަރުމާތަކަކީ، 4 މޫސުމަށްވެސް ފުދޭ ފަރުމާތަކެކެވެ.

ދުބާއީގެ ރޯޔަލް ގްރެމަރ ސްކޫލް ގިލްޑްފޯރޑް އިން އަމާޒު ހިފާފައި ވަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމޭ އިރު، އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކު ބޭނުން ކުރުން މުޅިން ހުއްޓާލުމަށެވެ. މިއީ އަމަލީ ގޮތުން ހާސިލު ކުރެވިދާނެ އަމާޒަކަށް ހެއްދުމަށްޓަކާ ރޯޔަލް ގްރެމަރ ސްކޫލް ގިލްޑްފޯރޑްއިން  ވަނީ، މިހާރު ބޭނުން ކުރަމުންދާ މިފަދަ ޕްލާސްޓިކްގެ ބަދަލުގައި ވެއްޓާ ރައްޓެހި ހައްލުތަކެއް ހޯދުމުގެ މަޝްރޫއެއްގައި އަވާނީ ކުންފުންޏާއެކު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ.

ހައިޑްރޯޕޮނިކްސް ދަނޑުތައްތިމާވެށިޔޫއޭއީދަރިވަރުން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
02 އޮކްޓޯބަރު 2025

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 ޖުލައި 2025

ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ

12 ޖުލައި 2025
ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް