Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕައިލެޓް ރަހީނު ކުރުން

ޕައިލެޓް ރަހީނު ކުރުން: ޓެކްނޮލޮޖީގެ ދުނިޔޭގައިވެސް ބާޣީންގެ ނުފޫޒު!

ޕައިލެޓް މެހްޓެންސް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ވާނެ ކަމަށާ، އޭނާ ދިރިއުޅެމުން ދަނީ އާންމު ދިރިއުޅުމެއް ކަމަށް ބުނެފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 04:59
ޕައިލެޓް ފިލިޕް މިނިވަން ކުރާނެ ހަމަ އެކަނި ގޮތަކީ، އިންޑޮނޭޝިއާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން، އިސްތިޤުލާލީ މިނިވަންކަން ޤަބޫލު ކުރުން ކަމަށް ކޮގޯޔާ ބުނެފައިވޭ

ޕައިލެޓް ފިލިޕް މިނިވަން ކުރާނެ ހަމަ އެކަނި ގޮތަކީ، އިންޑޮނޭޝިއާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން، އިސްތިޤުލާލީ މިނިވަންކަން ޤަބޫލު ކުރުން ކަމަށް ކޮގޯޔާ ބުނެފައިވޭ

އިންޑޮނޭޝިއާގެ ޕަޕުއާ ޕްރޮވިންސްގެ ގަސް ބޯ ޖަންގަލިތަކުގެ ތެރޭގައި ބާޣީންގެ ބަޔަކު، ނިއުޒީލަންޑްގެ ޕައިލެޓަކު ވަގަށް ނަގައިގެން ރަޙީނުކޮށްގެން އުޅޭ ހާދިޘާއަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ، އެ ޕައިލެޓްގެ ފޮޓޯތަކަކާއި ވީޑިއޯތަކެއް އާންމު ކުރި ހިސާބުންނެވެ. ސޯޝަލް މީޑިއާއަށް އެ މަންޒަރުތައް ދޫކޮށްލީވެސް އޭނާ ރަޙީނުކޮށްގެން އުޅޭ ވެސްޓް ޕަޕުއަން ބާޣީންނެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެނިގެންދަނީ ވެސްޓް ޕަޕުއަން ނޭޝަނަލް ލިބަރޭޝަން އަރމީ (ޓީޕީއެންޕީބީ)ގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އިގިއޭނަސް ކޮގޯޔާއެވެ. އެ ވީޑިއޯގައި ކޮގޯޔާ ބުނާ ގޮތުންވިއްޔާ، ޕައިލެޓް ފިލިޕް މެހްޓެންސް މިނިވަން ކުރާނެ ހަމަ އެކަނި ގޮތަކީ، އިންޑޮނޭޝިއާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން، (ބާޣީން ނިސްބަތްވާ ސަރަޙައްދުގެ) އިސްތިޤުލާލީ މިނިވަންކަން ޤަބޫލު ކުރުމެވެ.

އެނަލިސްޓުން ބުނާ ގޮތުގައި ކޮގޯޔާއަކީ ބާޣީންގެ އެހެން ކޮމާންޑަރުންނާ ތަފާތު މީހެކެވެ. އެހެން ކޮމާންޑަރުންނަށް ވުރެ ނުރައްކާތެރި، އަދި މީޑިއާއާވެސް މާ ދޯޅު މީހެއް ކަމަށެވެ. އިންޑޮނޭޝިއާގެ މައި ސަރުކާރުން ވަކިވެގަތުމަށް މީގެ އަހަރުތަކެއް ކުރިން ފެށި ހަރަކާތްތަކާވެސް ނުބައްދަލު މީހެއް ކަމަށް އެނަލިސްޓުން ބުނެއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރޮއިޓަރޒްއިން ވަނީ ޕައިލެޓް ރަޙީނުކޮށްގެން އުޅޭ ބާޣީންގެ ޖަމާޢަތާ އެކު ޒޫމް ބައްދަލުވުމެއްވެސް ހަމަޖައްސާފައެވެ. ޓީޕީއެންޕީބީގެ ތަރުޖަމާނު، ސެބީ ސަމްބޮމް ހުރި ސަރަޙައްދުގެ އިންޓަރނެޓް ކަނެކްޝަންގެ ފެންވަރު ދަށް ކަމުން، ބައްދަލުވުން ކެންސަލް ކުރަން ޖެހުނު ކަމަށް ރޮއިޓަރޒްއިން ވަނީ ބުނެފައެވެ.

ރޮއިޓަރޒްއިން ކުރި ސުވާލުތަކަށް ސަމްބޮމް ވަނީ ޖަވާބު ދީފައެވެ. އެ ޖަވާބުތައް ހާމަ ކުރީވެސް ވީޑިއޯގެ ޒަރިއްޔާއިންނެވެ. ޕައިލެޓް މެހްޓެންސް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ވާނެ ކަމަށާ، އޭނާ ދިރިއުޅެމުން ދަނީ އާންމު ދިރިއުޅުމެއް ކަމަށްވެސް ސަމްބޮމް ވަނީ ރޮއިޓަރޒްއަށް ބުނެފައެވެ. ޕައިލެޓު ދިރިއުޅެމުން ދަނީ އެއްވެސް ކަހަލަ ބިރުވެރި ކަމެއްގެ ތެރޭގައި ނޫން ކަމަށްވެސް ސަމްބޮމް ވަނީ ބުނެފައެވެ.

ކަންމިހެން އޮތް އިރު، ސަމްބޮމް ވަނީ ވެސްޓް ޕަޕުއާ ސަރަޙައްދުގެ ސިޓީތައް ސުންނާފަތި ކުރުމަށް އެ ޖަމާއަތުން ނިންމާފައި ވާ ކަން ހާމަކޮށްފައެވެ. އެކަން ކުރަނީ، އިންޑޮނޭޝިއާގެ ފުލުހުންނާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތެއްގެ ގޮތުގައި ކަމަށްވެސް ސަމްބޮމް ވަނީ ބުނެފައެވެ.

އަދުގެ ދުނިޔެއަށް ބަލާއިރު، ވަކިވެގަތުމަށް މަސައްކަތް ކުރާ އެކިއެކި ގުރޫޕުތަކުން ޑިޖިޓަލް ދުނިޔޭގައި ހަރަކާތްތެރިވާ ނިސްބަތް އިތުރުކަމުގައި ދަންނަވަން ޖެހެއެވެ. ޓީޕީއެންޕީބީ އަކީ އެފަދަ އެއް މިސާލެވެ. ސަމްބޮމްއަކީ ތަރުޖަމާނު ކަމުގައި ހަމަޖައްސާފައި ވާއިރު، ޤަވައިދުން ޔޫޓިއުބްއާއި އެނޫންވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވީޑިއޯތައް ހިއްސާ ކުރަމުން ދެއެވެ. މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ޓެރަރިސްޓް ޖަމާއަތް ކަމަށް ވާ، އައިސިސްއާ ދާދި އެއްގޮތަށް ކަމަށް، އެނަލިސްޓުން ސިފަ ކުރެއެވެ.

ކަގޯޔާގެ ވެރިކަމުގެ ކޮއެލަށް ގެނައި ބަދަލުތައް އޭނާ އިޢުލާން ކުރީވެސް ވީޑިއޯ ތަގުރީރެއް މެދުވެރިކޮށެވެ.

ނޭޝަނަލް ރިސަރޗް އެންޑް އިނޮވޭޝަން އޭޖެންސީ (ބްރިން)ގެ ރިސަރޗަރެއް ކަމަށްވާ ކާޔޯ ޕަމުންގްކަސް ބުނި ގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން، ބާޣީންނަށް ދިފާޢަށް ކުޅޭ ބަޔާންތައް ޢާންމު ކުރުމަށް ފުރުޞަތު ތަނަވަސްކޮށްދެއެވެ.

ޓީޕީއެންޕީބީއަކީ ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާޢަތަކަށް ވުރެ ބޮޑަށް، ޓެރަރިސްޓް ޖަމާޢަތެއް ކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ދެކެމުން ދާއިރު، އެއީ އެ ޖަމާޢަތުގެ އެފަދަ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރަން ލިބޭ ހިތްވަރެއް ކަމަށްވެސް ޕަމުންގްކަސް ވަނީ ފާހަގަ ކޮށްފައެވެ.

ނެދަލަންޑްސްގެ ބާރުވެރި މުށު ތެރެއިން އިންޑޮނޭޝިއާ މިނިވަންކޮށް، 1969 ވަނަ އަހަރު، އދގެ އެހީއާއެކު އިންޑޮނޭޝިއާގެ ކޮންޓްރޯލްގެ ދަށަށް އެޤައުމު ގެންދިޔަ ހިސާބުން ފެށިގެންވެސް، ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ދަނީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. ބައި ޤަރުނަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައި ވާއިރު، 500 އެއްހާ ޕަޕުއަން ފައިސާ އަށް ބާޣީން ދަނީ، އިންޑޮނޭޝިއާގެ މައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ކުރިމަތިލުންތައް އިތުރަށް ހޫނުވާން ފެށީ 2018ގައެވެ. އެއީ ވަކިވެގަތުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހަތިޔާރު ލިބޭނެ އިތުރު މަގުތައް ތަނަވަސްވީ ހިސާބެވެ. އެމީހުން އެކަން ކުރަނީ އަސްކަރީ ޕޯސްޓްތައް ރެއިޑްކޮށްގެންނެވެ. ނޫނީ ބޯޑަރު ހުރަސްކޮށް ޣައިރު ޤާނޫނީ ވިޔަފާރިތަކެއް ކޮށްގެން ކަން އިންސްޓިޓިއުޓް ފޮރ ޕޮލިސީ އެނަލިސިސް އޮފް ކޮންފްލިކްޓްއިން މިދިޔަ އަހަރު އާންމު ކުރި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ޗީފް ސެކިއުރިޓީ މިނިސްޓަރު، މަފޫޚު މުޙައްމަދު ވަނީ، މެހްޓެންސްގެ ސަލާމަތްތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި މިކަމުގައި ގެންގުޅުއްވާނީ އަނެކާއަށްވެސް ޤަބޫލު ކުރަން ފަސޭހަ އުކުޅުތަކެއް ކަމަށާ، ނަމަވެސް އޭގެ މާނައަކީ އެނޫން ގޮތްތައް ބޭނުން ނުކުރައްވާނެ ވާހަކަ ނޫން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ ޕަޕުއާދުނިޔެޕައިލެޓް ފިލިޕް މެހްޓެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު