Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ރަޝިޔާ ކުށްވެރިކޮށް ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އިންޑިޔާއިން ވޯޓެއް ނުދޭ

24 ފެބުރުއަރީ 2023 | ހުކުރު 13:58

ޖެނެރަލް އެސެމްބްލީގެ ގަރާރު ފާސްވީ 141 ގައުމުގެ ތާއީދާއެކު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 ފެބުރުއަރީ 2023 | ހުކުރު 13:58
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރަޝިޔާގެ ރައީސް ޕޫޓިން

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރަޝިޔާގެ ރައީސް ޕޫޓިން

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރު ފުރުމާ ދިމާކޮށް، ހަނގުރާމަ ހުއްޓާލައި ރަޝިޔާގެ ފައުޖުތައް ޔޫކްރެއިންގެ ސަރަހައްދުން ބޭލުމަށް ގޮވާލައި، ހުކުރު ދުވަހު އދ.ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އިންޑިޔާއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. ޖެނެރަލް އެސެމްބްލީގެ ކުއްލި ބައްދަލުވުމަށް ޔޫކްރެއިނުން ހުށަހެޅި ގަރާރަށް 141 ގައުމުން ތާއީދުކޮށްފައި ވާއިރު، 32 ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ. އަދި ރަޝިޔާ ހިމެނޭހެން ހަތް ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ. އެ ގައުމުތަކަކީ ރަޝިޔާ ބެލަރުސް، އުތުރު ކޮރެޔާ، އެރިޓްރިއާ، މާލީ، ނިކަރާގުއާ، އަދި ސީރިޔާއެވެ.    

ކުއްލި ސެޝަންގައި ވާހަކަފުޅުދައްކަވަމުން އިންޑިޔާގެ މަންދޫބު ވިދާޅުވީ، މި މައްސަލައަށް ހައްލު ހޯދޭނީ ސުލްހަވެރި މަޝްވަރާތަކުގެ ތެރެއިން ކަމުގައެވެ. އިންޑިޔާގެ ވިސްނުން ބަދަލުކޮށް "ރަނގަޅު ގޮތް" ޚިޔާރުކުރުމަށް އެމެރިކާ އަދި ޔޫކްރެއިން ހިމެނޭހެން އެތައް ގައުމަކުން ޑެލްހީއަށް ބާރު އަޅަމުން ގެންގޮސްފައިވެއެވެ. ނަމަވެސް އިންޑިޔާއަށް މިކަމުން އަސަރެއް ނުކުރާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ފާޅުގައި ރަޝިޔާ ކުށްވެރިކޮށްފައެއް ނުވެއެވެ.

ހަނގުރާމާގައި ރަޝިޔާގެ ދައުރު ކުށްވެރިކޮށް މީގެ ކުރިން އދ.ގެ ޖެނެރަލް އެސެމްބަލީއާއި ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައިވެސް އިންޑިޔާއިން ވޯޓު ދީފައެއްނުވެއެވެ.

އިންޑިޔާއާ ރަޝިޔާއާއިން، ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އައީ ގާތް ގުޅުން ތަކެއް ދަމަހައްޓަމުންނެވެ. ރަޝިޔާއަކީ އިންޑިޔާއަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެން ގޮސްފައިވަނީ އިންޑިޔާއިން އަމިއްލަޔަށް ދިފާއީ ހަތިޔާރު އުފައްދަން ފެށި ހިސާބުންނެވެ. ޑިޕްލޮމެޓިކް ގޮތުންވެސް އެއްގައުމު އަނެއް ގައުމަށް އައީ އެއްބާރުލުން ދެމުންނެވެ. މިގޮތުން ކަޝްމީރު މައްސަލާގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޒޮލިއުޝަންތައް މޮސްކޯއިން ވަނީ ވީޓޯ ކޮށްފައެވެ.

ޑެލްހީން މިފަހަރުގެ ގަރާރަށް ވޯޓުދީފައި ނުވިނަމަވެސް އދ.ގެ ޗާޓަރަށާއި ބައިނަލްއަގުވާމީ ގާނޫތަކަށާއި ގައުމުތަކުގެ ސަރަހައްދީ އިމަށް ހުރިހާ ގައުމަކުންވެސް އިހްތިރާމްކުރަން ޖެހޭނެކަމަށް އިންޑިޔާގެ މަންދޫބު ރުޗީރާ ކަމްބޯޖް ވިދާޅުވެފައިވެއެވެ. އަދި އިންސާނީ ފުރާނައިގެ ބަދަލު އެއީ މިފަދަ ގަރާރަކުން ދެވޭނެ އެއްޗެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

ހުކުރު ދުވަހުގެ ގަރާރުގައި ގައުމުތަކުން ވަނީ، އެއްވެސް ޝަރުތަކާނުލައި ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންގެ ހުރިހާ ސަރަހައްދަކުން ފޭބުމަށާއި ހަތިޔާރު ބޭލުމަށް އަންގާފައެވެ.

ހަނގުރާމަ ކުރިޔަށް ގެންގޮސް، ޔޫކްރެއިންގެ ގިނަ ސަރަހައްދުތަކަކަށް ހަމަލާދެމުން ދިއުމުގެ އިތުރުން، މިދިޔަ ސެޕްޓެމްބަރުމަހު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ހަތަރު ސަހައްދެއް ރަޝިޔާގެ އަމިއްލަ ތަންތަނުގެ ގޮތުގައި އިއުލާން ކޮށްފައެވެ.

އިންޑިޔާގެ އިތުރުން، ގަރާރަށް ވޯޓު ނުދިން ގައުމުތަކުގެ ތެރޭގައި ޗައިނާ އީރާން އަދި ސައުތު އެފްރިކާ ހިމެނެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް