Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗެމްޕިއަންސް ލީގް

ބޮޑު މޮޅަކަށް ފަހު އެންޗެލޯޓީ: މިވަރަކުން އަދި ނުނިމޭނެ

22 ފެބުރުއަރީ 2023 | ބުދަ 05:23

އެންޗެލޯޓީ ބުނަނީ 5-2އިން މޮޅުވިޔަސް ލިވަޕޫލް އަދި ވެސް މޮޅުވެދާނެ ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 22 ފެބުރުއަރީ 2023 | ބުދަ 05:23
ރެއާލްގެ ކުޅުންތެރިން ރޭ ގޯލު ޖަހާފައި އުފާފާޅު ކުރަނީ: ގަދަ އަށަކަށް ދިއުމަށް ބާކީ އަދި އެއް މެޗު އެބައޮތް.

ރެއާލްގެ ކުޅުންތެރިން ރޭ ގޯލު ޖަހާފައި އުފާފާޅު ކުރަނީ: ގަދަ އަށަކަށް ދިއުމަށް ބާކީ އަދި އެއް މެޗު އެބައޮތް.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރެއަކީ އާދަޔާ ހިލާފު ރެއެކެވެ. އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވީ ދެ ލަނޑުގެ ލީޑެއް ލިބިފައި އޮތުމަށްފަހު ބޮޑު ތަފާތަކުން 5-2އިންނެވެ. މިހެންވެ މުބާރާތުގެ ގަދަ އަށަކަށް ދިއުމަށް ބާކީ އެއް މެޗު އޮތްނަމަވެސް ގިނަ ބައެއްގެ ނަޒަރުގައި މި މެޗުގެ ނަތީޖާ ދެން މެޑްރިޑާ ދެކޮޅަށް އަނބުރާ ނުލެވޭނެ އެވެ. ނަމަވެސް މިކަމާ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީގެ ހިޔާލު ތަފާތެވެ.

އެންޗެލޯޓީ ބުނީ މި މެޗަކީ ވަރަށް އާދަޔާ ހިލާފު މެޗެއްކަމަށާއި ކޮންމެ ކޮންމެ މެޗެއް މި ގޮތަށް ބަދަލެއް ނުކުރެވޭނެކަމަށެވެ. ހާއްސަކޮށް ލިވަޕޫލުގެ ދަނޑުގައި ދެ ލަނޑުގެ ލީޑަކުން ފަހަތުގައި އޮތުމަށްފަހު ކަމަށެވެ. އެންޗެލޯޓީ ބުނީ ލިވަޕޫލަކީ ހަގީގަތުގައި ވަރުގަދަ ޓީމެއްކަމަށާއި އެމީހުން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި ލީޑެއް ނެގުމުން މިވަރަކުން އަދި މި މެޗު ނުނިމޭ ކަމަށެވެ. އަދި ބާކީ އޮތް ދެ ވަނަ މެޗު ފަސޭހަކޮށްލައިގެން ނުވާނެ ކަމަށްވެސް ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ހަމައެކަނި ކޯޗު އެންޗެލޯޓީ ބުންޏެވެ.

އޭނާ އަދި ބުނީ ދެ ލަނޑުން ބަލިވެފައި އޮވެފައި މެޗު ކާމިޔާބު ކުރެވުނީ ހިތްވަރު އެލުވާނުލައި، ކުޅެގެން ކަމަށެވެ. އަދި ލިވަޕޫލްގެ އެޓޭކަށްވުރެ ހުރިހާ ގޮތަކުން ވެސް މެޑްރިޑްގެ އެޓޭކް ފެނުނީ ވަރުގަދަކޮށް ކަމަށެވެ. މިހެންވެ މި މި މެޗުގައި ދެއްކި ކުޅުން މެޑްރިޑްގެ އަމިއްލަ ދަނޑުގައި ވެސް ދައްކަންޖެހޭ ކަމަށެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް މެޑްރިޑެވެ. އެ ޓީމުން 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު ދެ ވަނަ އަށް އެންމެ ގިނަ ތަށި ހޯދާފައިވަނީ އޭސީ މިލާނެވެ. ތިން ވަނާގައިވަނީ ލިވަޕޫލާއި ބަޔާން މިއުނިކެވެ. އެއީ 6 ތައްޓާއެކުގަ އެވެ. ލިވަޕޫލާއި ރެއާލް މެޑްރިޑަކީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލް ކުޅުނު ދެ ޓީމު ވެސްމެ އެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްލިވަޕޫލްކުޅިވަރު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް