Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެ ލަނޑުގެ ލީޑެއް ނެގުމުންވެސް، ރެއާލްއިން ފަހަތުން އަރާ ލިވަޕޫލް އަތުން ހޯދީ ބޮޑު މޮޅެއް!

22 ފެބުރުއަރީ 2023 | ބުދަ 03:08

ރެއާލްއިން މެޗު ކާމިޔާބުކުރީ 5-2 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 22 ފެބުރުއަރީ 2023 | ބުދަ 03:08
ރެއާލްގެ ހަތަރުވަނަ ގޯލަށްފަހު ބެންޒެމާ އެހެން ކުޅުންތެރިންނާއެކު

ރެއާލްގެ ހަތަރުވަނަ ގޯލަށްފަހު ބެންޒެމާ އެހެން ކުޅުންތެރިންނާއެކު

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުުރުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ކޮޅަށް ދެ ގޯލް ޖަހާ ލީޑް ނެގުމުންވެސް, ލިވަޕޫލަށް ލީޑް ނުހިފެހެއްޓެ ރެއާލްއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން ރެއާލް މެޑްރިޑް މޮޅުވީ 5-2 ނެވެ. އެއީ ފުރަތަމަ ސާދަ މިނެޓުގެ ތެރޭގައި ލިވަޕޫލުން ދެގޯލް ޖަހާ ލީޑްވެސް ނަގާފައިވަނިކޮށެވެ. ލިވަޕޫލަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ ނޫނޭޒްއާއި, ސަލާހުއެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއަރ ދެ ލަނޑު ޖަހާ ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގައި ރެއާލްއިން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި މިލިޓާއޯ ޖެހި ގޯލުންނެވެ. ފަހު ދެ ލަނޑުޖަހާ ރެއާލްގެ ފެންވަރު ދައްކާލީ ކެޕްޓަން ބެންޒެމާއެވެ. މެޗުގައި ބެންޒެމާއާއި, ވިނީޝިއުސް ޖޫނިއަރވެސް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ލަނޑުޖަހަން ފުރުޞަތެއް ތަނަވަސްކޮށްދިނެވެ.

މިމޮޅާއެކު ދެވަނަ ލެގަށްދާއިރު ރެއާލް މެޑްރިޑް އޮތީ ގާތްގަނޑަކަށް ކްއާޓާ ފައިނަލް ޔަޤީންވެފައެވެ. ލިވަޕޫލަށް އޮތީ ރެއާލް ކޮޅަށް ލަނޑުތަކެއް ޖެހުމެވެ. ދެވަނަ ލެގުގައި މިދެޓީމް ރެއާލްގެ ދަނޑުގައި ނުކުންނާނީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެންމެ ފަހުގެ ޗެމްޕިއަންސްލީގުގެ ތަށި ރެއާލްއިން އުފުލާލީ ލިވަޕޫލް ބަލިކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި އިޓަލީގެ ނަޕޯލީން ވަނީ ޖަރުމަނުގެ އިންޓްރަކްޓް ފްރޭންކްފާޓް 2-0 ން ބަލިކޮށް, ފުރަތަމަ ލެގުން ހިތްހަމަޖެހުން ހޯދާފައެވެ. ނަޕޯލީއަށް ފުރަތަމަ ގޯލް ޖަހައިދިނީ ވިކްޓަ އޮސީމެންއެވެ. ދެވަނަ ގޯލް ޖެހީ ޑި ލޮރެންޒޯއެވެ. މެޗުގެ 58 ވަނަ މިނިޓުން ފެށިގެން ފްރޭންކްފާޓުން ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. އެއީ ކޯލޯ މުއާނީއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. ނަޕޯލީން ފުރަތަމަ ލަނޑު ޖެހުމުގެ ކުރިން ލިބުނު ޕެނަލްޓީއެއްވެސް މެޗުގައި ބޭކާރުވިއެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްލިވަޕޫލް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް