Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން އިސްތިހާރުކުރުން

ސަނީ ސައިޑް އޮފް ލައިފުން ފަތުރުވެރިންނަށް ލިބޭ އެކިއެކި ތަޖުރިބާތައް ކުރުމަށް އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި

އިންޑިއާ އަކީ 2022ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޓޮޕް ސޯސް މާކެޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2023 | ބުދަ 02:36
އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައި އިންޑިއާގެ ނޫސްވެރިން

އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައި އިންޑިއާގެ ނޫސްވެރިން

އިންޑިއާގެ ނޫސްވެރިންގެ ޓީމެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ރާއްޖެއަށް ޒިޔާރަތްކޮށް، ސަނީ ސައިޑް އޮފް ލައިފްގައި ފަތުރުވެރިންނަށް އިންތިޒާމު ކޮށްފައިވާ ހުށަހެޅުންތަކާއި ތަފާތު ތަޖުރިބާތަކާއި އެހެނިހެން ހަރަކާތްތައް ތަޖުރިބާކުރަންމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ އިންޑަލްޖް އެކްސްޕްރެސް (އެންއައިއީ)، ދަ ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޑައިނިކް ޖަގްރާން ތަމްސީލުކުރާ ނޫސްވެރިންގެ އިތުރުން އިންޑިއާ، އެމެރިކާ އާއި ޔޫރަޕްގެ ޕަބްލިކޭޝަންތަކަށް ކޮންޓްރިބިއުޓް ކުރާ ފްރީލާންސް ލިޔުންތެރިއަކާއި ޕީއާރު މަންދޫބެކެވެ. މި ފެބްރުއަރީ މަހުގެ 20 އިން 26 އަށް މި 5 ނޫސްވެރިންގެ ޓީމު ތިބެނީ އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު ރިސޯޓާއި، ސަން ސިޔާމް އިރުވެލި, ވެސްޓް ސޭންޑްސް އުކުޅަސް، ރަންތަރި ގެސްޓްހައުސް އެންޑް ސްޕާ، އަދި ނާލަ ވެލި މޯލްޑިވްސްގައެވެ.

މި ޓީމުން ރާއްޖޭގެ މެހެމާންދާރީ އާއި އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ރާއްޖޭގެ ތަފާތު ހިދުމަތްތަށް ތަޖުރިބާ ކުރަމުންދާނެއެވެ. މި ޓީމުން ތަޖުރިބާ ކުރާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ލޯކަލް އައިލެންޑް ޓުއާސް، ސްނޯކްލިންގ އާއި ވޭލް ޝާކް/މަންޓާ އަދި ޓާޓަލް ޕޮއިންޓްތަކަށް ޒިޔާރަތްކުރުން؛ ސަންސެޓް ކްރޫޒްތައް، ސޭންޑްބެންކަށް ޒިޔާރަތްކުރުމާއި، މުރަކަ އިންދާ އާލާކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރވުމުގެ އިތުރުން ކެއްކުމުގެ ކްލާސްތައް ހިމެނެއެވެ.

މި ޓީމުން ތައްޔާރުކުރާ އާޓިކަލް، ފޮޓޯ، އަދި ވީޑިއޯތަކުގެ ޒަރިއްޔާއިން ދަތުރުގެ ތެރެއިންނާއި ފަހުންވެސް މި ހަރަކާތްތަކުގެ ތަފްސީލު ހިއްސާކުރާނެއެވެ. އަދި އެކަށޭނެ މަލްޓިމީޑިއާ ކޮންޓެންޓާއި ލިޔުންތައް އިންޑިއާ މާކެޓާއި އެހެނިހެން މާކެޓްތަކުގެ އޯޑިއަންސްތަކާ ހިއްސާކުރާނެއެވެ. މި ކޮންޓެންޓްގެ ޖުމްލަ ރީޗް 4,952,250 އަށްވުރެ ގިނަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ހަރަކާތް ކުރިއަށް ގެންދަމުން ދަނީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ އިންޑިއާގެ މަޤުބޫލު ސޯޝަލް މީޑިއާ، އޮންލައިން މީޑިއާ އަދި އެހެނިހެން ކަމާގުޅޭ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށެވެ. މީގެ އިތުރުން ރާއްޖެއިން ލިބޭ އެފޯޑަބަލް އެކޮމޮޑޭޝަން އޮޕްޝަންތަކާއި، މި މަންޒިލަކީ އިންޑިއާގެ ފަތުރުވެރިންނަށް އެންމެ މަޤުބޫލު އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ގާއިމްކުރުމެވެ. މީގެ އިތުރުން ސަނީ ސައިޑް އޮފް ލައިފްއިން ލިބެން ހުރި ތަފާތު އެކޮމޮޑޭޝަން އޮޕްޝަންތައް ޕްރޮމޯޓްކުރުމަކީ މި ދަތުރުގެ އެއް މަޤްޞަދެއެވެ.

އިންޑިއާ އަކީ 2022ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޓޮޕް ސޯސް މާކެޓެވެ. 31 ޑިސެމްބަރު 2022 ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މުޅި ޖުމްލަ އެރައިވަލްސްގެ 14.4 މާކެޓް ހިއްސާއެވެ. ރާއްޖޭގެ މަގުބޫލުކަން މި މާކެޓުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ވަނީ މިދިޔަ އަހަރު ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން ޓްރެވަލް ޓްރޭޑާ އެކު ބާއްވާ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި، ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި، މީޑިއާ އިންޓަވިއުތަކާއި، އިޝްތިހާރުކުރުމުގެ ކެންޕޭންތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ޓީވީ އަދި އޮންލައިން ޕްރޮގްރާމްތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތައްވެސް ކުރިއަށް ގެންދިޔައެވެ. މި މާކެޓަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް 2023 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.

ޓުއަރިޒަމް އެމްވީމިނިސްޓްރީ އޮފް ޓުއަރިޒަމްއެމްއެމްޕީއާރްސީއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު