Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލީޑްސް ޔުނައިޓެޑު

ލީޑްސްގެ ކޯޗަކަށް ޖަވީ ގްރާސިއާ ހަމަޖައްސައިފި

22 ފެބުރުއަރީ 2023 | ބުދަ 02:34

ލީޑްސް އަށް ގްރާސިއާ އިރުޝާދު ދޭނެ އެންމެ ފުރަތަމަ މެޗަކީ ޕްރިމިއާ ލީގުގައި އެ ޓީމުން ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2023 | ބުދަ 02:34
ލީޑްސްގެ ކޯޗުކަމާ ހަވާލުވި ގްރާސިއާ

ލީޑްސްގެ ކޯޗުކަމާ ހަވާލުވި ގްރާސިއާ

އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑުގެ ކޯޗަކަށް ސްޕެއިންގެ ޖަވީ ގްރާސިއާ ހަމަޖައްސައިފި އެވެ.

ލީޑްސްގެ ކޯޗުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުރި ޖެސީ މާޝް މި މަހުގެ ހަތް ވަނަ ދުވަހު މަގާމުން ވަކިކުރުމާއެކު އެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ޖެސީ މަގާމުން ވަކިކޮށްފައި ވަނީ ޓީމުގެ ނަތީޖާ ދަށްވުމުގެ ސަބަބުންނެވެ. އެއާއެކު މިހާތަނަށް އެ ކުލަބަށް އިރުޝާދު ދެމުން އައީ އެސިސްޓެންޓް ކޯޗެވެ. ލީޑްސް އިން ވަނީ އެ ޓީމުގެ ކޯޗުކަމަށް ގްރާސިއާ ހަމަޖައްސާފައިވާކަން އަންގާރަ ދުވަހު ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ލީޑްސް އަށް ގްރާސިއާ އިރުޝާދު ދޭނެ އެންމެ ފުރަތަމަ މެޗަކީ ޕްރިމިއާ ލީގުގައި އެ ޓީމުން ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ. މި ސީޒަންގެ ނިޔަލަށް ލީޑްސްގެ ކޯޗުކަމާ ހަވާލުވި ގްރާސިއާގެ އެންމެ ބޮޑު މަސައްކަތަކީ އެ ޓީމު ރެލިގޭޝަން ޒޯނުން ސަލާމަތްކޮށްދިނުމެވެ.

ވިލަރެއާލުން ކޯޗިން މަސައްކަތް ފެށި އުމުރުން 52 އަހަރުގެ ގްރާސިއާ ވަނީ އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ ކާޑިޒް އާއި އަލްމޭރިއާ، އޮސަސޫނާ އަދި ވެލެންސިއާ ހިމެނެ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ ވަޓްފޯޑަށް ވެސް އޭނާ ވަނީ އިރުޝާދު ދީފަ އެވެ. އެންމެ ފަހުން ގްރާސިއާ މަސައްކަތް ކޮށްފައި ވަނީ ޤަތަރުގަ އެވެ. އެ ޤައުމުގެ އަލް ޝަދްގެ ކޯޗުކަމުން އޭނާ ވަކިވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް