Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި ހިޔާނަތުގެ މައްސަލަ

ފުއްގިރި ހިޔާނަތް: އިބްތިދާއީ މަރުޙަލާ ނިންމާލައިފި، ދެން އޮތީ ޝަރީއަތް ފެށުން

ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކި ވަކި މިންވަރަކަށް ހާމަ ކުރައްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2023 | އަންގާރަ 06:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ސަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ބާކީ ހުރި ހުށައެޅުންތަކުގެ ބައި:

އަންގާރަ ދުވަހުގެ އަޑުއެހުން ފެށުމާއެކު ދައުލަތުން ވަނީ، ކްރިކް ރިޒާގެ ފަރާތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމާ ގުޅޭ ފޯމު ދައުލަތަށް ލިބިފައިވަނީ ހޯމަ ދުވަހުކަން ފާހަގަކޮށް، އެ ފޯމަށް ޖަވަބުދާރީވުމަށް ދައުލަތަށް ވަގުތު ބޭނުންވާކަން ފާހަގަކޮށްފައެވެ.

ދައުލަތުން ވަނީ މި މައްސަލައިގެ ލިއެކިއުންތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ޙައްލު ގެނައުމަށްޓަކައި، އިބްތިދާއީ މަރުޙަލާ ނިމުމުގެ ކުރިން އިދާރީ ގޮތުން އިތުރު އަޑުއެހުމެއް ބޭއްވުމަށް އެދިލައްވާފައެވެ.

ޝަރީއަތުންވެސް ވަނީ ލިއެކިއުންތައް ރައްދު ކުރުމުގެ ކަންކަމުގައި އޮޅުންތަކެއް އަރާފައިވާކަން ޝަރީއަތަށްވެސް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. ވުމާއެކު، ބުދަ ދުވަހު އިދާރީ ބައްދަލުވުމެއް ބާއްވަވާނެކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

ދެން ކުރިއަށްދިޔައީ އަހްމަދު ކްރިކް ރިޒާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ.

އޭގެ ތެރޭގައި ވަކި ހެކިތަކެއް ޝަރީއަތަށް ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުން ހިމެނެއެވެ. އެގޮތުން އަދީބާއި ޒިޔަތުގެ އަދުލުވެރިކަން ގެއްލިފައިވާކަން ފާހަގަ ކުރައްވައި އެ ހެކިތައް ބަލައިނުގަތުމަށް ކްރިކް ރިޒާގެ ވަކީލު އެދިލެއްވިއެވެ.

ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވާ ބޭންކް ސްޓޭޓްމަންޓުތައްވެސް ބަލައިނުގަތުމަށް އޭނާގެ ފަރާތުން އެދެއެވެ. ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލު ފާހަގަކުރެއްވީ، އެ ބޭންކް ސްޓޭޓްމަންޓުތައް ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލު ކުރައްވާތީއެވެ.

އެހެންނަމަވެސް މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ, ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ނިންމާފައިވަނީ އޭނާގެ އެކައުންޓްގެ ސްޓޭޓްމަންޓަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެކިކަމަށެވެ. އެ ގަޒިއްޔާއާ ގުޅިގެން މި ހުށައެޅުމުގެ ނަތީޖާއަށް ބަދަލެއް އަތުވެދާނެތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ހައިކޯޓުން އިސްމާއީލް އިފްހާމް މުހައްމަދުގެ ބޭންކް ސްޓޭޓްމަންޓް ގަބޫލުކުރުމަށް ނިންމީ ރަނގަޅަށް ކަމުގައިވީނަމަވެސް، ހައިކޯޓުގެ ހުކުމުގައި އެ ހެތްކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެތްކެއްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަކަށް ނޫންކަމަށެވެ.

ހަމައެއާއެކު، ފަނޑިޔާރުން ނިންމަވާފައިވަނީ އޭނާގެ އެކައުންޓްގެ ސްޓޭޓްމަންޓަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެކިކަމަށެވެ.

އެހެންނަމަވެސް، އެ ހެތްކަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ދެފަރާތުގެ މެދުގައި ޚިލާފުވުން އުފެދިފައިވާނަމަ، އެކަމަކާމެދު ދެން ގޮތެއް ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީއަތުގެ ތެރެއިންކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ދައުލަތުގެ ބައެއް ލިއެކިއުންތައް ހާމަ ކުރުމަށް އަމުރު ކޮށްދެއްވުމަށް އެދޭ ހުށައެޅުމަކާއި، ބައެއް ހެކިތައް ހާމަކޮށްދިނުމަށް އެދި ހުށައެޅި ހުށައެޅުމެއްވެސް ހިމެނެއެވެ. އެހެންނަމަވެސް މިއީ މީގެ ކުރިން ފުރުސަތު ލިބި ހުށައަޅާފައިނުވާ ހުށައެޅުންތަކެއްކަމަށްވާތީ، އެ ފުރުސަތު އަލުން ނުދެވޭނެކަމަށް ގާޒީ ނިންމެވިއެވެ.

އެއަށްފަހު ދައުލަތުން ވަނީ ހުށައެޅުންތަކަށް ރައްދު ދެއްވާފައެވެ.

ހެކި ބަލައިނުގަތުމާ ގުޅޭ ހުށައެޅުމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުން ހެކި ބަލައިނުގަތުމާއި ގުޅޭގޮތުން އެ މައުޟޫގައި ގޮތެއް ނިންމާފައިވާކަމަށެވެ. އެގޮތުން ގުޅުންހުރި ހެކި ޝަރީއަތަށް ބަލައިގަނެވޭނެކަމަށް އެ ގަޒިއްޔާގައި ނިންމާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ވަނީ ބޭންކިންގ ޤާނޫނާ ޙަވާލާ ދެއްވައި ދިފާއުން ފާހަގަކުރި ކަންކަމަށްވެސް ރައްދު ދީފައެވެ.

މި އަޑުއެހުމުގައި ދެން ކުރިއަށްދިޔައީ ސަން ކޮންސްޓްރަކްޝަންގެ ފަރާތުން ހެކި ރައްކާތެރި ކުރުމަށް އެދި ހުށައެޅުން ހުށައެޅުމެވެ. އެގޮތުން 12 ކިތާބީ ހެއްކެއް ރައްކާތެރި ކޮށްދިނުމަށް އެދިފައިވެއެވެ. އޭގެ ތެރޭގައި ސަން އިންވެސްޓްމަންޓުން ހުށައެޅި ފަދަ ކިތާބީ ހެކިތައް ހިމެނެއެވެ.

އޭގެ ތެރޭގައި ކުންފުނީގެ އިންޓަރނަލް މެމޯގެ ދަށުން ތަހުގީގު ޓީމުން ތަހުގީގު ކުރުމަށްފަހު ކުންފުނީގެ ބައެއް މުވައްޒަފުންނާ ސުވާލު ކުރުމުން ދީފައިވާ ބަޔާންތައް ހިމެނެއެވެ.

ދިފާއުން ބުނާ ގޮތުގައި އެ ހެކިތައް ރައްކާތެރި ކުރުމަށް އެ ފަރާތުން އެދެއެވެ. އެއީ ކުންފުނީގެ ޒާތީ މައުލޫމާތުތަކެއް ކަމަށާއި، ކުންފުނީގެ އިންޓަރނަލް ތަހުގީގުތަކާ ގުޅޭ މައުލޫމާތަކަށްވާއިރު، އެ މައުލޫމާތުތައް ލީކުވެއްޖެނަމަ، މުވައްޒަފުންގެ ޒާތީ ޙައްޤަށްވެސް އަރައިގަނެދާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވަނީ ކޯޓުން ކަނޑައަޅާ ޚާއްސަ އިޖުރާއަތެއްގެ ދަށުން ދައުވާ ކުރާ ފަރާތަށް އެ ހެކިތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމާމެދު އިއުތިރާޒު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ދެން ކުރިއަށް ދިޔައީ ކްރިކް ރިޒާގެ ފަރާތުން ހެކި ހާމަކޮށްދިނުން އެދި ހުށައެޅި ހުށައެޅުމުގެ ބައެވެ. އެކަންކަމަށް ދައުލަތުން ރައްދުވެސް ދީފައިވެއެވެ.

ގާޒީގެ ނިންމެވުންތައް:

ހެކިރައްކާތެރި ކުރުމުގެ އަމުރުތަކާމެދު ނިންމި ގޮތް ގާޒީ ވަނީ އިއްވަވާފައެވެ. އެގޮތުން ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކި ވަކި މިންވަރަކަށް ހާމަ ކުރުމަށް ގާޒީ ނިންމެވިއެވެ.

ސަން ކުންފުންޏާއި ކްރިކް ރިޒާގެ ފަރާތުން ހުށައެޅިފަދަ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތްކަމަށްވެސް ގާޒީ ނިންމެވިއެވެ.

ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ނިންމެވި ގޮތްވެސް ގާޒީ ވަނީ އިއްވަވާފައެވެ.

ޔާމީނުގެ ފަރާތުން ހުށައެޅި ހުށައެޅުންތަކުގެ ތެރެއިން އެންމެ ހުށައެޅުމެއް ފިޔަވައި ދެން ހުރި ހުށައެޅުންތައް ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ.

ބަލައިގަންނަން ނިންމީ ހާމަ ކުރުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން އޭސީސީގެ ތަހުގީގީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ ފުއްގިރި މައްސަލައާ ގުޅޭ ބަޔާންތައް ހާމަކޮށްދިނުމަށް އެދި ހުށައެޅި ހުށައެޅުމެވެ.

ސަން ކުންފުނިތަކުން ހުށައަޅާފައިވާ އެއްވެސް ހުށައެޅުމެއް ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ. ގާޒީގެ މި ނިންމެވުމާއެކު، ތަހުގީގުގެ ބޭރުން އޭސީޕީ މުޙައްމަދު ރިޔާޒް ކްރިކް ރިޒާއާ ބައްދަލު ކުރައްވައި ދައްކާފައިވާ ވާހަކައާ ގުޅޭ އޯޑިއޯވެސް ސިއްރު ނުވާނެއެވެ.  

ދައުލަތުގެ ފަރާތުން ކްރިކް ރިޒާއާ ގުޅިގެން ހުށައަޅާފައިވާ އެއްވެސް ހުށައެޅުމެއްވެސް ބަލައިގެންފައެއް ނުވެއެވެ.

ކްރިކް ރިޒާގެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރެއިން ހެކި ހާމަ ކުރުމަށް އެދި ހުށައަޅާފައިވާ އެކްސްޕްރެޝަން އޮފް އިންޓްރަސްޓާ ގުޅޭ ސިޓީއާއި ޔައުމިއްޔާ ހާމަ ކުރުމުގެ ހުށައެޅުން ވަނީ ބަލައިގެންފައެވެ. ދެން ހުރި ކަންކަން ބަލައިގެންފައެއް ނުވެއެވެ.

ގާޒީ ވިދާޅުވީ، މި ނިންމުންތައް އިސްތިއުނާފު ކުރުމަށް ފުރުސަތު ދެއްވުމަށްޓަކައި، ދިފާއުން ސިއްރު ކުރަން އެދުނު ހެކިތައް ދައުލަތަށް ދޫ ނުކުރައްވައި 10 ދުވަސް ވަންދެން މަޑު ކުރައްވާނެ ކަމަށެވެ. އެހާތަނަށް މަތީ މަރުޙަލާގެ ކޯޓެއްގެ ނިންމުމެއް ނެތްކަމުގައިވާނަމަ، އެ ހެކިތައް ދައުލަތަށް ދޫކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން އޮތީ ޝަރީއަތް ފެށުން:

ޔާމީނުގެ ވަކީލު ޑރ ޖަމީލް ވަނީ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފެށުމެވެ. އެ އަޑުއެހުން އޮންނާނީ 9 މާރޗުގައެވެ. ގާޒީ ވިދާޅުވީ، "ކޮންޓިނިއަސް ހިޔަރިންގ" ގެ ގޮތުގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެހެންނަމަވެސް ދިފާއީ ވަކީލުން ވިދާޅުވީ، ވަކި މައްސަލައެއް އަވަސްކޮށްގެން ގެންދިއުމަކީ ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދިދާނެ ކަމެއް ކަމަށެވެ. ހުރިހާ މައްސަލައެއްވެސް އެއް ސްޕީޑެއްގައި ގެންދެވެންދެން، މި މައްސަލަވެސް އެގޮތުގެ މަތިން ގެންދިއުމަށް ދިފާއީ ވަކީލަކު އެދިލެއްވިއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ސެކްޝަންގައި އާންމު އުސޫލުންވެސް މައްސަލަތައް ބައްލަވަމުން ގެންދަނީ އެގޮތަށް ކަމަށެވެ. މިއީ 2020 ވަނަ އަހަރު ހުށައެޅުނު މައްސަލައަކަށްވާއިރު، މިހާރުވެސް އެކަށީގެންވާ ވަގުތާއި ފުރުސަތު ދެވިފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް ތާވަލު އެކުލަވާލައްވާނީ ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރައްވާފައިކަަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުގެ މަތިން ހެކިބަސް ނެގުމުގެ އަޑުއެހުމުގެ ތާވަލަށް ބައެއް ބަދަލުތައްވެސް ގެންނަވާފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާސަންދައިގެ މަހާސިންތާ "އަހުލު 2" ނިންމާލައިފި

އާސަންދައިގެ މަހާސިންތާ "އަހުލު 2" ނިންމާލައިފި

14 ޖުލައި 2017
އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލައިފި

01 ޖުލައި 2017
ފާރިސް އާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގެ ހެކިބަސް ނަގާ ނިންމާލައިފި

ފާރިސް އާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގެ ހެކިބަސް ނަގާ ނިންމާލައިފި

20 ޖޫން 2017
އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ނިންމާލައިފި

އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ނިންމާލައިފި

24 މެއި 2017
ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

18 މެއި 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު