Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް އަދި ނާދިރާ

ފާރިސް އާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގެ ހެކިބަސް ނަގާ ނިންމާލައިފި

20 ޖޫން 2017 | އަންގާރަ 10:44

ޕީޕީއެމް ފަރާތުން ދިފާއުގައި ހުށަހެޅީ ތިން ހެއްކެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 20 ޖޫން 2017 | އަންގާރަ 10:44
ފާރިސް އާއި ނާދިރާ

ފާރިސް އާއި ނާދިރާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އާއި ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު އައިމިނަތު ނާދިރާ ޕިޕީއެމްއިން ވަކިކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހެކިންގެ ހެކިބަސް ނަގާ ނިންމާލައިފިއެވެ.

ސިވިލް ކޯޓުގައި އަންގާރަ ދުވަހު މެންދުރު ފަހު ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފާރިސް އާއި ނާދިރާގެ ގާނޫނީ ވަކީލް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ކޯޓަށް ހާޒިރުވެ ދިފާއުގައި ހެކި ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވަކީލް ވިދާޅުވީ މީގެ ކުރިން ޕީޕީއެމް މައްސަލާގައި ޖަވާބްދާރީވުމަށް ކޯޓަށް ހާޒިރުވެފައި ނުވަނީ ޕީޕީއެމް ތަމްސީލް ކުރައްވާ ގާނޫނީ ވަކީލް އިބްރާހިމް ރިޒާގެ ސިއްޙީ ހާލަތު ހުރި ގޮތުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރިޒާގެ މެޑިކަލް ރިޕޯޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ފާރިސް އާއި ނާދިރާގެ ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހެކިންނަކީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ތިން މެމްބަރުން ކަމަށެވެ. އެއީ ސުލޫކް ކޮމެޓީގެ މެމްބަރު އަލީ ވަހީދާއި، ޔޫސުފް އަބްދުލް ޢަފޫރުގެ އިތުރުން މުހައްމަދު ރަފީރު ކަމަށެވެ. އަދި ފާރިސް އާއި ނާދިރާގެ ފަރާތުން ދިފާއުގައި ހުށަހެޅީ އެ ދެ ބޭފުޅުން ވަކިކުރި ގޮތާ ގުޅޭ ގޮތުން ޕީޕީއެމް ސުލޫކް ކޮމެޓީން ނިންމާފައިވާ މައްސަލައާ ގުޅޭ ގޮތުން ފާރިސް އާއި ނާދިރާ އަށް ލިބިފައިވާ ލިޔެކިޔުންތައް ކަމަށެވެ.

ފާރިސް އާއި ނާދިރާގެ ވަކީލް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަނޭޅޭނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން އިޖުރާއީ މައްސަލައެއް ނެގި ކަމަށެވެ. އެގޮތުން ސުލޫކް ކޮމެޓީން ނިންމި މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ފާރިސް އާއި ނާދިރާ އަށް ލިބިދީފައިވާއިރު ފާރިސް އާއި ނާދިރާގެ ފަރާތުން އެ މައްސލަ ޕީޕީއެމް އިސްތިއުނާފް ކޮމެޓީ އަށް ހުށަހަޅާފައި ނުވާ ކަމަށް ޕީޕީއެމްގެ ވަކީލް ވިދާޅުވި ކަމަށް ފާރިސް އާއި ނާދިރާގެ ވަކީލް ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމްގެ އެ އިޖުރާއި މައްސަލަ ޝަރީޢަތުން ބަލައިގެންފައި ނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލިސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން ކަމަށާއި އަދި އެއަށް ފަހު ހުކުމް އިއްވުމަށް ޝަރީޢަތުގެ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް ވަކި ތާރީހެއް ގާޒީ ވިދާޅެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް