Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ

އާސަންދައިގެ މަހާސިންތާ "އަހުލު 2" ނިންމާލައިފި

މަހާސިންތާގައި ގދ އަތޮޅުގެ 9 ރަށަކުން 81 ބައިވެރިން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ޖުލައި 2017 | ހުކުރު 07:37
އާސަންދަ ކުންފުނީގެ ހުސްނުވާ އާސަންދަ

އާސަންދަ ކުންފުނީގެ ހުސްނުވާ އާސަންދަ

އާސަންދާ ކުންފުނީގެ ފަރާތުން "އަހުލު 2"ގެ ނަމުގައި ބޭއްވި މަހާސިންތާ ނިމިއްޖެއެވެ.

މި މަހާސިންތާ ނިންމާލާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށް އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މަހާސިންތާގައި ގދ. އަތޮޅުގެ ނުވަ ރަށަކުން 81 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި މަހާސިންތާއަކީ އާސަންދަ ކުންފުނިން ދޭ "ހުސްނުވާ އާސަންދަ" ސްކީމްގެ ޙިދުމަތްތަކަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކާއި ރައްޔިތުން އަހުލުވެރިކުރުމުގެ މަޤްސަދުގައި ބޭއްވި މަހާސިންތާއެކެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާންއަކީ ގދ. ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޙުސެއިން ރަޝީދެވެ. އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން އަލީ އާއި އެކުންފުނީގެ މެނޭޖަރާއި އެސިސްޓަންޓު މެނޭޖަރ ވެސް ވަނީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މަހާސިންތާގެ ބައިވެރިންނާއި މަހާސިންތާ ބޭއްވުމަށްޓަކައި އެހީތެރިވި ފަރާތްތަކަށް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ނިންމާލައިފި

24 މެއި 2017
އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ނިންމާލައިފި
18 މެއި 2017

ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

18 މެއި 2017
ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި
12 މެއި 2017

އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި

12 މެއި 2017
އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
05 މެއި 2017

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި

05 މެއި 2017
ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު