Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕެންޑާ އާލާކުރުން

ޕެންޑާ ގެންދާތީ ޖަޕާނުގައި ބައެއް މީހުން ރޮނީ!!

ޗައިނާއިން ޕެންޑާ ދޫކުރަނީ ވިއްސައި އާލާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2023 | ހޯމަ 17:37
ޕެންޑާއަށް އަލްވަދާއު ކިއުން

ޕެންޑާއަށް އަލްވަދާއު ކިއުން

ޖަނަވާރުތަކާއި އެހެންވެސް ދިރޭ ތަކެތި ހިމާޔަތްކޮށް އަދި ވިއްސައި، ދުނިޔޭން ހުސްވިޔަނުދީ އާލާކުރުމަކީ ވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވަރަށް ވިސްނުންތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. ޒޫތައް ހިންގާ ބެލެހެއްޓުމަކީ މިފަދަ އެއް މަސައްކަތެވެ.

ޒޫ ހުންނަ ގައުމު ތަކުގައި، އެތަނަށްދާ ކުޑަކުދިންނާއި އަދި ޒުވާނުންގެ ހިތުގައި ޒުލުގައިތިބޭ ބައެއް ޖަނަވާރުންނާމެދު ވަރަށް ބޮޑަށް ކުލުނު އުފެދިފައިވެއެވެ.

މިއީ އެފަދަ ޖަނަވާރެއްގެ ވާހަކައެކެވެ. ޖަޕާނުގެ ޒުލެއްގައި އިން ބޮޑު ޕެންޑާއެކެވެ. ޒިއަންގ ޒިއަންގގެ ނަމުން ނަންދީފައިވާ ޕެންޑާ ޖަޕާނުގައި ދައްކާލާ އެންމެ ފަހު ދުވަހު، ޕެންޑާ ދެކިލުމަށް އެތައްހާސްބަޔަކު ޓިކެޓް ގަންނަން އުޅުނު ކަމަށް ވެއެވެ. ނަމަވެސް ވަގުތުގެ ދަތިކަމާއެކު ފުރުސަތު ދެވުނީ 2،600 މީހުންނަށް ކަމަށް ވެއެވެ. އެވެސް ލޮޓަރީއަކުންނެވެ. ބައެއް ޒުވާނުން ޒިއަންގ ޒިއަންގއަށް އަލްވަދާއު ކިޔަމުން ދިޔައިރު ލޮލުން ދިޔައީ ކަރުނަ ފޮހެނުންނެވެ. އަދި ޗައިނާއަށް ގޮސްވެސް ޒިއަންގ ޒިއަންގ ދެކިލަން ބޭނުންކަމަށް އެކަކު ބުނެފައިވެއެވެ. އެހާވެސް އެސޮރުގެ މައްޗަށް ވަނީ ލޯބި އުފެދިފައެވެ.

ޒިއަންގ ޒިއަންގއަކީ ދުނިޔޭގައި ޕެންޑާ އާލާ ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ޗައިނާއިން ޖަޕާނަށް "ކުއްޔަށް" ދީފައިވާ ޕެންޑާ ޖޯޑަކަށް ލިބުނު ދަރިއެވެ. 2017 ވަނަ އަހަރު ޖަޕާނުގެ ޒުލަކަށް ޒިއަންގ ޒިއަންގ އުފަންވީ ދުވަހުން ފެށިގެން ޖަޕާނު ރައްޔިތުންގެ ހިތްތަކުގައި އެސޮރަށް ވަނީ ޚާއްސަ ލޯތްބެއް އުފެދިފައެވެ. އަދި އޭގެ ކިބާގައި ހުންނަ، މީހުން ހެއްވާލާ ހިތްއުފާ ކޮށްދޭފަދަ ލޯބި ގޮތްތަކެއްގެ ސަބަބުން ގިނަގިނައިން ޕެންޑާ ދެކިލުމަށް ދާން ބޭނުންވެއެވެ.

ޕެންޑާ ކުއްޔަށް ދޭ އުސޫލުގެ ދަށުން، އަލަށް ވިހާ ދަރި އުމުރުން ވަކި ވަރެއް ވުމުން (ވިހާ އުމުރަށް އެޅުމުން) އަނބުރާ ގެންދަން ޖެހެއެވެ. އެއީ އެފަދަ އެހެން ޕެންޑާއިންނާ ބައްދަލުކުރުވައި، ދަރިމައިކޮށް، ދަރިފަސްކޮޅު އިތުރު ކުރުމަށްޓަކައެވެ. އެގޮތުން އާދީއްތަ ދުވަހަކީ ޒިއަންގ ޒިއަންގ ޖަޕާނުގައި ހޭދަކުރި އެންމެ ފަހު ދުވަހެވެ. އެއަށްފަހު ޒުލުގެ ދެ އެހީތެރިންނާއެކު މަތިންދާ ބޯޓަކަށްލައި ޗައިނާއަށް ފޮނުވާލެވޭނެއެވެ.

ޕެންޑާއަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ އެއް ޖަނަވާރެވެ. ޖަންގަލިތަކުގައި އުޅެނީ 1800 އެއްހާ ޕެންޑާކަމަށް އަންދާޒާ ކުރެވޭއިރު، ޒޫތަކާއި ރިޒަރވްތަކުގައި ތިބީ 500 ޕެންޑާއެވެ. ޕެންޑާގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ ޗައިނާގެ ސިޗުއާންގައެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!

މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!

11 ޖުލައި 2018
ޓޮއިލެޓް: އޭކް ޕްރޭމް ކަތާ ގެ ދެވަނަ ބައެއް ހަދަނީ

ޓޮއިލެޓް: އޭކް ޕްރޭމް ކަތާ ގެ ދެވަނަ ބައެއް ހަދަނީ

02 ޖުލައި 2018
އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

26 ޖޫން 2018
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

27 މެއި 2018
ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

06 މާރިޗު 2018

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު