Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލީޑްސް ޔުނައިޓެޑު

ލީޑްސްގެ ކޯޗަކަށް ޖަވީ ގްރާސިއާ ހަމަޖައްސަން މަސައްކަތް ކުރަނީ

21 ފެބުރުއަރީ 2023 | އަންގާރަ 02:25

މަޝްވަރާތައް އަދި ކުރިއަށް ދަނީ ވަރަށް ކާމިޔާބުކޮށް ކަމަށާއި، އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2023 | އަންގާރަ 02:25
ޖަވީ ގްރާސިއާ

ޖަވީ ގްރާސިއާ

އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑުގެ ކޯޗަކަށް ސްޕެއިންގެ ޖަވީ ގްރާސިއާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ލީޑްސްގެ ކޯޗުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުރި ޖެސީ މާޝް މި މަހުގެ ހަތް ވަނަ ދުވަހު މަގާމުން ވަކިކުރުމާއެކު އެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ޖެސީ މަގާމުން ވަކިކޮށްފައި ވަނީ ޓީމުގެ ނަތީޖާ ދަށްވުމުގެ ސަބަބުންނެވެ. އެއާއެކު މިހާރު އެ ކުލަބަށް އިރުޝާދު ދެނީ އެސިސްޓެންޓް ކޯޗެވެ. ލީޑްސް އިން މިހާރު އަންނަނީ ގްރާސިއާ އެ ކުލަބުގެ ކޯޗަކަށް ހަމަޖެއްސުމަށް އޭނާއާ މަޝްވަރާ ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ މަޝްވަރާތައް އަދި ކުރިއަށް ދަނީ ވަރަށް ކާމިޔާބުކޮށް ކަމަށާއި، އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ގްރާސިއާގެ އިތުރުން ލީޑްސްގެ ކޯޗުކަމަށް ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގައި އިތުރު ދެ މީހެއް ނަން އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

ވިލަރެއާލުން ކޯޗިން މަސައްކަތް ފެށި އުމުރުން 52 އަހަރުގެ ގްރާސިއާ ވަނީ އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ ކާޑިޒް އާއި އަލްމޭރިއާ، އޮސަސޫނާ އަދި ވެލެންސިއާ ހިމެނެ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ ވަޓްފޯޑަށް ވެސް އޭނާ ވަނީ އިރުޝާދު ދީފަ އެވެ. އެންމެ ފަހުން ގްރާސިއާ މަސައްކަތް ކޮށްފައި ވަނީ ޤަތަރުގަ އެވެ. އެ ޤައުމުގެ އަލް ޝަދްގެ ކޯޗުކަމުން އޭނާ ވަކިވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް