Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ބެކްގްރައުންޑް ޗެކް ހަދަން ޖެހޭ ގޮތަށް ޤާނޫނު އިސްލާހުކުރަނީ

އެ އިސްލާހުގައި ބުނާގޮތުން އެ ޤާނޫނަށް އަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2023 | ހޯމަ 03:57
ފުލުހުންގެ ރަސްމިއްޔާތެއްގެ ތެރެއިން

ފުލުހުންގެ ރަސްމިއްޔާތެއްގެ ތެރެއިން

ފުލުހުންގެ ބެކްގްރައުންޑް ޗެކް ހަދަން ޖެހޭ ގޮތަށް, ފުލުހުންގެ ޚިދުމަތުގެ ޤާނޫނަސް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސާއެވެ.

Advertisement - newsAdvertisement

ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ ފަރާތްތަކަކީ ސަލާމަކީ ޚިދުމަތެއްގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށްޓަކައި އެ ޤާނޫނުގެ 17 ވަނަ މާއްދާ އިން ހެދުމަށް ލާޒިމްކުރާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެފަދަ ބެކްގްރައުންޑް ޗެކެއް ހަދާ ކޮންމެ ހާލަތެއްގައި އެ އެންމެހާ ކަންކަން ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ފާހަގަކޮށް، އެކަން ހާސިލްކުރުމަށް ފުލުހުންގެ ވަޒީފާ އަށް ވަންނަ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހަދަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކުރުމަށް އެ އިސްލާހުގައި ހުށަހަޅާފައިވެއެވެ. އަދި ބެކްގްރައުންޑް ޗެކް ހެދުމަށް ކުރެވިދާނެ ކަންމަކީ ކޮބާތޯ ކަނޑައަޅަން ޤާނޫނަށް އިސްލާހު ގެންނަން ވެސް ހުށަހަޅާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި ތަހުގީގުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަކީ ޚާއްސަ ތައުލީމާއި ހުނަރު ލިބިފައިވާ ފަރާތްތަކެއް ކަމަށް ވާން ޖެހޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 100 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފައެވެ. އެ މަގްސަދަށްޓަކައި ތަހުގީގުކުރާ ފުލުހުން ފުރިހަމަކުރުމަށް އެ ގާނޫނުން ލާޒިމްކުރާ ތައުލީމީ ސަނަދު ހާސިލްކުރުމަށް ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވާއިރު އެ މުއްދަތުގެ ތެރޭގައި ތަހުގީގުކުރާ އެންމެހާ ފުލުހުން އެ ފެންވަރުގެ ސަނަދެއް ހާސިލްކޮށް ނިންމިދާނެ ކަމަށް ނުފެންނަ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. މިހާތަނަށް އެފަދަ ސަނަދެއް ހާސިލްކޮށްފައި ނުވާ ތަހުގީގުކުރާ ފުލުހުންނަށް އެ ފުރުސަތު ދިނުމަށް ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނާ މުއްދަތި އިތުރުކުރުމަށް އެ އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

އެ އިސްލާހުގައި ހުށަހަޅާފައި ވަނީ ތަހުގީގްކުރުމާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމަށް ދިވެހި ފުލުހުން ގަބޫލުކުރާ ސަނަދުގެ އެންމެ މިންވަރު ކަމަށްވާ ޑިޕްލޮމާ ފެންވަރަށް ކަމަށް ކަމަށް އެ ޤާނުނުގައި ވަނީ ބުނެފައެވެ. އެ މަގްސަދު ހާސިލްކުރުމަށް 27 މާރޗް 2024ގެ ނިޔަލަށް އެ އަކުރަށް އަމަލުކުރުން ފަސް ކުރުމުގެ އިހްތިޔާރު ކޮމިޝަނަރ އޮފް ޕޮލިސް އަށް ލިބިގެންވާ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެ އިސްލާހުގައި ބުނާގޮތުން އެ ޤާނޫނަށް އަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު