Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރެފިއުޖީން އަނބުރާ ގައުމަށް

ރެފިއުޖީން އަނެއްކާވެސް ރެފިއުޖީންނަށްވެ، އެނބުރި އުފަން ވަޒަނަށް!

ތުރުކީވިލާތުގެ އާންމުން ދަނީ، އެމީހުންގެ ގެތަކާއި ފިހާރަތައް ލޫޓުވަނީ ސޫރިޔާގެ ރައްޔިތުން ކަމަށް ތުހުމަތުކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ފެބުރުއަރީ 2023 | އާދީއްތަ 12:45
ސީރިޔާ ރައްޔިތުން އަނބުރައި ގައުމަށް ދަނީ

ސީރިޔާ ރައްޔިތުން އަނބުރައި ގައުމަށް ދަނީ

ޔޫސުފް ގަރްމޫ، އޭނާގެ އުފަން ފަސްގަނޑު ދޫކޮށް، އަވައްޓެރި ތުރުކީވިލާތަށް ދިރިއުޅުން ބަދަލުކުރީ، ސޫރިޔާގައި ކުރަމުން ދިޔަ ވަރުގަދަ ހަނގުރާމައިން ސަލާމަތްވުމަށްޓަކައެވެ. ނަމަވެސް، ސޫރިޔާއާއި ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަހައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އަނެއްކާވެސް ސޫރިޔާގެ ހަނގުރާމަގަނޑުގެ ތެރެއަށް އެނބުރި ދާން ޖެހުނު އެތައް ހާސް މީހުންނެއްގެ ތެރޭގައި ގަރްމޫ ހިމެނެއެވެ.

ގަރްމޫގެ ދިރިއުޅުން މި ފަހަރު ސޫރިޔާއަށް ބަދަލުކުރަނީ ވަގުތީ ގޮތުންނެވެ. އެއީ މި ވަގުތަށް އެކަން އޮތް ގޮތެވެ. އެ ފުރުސަތަކީ ތުރުކީވިލާތުގެ ސަރުކާރުން ހުޅުވާލި ފުރުސަތެކެވެ. ތުރުކީވިލާތުން ވަނީ ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލްކުރަމުންދާ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް 6 މަސް ދުވަހުގެ މުއްދަތަކަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، އަލުން އަނބުރައި ތުރުކީވިލާތަށް އެތެރެވުމުގެ ހުއްދަ އޮންނަ ގޮތަށް، ޚާއްސަ ފުރުސަތެއް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، ގިނަ އަދަދެއްގެ ބަޔަކު ދަނީ، ސޫރިޔާގައި ތިބި އެމީހުންގެ އާއިލާގެ މެންބަރުންގެ ގާތަށް ދިއުމަށް ދަތުރުކުރަމުންނެވެ.

ބާބް ހަމާމް ހުރަސްކޮށް ތުރުކީވިލާތުން ސޫރިޔާއަށް އެތެރެވަމުންދާ މީހުންގެ ތަފާސް ހިސާބުތަކެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް، ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު ދަތުރު ކުރެވެން އޮންނަ ބާބް އަލް ހަވާ މަގުން 4600 އެއްހާ މީހުން ހުރަސްކޮށްފައި ވާކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ ފެބުރުއަރީ 15 ވަނަ ދުވަހު ޚާއްސަ ފުރުސަތު ހުޅުވާލިފަހުން، ފެބުރުއަރީ 17 ވަނަ ދުވަހާ ހިސާބަށް ހުރަސްކުރި މީހުންގެ އަދަދެވެ.

ސޫރިޔާގެ ހަނގުރާމައިގެ ތެރެއިން ނުކުމެ، ތުރުކީވިލާތުގައި ގަރްމޫ ދިރިއުޅެމުން ދިޔައީ ގާޒިއާންތެޕްގައެވެ. ގަރްމޫ ކިޔައިދިންގޮތުގައި އެ ސަރަހައްދުގައި މިހާރު މީހުން ތިބީ ޓެންޓުތަކުގައެވެ. ވެހެމުންދާ ވާރޭގެ ތެރޭގައެވެ. ގަދަ ފިނީގައެވެ. ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރަށް ވުމުގެ އިތުރުން، ސޫރިޔާގެ ރެފިއުޖީންނަށް އެ ސަރަހައްދުގައި އެކި ކަހަލަ ތަކުލީފުތަކާ ކުރިމަތިވާކަން ގަރްމޫ ވަނީ ފާހަގަކޮށްފައެވެ.

ސޫރިޔާއަށް ނިސްބަތްވާ 3.6 މިލިއަނެއްހާ މީހުން، ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގައި ދިރިއުޅެމުންދާއިރު، ބިންހެލުމުގެ ކުރިންވެސް ތުރުކީ މީހުންގެ ފަރާތުން އެކި ކަހަލަ ފުރައްސާރަތަކާ ކުރިމަތިލާންޖެހެއެވެ. ތުރުކީވިލާތުގައި އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުން ދިއުމާއި އެނޫންވެސް އިގްތިސާދީ ތަކުލީފުތަކަކީ، ސޫރިޔާއިން އެތެރެވި ރެފިއުޖީންނާހެދި ވެގެން އުޅޭ ގޮތެއް ކަމަށް ގަބޫލުކުރާ ތުރުކީ މީހުން އުޅެއެވެ.

ގަރްމޫ ކިޔައިދިން ގޮތުގައި، ތުރުކީވިލާތުގެ ފުލުހުން ވަނީ، ތުރުކީ އާއިލާތަކާ ދުރުގައި ތިބުމަށް، މިސްކިތެއްގައި ހިޔާވަހިކަން ހޯދަމުންދިޔަ ސޫރިޔާގެ ބަޔަކު އެ މިސްކިތުން ބޭރުކޮށްފައެވެ. ކަން މިހެން އޮތްއިރު، ތުރުކީވިލާތުގެ އާންމުން ދަނީ، އެމީހުންގެ ގެތަކާއި ފިހާރަތައް ލޫޓުވަމުން ދަނީ ސޫރިޔާގެ ރައްޔިތުންކަމަށް ތުހުމަތުކޮށް، ރުޅިވެރިކަން ފާޅުކުރަމުންނެވެ.

ތުރުކީވިލާތުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ އިސްކަންދަރޫންގައި ދިރިއުޅެމުން ދިޔަ މަންސޫރު ހަމޫދު ބުނިގޮތުގައި، އޭނާ ދިރިއުޅުނު ގެ ބިންހެލުމުގައި ހަލާކުވުމާ ގުޅިގެން އޭނާ ނިދައިހަދަމުން ދިޔައީ ޕާކެއްގެ ތެރޭގައެވެ.

ތުރުކީވިލާތުގެ ސިޓީއެއް ކަމަށްވާ އަންތާކްޔާގައި ދިރިއުޅެމުން ދިޔަ އަނަސް ހާޖް ގަދްރޫ ބުނިގޮތުގައި އެ ސިޓީގެ ކަންކަން ހިސާބަކަށް ހަމަޖެހިލަންދެން، އޭނާގެ ދިރިއުޅުންވެސް އާއިލާ މެންބަރުންގެ ގާތަށް (ސޫރިޔާގެ އިދްލީބަށް) ބަދަލުކުރަން ނިންމާފައިވާކަމަށެވެ.

ސޫރިޔާގެ ހުޅަނގުއުތުރު ސަރަހައްދުގެ ކޮންޓްރޯލް އޮންނަނީ ރައީސް ބައްޝާރު އަލް-އަސަދާ ދެކޮޅު ހަނގުރާމަވެރިންގެ އަތުގައި ކަމަށް ވާ އިރު، އެ ސަރަހައްދުގެ އާބާދީ ގާތްގަނޑަކަށް 4 މިލިއަނަށް އަރައެވެ. އިދިކޮޅު ހަނގުރާމަވެރިންނަކީ ތުރުކީވިލާތުގެ އެއްބާރުލުން ލިބޭ ބައެކެވެ. ބިންހެލުމުގެ ކާރިސާގެ ކުރިންވެސް އެ ސަރަހައްދުގެ މީހުންނަކީ ބައިނަލްއަގުވާމީ އެހީއަށް ބަރޯސާވެގެން އުޅުނު ބައެއްކަން އދ.ން ވެސް ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
22 އޯގަސްޓު 2017

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު