Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ސަޕޯޓަރުން ބޭނުންވަނީ އައު ކޯޗެއް، ޕޮޓާގެ ނަޒަރުގައި ކުށްވެރިއަކީ އޭނާއެއް ނޫން

އަހަރެން ރުޅިއައިސްގެން ބުނާކަށްނެތިން އެމީހުންޖަހާ ހިސާބުތައް މުޅިން ގޯސްކަމަށް: ޕޮޓާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 19 ފެބުރުއަރީ 2023 | އާދީއްތަ 02:33
އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް އާއި ކޯޗު އެމެރޭ (ކ)

އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް އާއި ކޯޗު އެމެރޭ (ކ)

އިނގިރޭސި ކުލަބު ޗެލްސީގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ކޮޅުންލައި ކުޅުންތެރިންނާއި ކޯޗަށް ފާޅުގައި މަލާމާތް ކުރަން ފަށައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ސައުތެމްޓަން އަތުން 1-0 އިން ބަލިވުމުން ޗެލްސީ ވަނީ 31 ޕޮއިންޓާއެކު 10 ވަނަ އަށް ވެއްޓިފަ އެވެ. ކޯޗު ގްރެހަމް ޕޮޓާގެ ކޯޗުކަމުގައި ކުޅުނު 17 މެޗުގެ ތެރެއިން ޗެލްސީ މިހާތަނަށް މޮޅުވެފައިވަނީ އެންމެ ފަސް މެޗުންނެވެ. މިހެންވެ ސަޕޯޓަރުން ވަނީ އޭނާ ނޫން ކޯޗަކު ބޭނުންވާ ކަމަށް މެޗަށް ފަހު އަޑުގަދަކޮށް ބުނަން ފަށައިފަ އެވެ.

ޓީމު ވަރުގަދަ ކުރުމަށް ޗެލްސީގެ އާވެރިޔާ ޓޮޑް ބޮއެލީ މިހާތަނަށް 600 މިލިއަން ޕައުންޑް ހަރަދުކޮށް މޮޅު ކުޅުންތެރިން ގެނައި ނަމަވެސް އަދި އެދެވޭ ކާމިޔާބީއެއް ނުހޯދެ އެވެ. ރޭގެ މެޗުގައި ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިއަކީ މިޑްފީލްޑަރު މެންސަން މައުންޓެވެ. ޗެލްސީގެ އައު ކޮންޓްރެކްޓްގައި ސޮއިކުރުމާމެދު ވަކިގޮތެއް ނުނިންމައި ހުރި ކުޅުންތެރިޔާ އާއި ދެންތިބި ހުރިހާ ކުޅުންތެރިން ވެސް މިހާރަށްވުރެ ރަނގަޅަށް ކުޅެންޖެހޭ ކަމަށް ސަޕޯޓަރުންދެކެ އެވެ.

ޗެލްސީ މިހާރު އޮތް ފޯމަށް ބަލާއިރު މި ސީޒަން ނިމޭއިރު އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކުން ޖާގަ ނުލިބިދާނެ ކަމުގެ ބިރު އޮތުމަކީ ވެސް ސަޕޯޓަރުގެ ކަންބޮޑުވުމެކެވެ.

މެޗަށް ފަހު ޕޮޓާ ބުނީ ކުށްވެރިއަކީ އޭނާ ނޫންކަމަށާއި ނަމަވެސް ބަލިވުމުން ސަޕޯޓަރުން ހިތްހަމަނުޖެހޭނެ ކަމަށެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން ބަލިވި މެޗާއި ރޭ ސައުތެމްޓަން އަތުން ބަލިވި މެޗުގައި ވެސް ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އަދި ފަހު ހާފުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް އެއީ ފުދޭ ވަރެއްނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު