Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރައިވެޓް ސެކްޓަރ މޯބިލައިޒޭޝަން އިވެންޓް

ގްރީން ޓެކުހުން ލިބޭ ފައިސާ ހޭދަކުރާ ގޮތާ ގުޅޭ މައުލޫމާތު އެންވަޔަރަންމަންޓް މިނިސްޓަރު ހިއްސާކުރައްވައިފި

19 ފެބުރުއަރީ 2023 | އާދީއްތަ 02:03

މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންޑިންގ ހޯދުމަކީ އެ މަސައްކަތްތަކާއި ޚިދުމަތްތަކުން އެންމެ އެކަށޭނަ މަންފާ ދެމެހެއްޓެނިވިގޮތެއްގައި ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ފެބުރުއަރީ 2023 | އާދީއްތަ 02:03
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

އިނގިރޭސިވިލާތުގެ ލަންޑަނުގެ ލެންކެސްޓަރ ހައުސްގައި ބޭއްވި، ދި ނޭޗަރ އެކްޝަން: ޕްރައިވެޓް ސެކްޓަރ މޯބިލައިޒޭޝަން އިވެންޓްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

‎މިއީ ދުނިޔޭގެ ދިރޭތަކެތީގެ މުއާހަދާގެ ދަށުން ދިރޭތަކެތި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދާދިފަހުން ކެނެޑާގެ މޮންޓްރިޔަލް ގައި ވެވުނު އެއްބަސްވެވުނު އަމާޒުތަކައް ވާސިލު ވުމަށް ފެށޭ މުހިންމު މަޝްވަރާ ތަކެއްގެ ފެށުމެވެ.

Advertisement - newsAdvertisement

‎މި އިވެންޓްގެ މައިގަނޑު އަމާޒަކީ ކުންމިންގް-މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ހަގީގަތަކަށް ހެދުމަށް ކުރުމަށް ކުރަންޖެހޭ ކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތައް ހޯދުމެވެ. އަދި ސަރުކާރާއެކު ޕްރައިވެޓް ސެކްޓަރގެ އިތުރުން ސިވިލް ސޮސައިޓީގެ އެއްބާރުލުން މިކަމަށް ދެވޭނެ މަގުފަހިކުރުމާއެކު ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ހޯދުމެވެ. މި އިވެންޓްގެ ތެރެއިން ކުރިއަށްދިޔަ "ޕޭމެންޓް ފޯރ އިކޯސިސްޓަމް ސަރވިސެސް" ގެ ރައުންޑްޓޭބަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެފައި ވަނީ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންޑިންގ ހޯދުމަކީ އެ މަސައްކަތްތަކާއި ޚިދުމަތްތަކުން އެންމެ އެކަށޭނަ މަންފާ ދެމެހެއްޓެނިވިގޮތެއްގައި ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައެވެ.

އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ފަތުރުވެރިކަން ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ކަނޑުފަޅުގެ ދިރުންތަކަށް ކަމަށްވާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްއިން ކުރާ ފައިދާ ވެސް ފާހަގަ ކުރެއްވިއެވެ. އަދި ގްރީން ޓެކުހުން ލިބޭ ފައިސާ ރާއްޖޭގައި ފަރުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ތައް ކުޑަކުރުމަށް ހޭދަކުރާ ގޮތްތަކާ ބެހޭ މައުލޫމާތު މިނިސްޓަރު ހިއްސާ ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މާހައުލީ ނިޒާމްތަކާއި ދިރުންތައް ހިމާޔަތްކުރުމަށް މިހާތަނަށް ކުރަމުންދާ އަދި ކުރިއަށްއޮތްތާނގައި ކުރާނެ ކަންތައްތަކަށް މިނިސްޓަރު ޝައުނާ އަލިއަޅުވާލެއްވިއެވެ. މިގޮތުން 79 ސަރަހައްދެއް މިހާރު ދިވެހިރާއްޖޭގައި ތިމާވެށި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާއިރު މިސަރަހައްދުތަކުން 13 އިންސައްތަ ފަރުގެ ސަރަހައްދުވަނީ ހިމާޔަތްކޮށްފައެވެ.

‎ގިނަ ގައުމުތަކަކުން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި މި އިވެންޓަށްފަހު ބަކިންގްހަމް ޕެލެސްގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް 3 އިންތިޒާމުކުރެއްވި ޚާއްސަ ފަރިއްކޮޅުގައި ވެސް މިނިސްޓަރު އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް