Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޓްސޫ

އަޓްސޫގެ ވަކިވުމާއެކު ފުޓުބޯޅަ އާއިލާގެ ތައުޒިޔާ އޭނާގެ އާއިލާ އަށް

19 ފެބުރުއަރީ 2023 | އާދީއްތަ 02:13

އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި، ފުޓުބޯޅަ ކުލަބުތައް ވެސް ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2023 | އާދީއްތަ 02:13
ކްރިސްޓިއަން އަޓްސޫ

ކްރިސްޓިއަން އަޓްސޫ

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ތެރޭގައި ތާށިވެ، މަރުވި ކްރިސްޓިއަން އަޓްސޫގެ އާއިލާ އަށް ފުޓުބޯޅަ އާއިލާ އިން ތައުޒިޔާ ފޮނުވަން ފަށައިފި އެވެ.

ފެބްރުވަރީ މަހުގެ ހަ ވަނަ ދުވަހު އައި ބިންހެލުމުގައި އެތައް ބަޔަކު ގެއްލުނުއިރު، އޭގެ ތެރޭގައި އަޓްސޫ ވެސް ހިމެނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަމުން އަންނަނިކޮށް، ހޮނިހިރު ދުވަހު އޭނާ ފެނުނީ މަރުވެފައި އޮއްވާ އެވެ. އެއާއެކު ފުޓުބޯޅައިގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އަޓްސޫގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި، ފުޓުބޯޅަ ކުލަބުތައް ވެސް ހިމެނެ އެވެ.

ޗެލްސީގެ ފުޓުބޯޅަ ލެޖެންޑް ޖޯން ޓެރީ ވެސް ވަނީ އަޓްސޫ މަރުވުމާ ގުޅިގެން ހިތާމަ ފާޅުކޮށް، ތައުޒިޔާ ފޮނުވައިފަ އެވެ. މީގެ އިތުރުން މާކް ޑޯލަސް ބުނީ އަޓްސޫ ވަނީ ޔަތީމުވެފައިވާ ކުދިންނާއި، މައިންބަފައިން ދޫކޮށްލާފައިވާ ކުދިންގެ އިތުރުން އަދި ޓްރެފިކް ކުރުވޭ ކުދިންނަށް އެހީވުމަށް ޗެރިޓީއެއް ޤާއިމުކޮށްފައި ކަމަށެވެ. އޭނާ ބުނީ ގާނާގެ ނިކަމެތި ގައިދީންނަށް އެހީވުމަށް އެތައް ހާސް ޕައުންޑެއް ހަދިޔާކޮށް، އެމީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް ފައިސާ ދެއްކީ ވެސް އަޓްސޫގެ އެހީތެރިކަމާއެކު ކަމަށެވެ. އެކަން އާންމުންގެ ތެރޭގައި އެހާ ބޮޑަށް ދައްކަން އަޓްސޫ ބޭނުންނުވި ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އަޓްސޫ އަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިޔެެއް ކަމަށާއި، ނަމަވެސް އެއީ އެއަށްވުރެ މާ ރަނގަޅު މީހެއް ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ގާނާގެ ކުޅިވަރު ނޫސްވެރިޔަކު ބުނީ، އޭނާ ހަނދާން ވަނީ މީގެ ދެ އަހަރު ކުރިން އަޓްސޫ ގާނާ އަށް ގޮސް، އޭނާގެ އަމިއްލަ ޚަރަދުގައި އެތައް ފުޓުބޯޅަ ބޫޓެއް ޗެރިޓީ އަށް ހަދިޔާ ކުރި ދުވަސް މަތިން ކަމަށެވެ. މީގެ އިތުރުން އެ ނޫސްވެރިޔާ ބުނީ ހަގީގަތުގައި ވެސް އަޓްސޫ އަކީ ގާނާގެ މުޖުތަމައު ހަނދާން ވާން ކުޅުންތެރިޔެެއް ކަމަށާއި، އަޓްސޫގެ ވަކިވުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.

ޗެލްސީ ފުޓުބޯޅަ ކުލަބުން ބުނީ އަޓްސޫގެ ހިތާމަވެރި ވަކިވުމުން އެ ކުލަބުގެ އެންމެން ތިބީ ހާސްވެފައި ކަމަށެވެ. އެ ކުލަބުން ބުނީ އެމީހުންގެ ޚިޔާލުތަކާއި، ލޯބި އަޓްސޫގެ އާއިލާ އާއި ރަހުމަތްތެރިންނަށް ފޯރާނެ ކަމަށެވެ. ނިއުކާސަލް ޔުނައިޓެޑުން ބުނީ އަޓްސޫ މަރުވިކަން އެނގުމުން އެމީހުންނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމަށާއި، އަޓްސޫ އަކީ ހުނަރުވެރި އަދި ޚާއްސަ ކުޅުންތެރިޔެއް ކަމަށެވެ.

އުމުރުން 31 އަހަރުގެ އަޓްސޫ މަރުވިއިރު އޭނާ ކުޅެމުން އައީ ތުރުކީގެ ކުލަބަކަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް