Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ-ސޫރިޔާ ބިންހެލުން

ތުރުކީ-ސޫރިޔާ ބިންހެލުން: ބަލިމަޑުކަމުގެ ބިރު އިންތިހާއަށް ބޮޑުވެއްޖެ!

ހަތޭ ޕްރޮވިންސްގެ ފެނާއި ނަރުދަމާ ނިޒާމަށް ބޮދެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސިއްހީ ދާއިރާވެސް އޮތީ އިނދަޖެހިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2023 | ހޮނިހިރު 07:30
ތުރުކީ-ސޫރިޔާ ބިންހެލުމާއެކު ބަލިމަޑުކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައި

ތުރުކީ-ސޫރިޔާ ބިންހެލުމާއެކު ބަލިމަޑުކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައި

ދެކުނާއި އިރުމަތިން ސޫރިޔާއާއި ގުޅިފައިވާ، މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގެ ހަތޭ ޕްރޮވިންސަކީ ފެބުރުއަރީ 6 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ތަހައްމަލުކުރަން ޖެހުނު އެއް ސަރަހައްދެވެ. ވަރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވެ، ގެދޮރު ގެއްލިފައިވާއިރު، ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ބިރަކީ މިއަދު ހަތޭއަށް ކުރިމަތިލާން ޖެހިފައިވާ އަނެއް ކާރިސާއެވެ.

ހަތޭ ޕްރޮވިންސްގެ ފެނާއި ނަރުދަމާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސިއްހީ ދާއިރާވެސް އޮތީ އިނދަޖެހިފައެވެ. އާލާތާއި އިންސާނީ ވަސީލަތުގެ ގޮތުންވެސް ހީނަރުކަން ކުރިމަތިވެފައިވާއިރު، ހަތޭ ޕްރޮވިންސްގައި ހުރި ހޮސްޕިޓަލުތަކުގެ ތެރެއިން 2 ހޮސްޕިޓަލެއްވެސް ވަނީ ބިމާ ހަމަވެފައެވެ.

އެންމެ ފުރަތަމަ އައި ބާރުގަދަ ބިންހެލުމާއި އެ ބިންހެލުމާ ގުޅިގެން ދެންވެސް އަރަމުން ދިޔަ ސިލްސިލާ ލޮޅުންތަކުގެ ސަބަބުން، މިއަދު މުޅި ހަތޭގެ މަގުތައް ފުރިފައިވަނީ އެކި ކަހަލަ ކުނިބުންޏާއި ނަޖިހުންނެވެ. ސާފުކުރުމުގެ މަސައްކަތް ދުރާލައި ނުފެށިއްޖެނަމަ، ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ބަލިމަޑުކަމެއް ފެށިދާނެކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.

އުމްރާނީގޮތުން ހަތޭ ޕްރޮވިންސަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއެކު، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަން ވަނީ މަޖުބޫރުވެފައެވެ. ބޯފެން ލިބުނު ކަމުގައި ވީނަމަވެސް، އެހެނިހެން އެތައް ކަމަކަށް ވަނީ ބުރޫ އަރާފައެވެ. އިސްކުރު ފެން ލިބުމުގައި ހުރި ދަތިތައް އަދިވެސް ހައްލު ކުރެވިފައި ނުވާއިރު، ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުން ގައިން ތާހިރު ވެލާނެ ފަދައެއްވެސް ނެތެވެ.

ވަގުތީ ފާޚާނާ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހުންނަ ފާޚާނާގެ އަދަދު މަދުވުމާއި، ފާޚާނާތައް ފްލަޝްކުރާނެ ފެން ހޯދުމުގައި ދަތިތަކެއް ހުރުމުން، ބޮޑު ބަލިމަޑުކަމެއްގެ ބިރުވެސް އޮތީ އޭގެ އިންތިހާއަށެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަނީ، ވަކިން ޚާއްސަކޮށް ކުޑަކުދިންގެ ނޭވާލާ ނިޒާމާއި ގޮހޮރުގެ ބަލިތަކަށް އެންމެ މަތީ ދަރަޖައިގެ ސަމާލުކަން ދިނުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި

އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި

13 ނޮވެމްބަރު 2017
ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ

ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ

18 އޮކްޓޯބަރު 2017
 ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

05 އޮކްޓޯބަރު 2017
ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި

ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2017
މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ

މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު