Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފިރިހެނަކު ނެތް އާބާދީއެއް

މި އަވަށުގެ އަބާދީގައި އެންމެ ފިރިހެނަކުވެސް ނެތް: އެއީ ކީއްވެ؟

ކެންޔާގައި އަންހެނުންނަށް ދޭ އެކި ކަހަލަ އަނިޔާތަކުން ސަލާމަތްވުމަށް، އެމީހުންގެ ދިރިއުޅުން އެތަނަކަށް ބަދަލުކޮށްގެން އުޅޭ އަވަށަކީ މިއީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2023 | ހޮނިހިރު 06:03
އުމޯޖާ އަވަށުގައި ދިރިއުޅޭ މީހުން

އުމޯޖާ އަވަށުގައި ދިރިއުޅޭ މީހުން

އިންސާނީ ދަރިފަސްކޮޅު އެތަނެއްގައި ފެތުރިފައިވާ ކޮންމެ ތަނަކީ އާދަޔާ ޚިލާފު އެތައް ވާހަކައެއް އެތަނަކުން އަޑުއިވޭ، ނުވަތަ ފެނިގެންދާ ތަނެކެވެ. ކޮންމެ ތަނަކީވެސް ދެން ހުރި ތަންތަނާ، އެތައް ގޮތަކުން ތަފާތު ތަނެކެވެ. މިއީވެސް އެކަހަލަ އަވަށެއްގެ ވާހަކައެވެ. އަވަށަށް ބަލައިލުމުން ފެނިގެން ދަނީ، ހިއްކި ގެރިގުއި ބޭނުންކޮށްގެން އަޅާފައިވާ ޖިފުޓި ޒާތުގެ ގެތަކާއި ކަށި ގަސްތަކެކެވެ. މިއީ ކެންޔާގެ އިރުއިތުރު ސަމްބޫރޫ ސަރަހައްދަށް ބަލާނަމަ، މާ އާދަޔާ ޚިލާފު މަންޒަރެއް ނޫނެވެ. ނަމަވެސް، މި އަވަށް، އެހެން އަވަށްތަކާ ތަފާތުވާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެއީ މި އަވަށުގައި އެއްވެސް ފިރިހެނަކު ނުއުޅޭކަމެވެ.

މީގެ 30 އަހަރު ކުރިން މީހުން ދިރިއުޅެން ފެށި އުމޯޖާ އަވަށަކީ، ސަމްބޫރޫގައި ދިރިއުޅޭ އަންހެނުންނަށް އޮތް އަމާން ހިޔާވައްސެކެވެ. ކެންޔާގައި އަންހެނުންނަށް ދޭ އެކި ކަހަލަ އަނިޔާތަކުން ސަލާމަތްވުމަށް، އެމީހުންގެ ދިރިއުޅުން އެތަނަކަށް ބަދަލުކޮށްގެން އުޅޭ އަވަށަކީ މިއީއެވެ. އަންހެން ކުދިން ޚިތާނުކުރުމާއި، ގެވެށި އަނިޔާގެ އިތުރުން ޅައުމުރުގައި ކައިވެނި ކުރުންފަދަ އެތައް ވޭނަކުން ސަލާމަތް ވުމަށް ސަމްބޫރޫގެ އަންހެނުން ދިރިއުޅުން ބަދަލު ކުރަނީ އުމޯޖާ އަވަށެވެ.

ފިރިމީހާގެ ފަރާތުން ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބެމުން ދިޔަ، އުމުރުން 26 އަހަރުގެ ކްރިސްޓީން ސިޓިޔާނަކީވެސް މިއަދު އުމޯޖާގެ ރަށްވެއްސެކެވެ. 4 ދަރިންގެ މަންމަ، މި އަވަށަށް ބަދަލުވީ އޭނާ ތަހައްމަލުކުރަމުން ދިޔަ އަނިޔާވެރި ދިރިއުޅުން ދޫކޮށްފައެވެ. މިއަދު އޭނާއަށް ކުރެވެމުން ދަނީ މިނިވަންކަމުގެ އިހުސާސްއެވެ.

ކައިވެންޏާއެކު ދެން އިތުރަށް ކުރިއަށް ދެވިދާނެކަމުގެ އުއްމީދު މުޅިން ގެއްލި ދިއުމާއެކު ކްރިސްޓީން އެންމެ ފުރަތަމަ މަސައްކަތްކުރީ އޭނާގެ އުފަން އަވަށަށް އެނބުރި ދިއުމަށެވެ. ނަމަވެސް އޭނާގެ ކައިވެނީގެ އަގުދެއްގެގޮތުގައި ދީފައި އޮތް ނައަމްސޫފީގެ ޖަނަވާރެއް ވަނީ ވަގަށް ގެންގޮސްފައެވެ.

އަނިޔާ ލިބެމުންދާ އަންހެނުންގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދިނުމުގެ މަގުސަދުގައި އާބާދުކުރަންފެށި އުމޯޖާ އަވަށުގެ ކޯ-ފައުންޑަރެއް ކަމަށްވާ ޖޭން ނޮމުކެން ބުނިގޮތުގައި އެ ހަރަކާތުގެ އެންމެ ބޮޑު އެއް އަމާޒަކީ، ޅަ އަންހެން ކުދިން، ދޮށީ އުމުރުގެ ފިރިހެނުންނާ ކައިވެނި ކުރުވުން ހުއްޓުވުން ކަމަށެވެ. އަދި އަންހެން ކުދިންނަކީ، އެކުދިން ލޯބިވާ މީހަކާއެކު ޒަވާޖީ ހަޔާތެއް ފަށާ ބައެއް ކަމުގައި ކަށަވަރު ކުރުމެވެ.

އުމޯޖާ އަވަށުގެ ވަޒަންވެރިން އެތަނުގައި ދިރިއުޅެމުން ދަނީ އުފަލާއެކުގައެވެ. އެތައް އުއްމީދެއް ހާސިލުވެ އެތައް ހުވަފެނެއް ހަގީގަތަކަށް ވެފައިވާ ވެއްޓެއްގައެވެ.

ސަމްބޫރޫގެ އަންހެނުންނަކީ އިންތިހާ އަނިޔާ ތަހައްމަލުކުރުމުގެ ތާރީޚެއް އޮތް ބައެކެވެ. މާޒީއަށް ބަލާއިރު، ސަމްބޫރޫގައި އަންހެނުންނާމެދު ދެކެނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައެވެ. އަނބިންނަކީ ފިރިހެންގެ މުދަލެއްގެ ގޮތުގައި ދެކެއެވެ. ލިބެމުން ދިޔަ ސިލްސިލާ އަނިޔާތަކުން މިންޖުވުމަށް 15 ވަރަކަށް އަންހެނުން އިސްވެ، އުމޯޖާ އަވަށް އުފައްދައި، އެތަނުގެ ހަމައެކަނި ވަޒަންވެރިންނަކީ އަނިޔާ ލިބިފައިވާ އަންހެނުން ކަމުގައި ހެދިއެވެ. ރައްދުގައި، އެ އަވަށާ ދާދި ކައިރީގައި ހަމައެކަނި ފިރިހެނުންގެ އަވަށެއްވެސް ތަރައްގީކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

26 އެޕްރީލު 2017
ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

26 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު