Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ

ރާއްޖޭގައި ދައުލަތެއްގެ ސިފަ ޖެހިގެންދިޔައީ މިސަރުކާރުގައި: ޝާހިދު

ޝާހިދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2023 | ހޮނިހިރު 02:05
ފޮރިން މިނިސްޓަރ، އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ، އަބްދުﷲ ޝާހިދު

ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ ޖެހިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައިކަމަށް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް އެމްޑީޕީ ރިޔާސީ ޓިކެޓް އެރުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްކަމަށެވެ. އެ ވެރިކަމުގައި ދައުލަތުގެ ހުރިހާ ސިފަތަކެއް ކަނޑުއްވާލެއްވިކަމަށާއި ނަމަވެސް ރައީސް ސާލިހު ވަނީ އެސިފަތައް އަލުން ހޯއްދަވައިދެއްވާފައިކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތެއްގެ ސިފަތައް ކަނޑުއްވާލެއްވި ގޮތްތައް ކިޔައިދެއްވަމުން ޝާހިދު ވިދާޅުވީ، ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެމްބަރުކަމުން ވަކިކުރައްވައި ކަންނެލި އުކާހެން ގޭޓް މަތިން އުއްކަވާލައްވާފައިކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ އަތް ދަށަށް މަޖިލީސް ގެންދެވިކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ ދައުލަތެއް ޚަރާބުކޮށްލުން ކަމަށާއި އަނިޔާވެރިކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް މި މިނިވަން ނޫރާނީ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ މުއައްސަސާއެއްގެ ސިފަ ރައީސް ސާލިހު ގެންނަވައިފިކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސާލިހުގެ ވެރިކަމުގައި ފަނޑިޔާރުގެއަށްވެސް މިނިވަން މުއައްސަސާއެއްގެ ސިފަ ގެނެސްދެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި މުޅި ދައުލަތް ވިއްކާލުމަށް ނިންމައި ގާނޫނު އަސާސީއަށް އިސްލާހު ގެނައިކަމަށެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތަކާއި ފަޅުތައް ވިއްކާލުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިސްތިގުލާލު ނަގާލަން ރާވާފައިވާ ބޮޑު ޖަރީމާ ފުހެލެއްވީ ރައީސް ސާލިހުކަމަށް ޝާހިދު ވިދާޅުވިއެވެ.

މިސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، ރައީސް ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މީހުން ދިރިއުޅޭ 70 އިންސައްތަ ރަށުގައި ސާފު ބޯފެން ނެތްކަމަށެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ސާލިހު ކާމިޔާބުކުރައްވާނީ ގަދަކޮށްކަމަށެވެ. އަދި ރައީސް ސާލިހަށް ދެވަނަ ދައުރެއް އަރުވަންޖެހެނީ ގައުމަށް މިނިވަން ނޫރާނީ ދުވަސްތަކެއް ގެނައުމަށްކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު