Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ މަސައްކަތްތައް

އެމްޑީޕީގެ އުދަނގޫ މަރުހަލާ ނިމިއްޖެ، އެ ދުވަސް އަލުން އިއާދަވާން ބޭނުމެއް ނުވޭ: ފައްޔާޒް

އެމްޑީޕީ ފެށި ކަމަކީ ޒަމާނުއްސުރެ އޮތް ވެރިކަމުގެ ހަމަތައް ބަދަލުކުރުން ކަމަށް ފައްޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ފެބުރުއަރީ 2023 | ހުކުރު 17:17
ފައްޔާޒް އިސްމާއިލް

ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ އުނދަނގޫ މަރުހަލާ ނިމިފައިވާ ކަމަށާއި އެ ދުވަސް އަލުން އިއާދަވާން މިހާރު އެއްވެސް ބަޔަކު ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ޗެއަރޕަސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާ ގައި ވާހަކަދައްކަވަމުން، މިއަދު މާޒީ އަށް ބަލާލަން ޖެހޭ ކަމަށާއި މީގެ 25 ވަރަކަށް އަހަރު ފަހަތަށް ޖެހިލާ އިރު ހުރިހާ އިޚުތިޔާރެއް އޮންނަނީ ސަރުކާރެއްގައި އޭރު ހުންނަ ވެރިއެއްގެ އަތުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ގޮތް ބަދަލުކުރަން ދިވެހިން ބޭނުންވީ ބޭއިންސާފާއި އަނިޔާ ތަހައްމަލްކުރަން ޖެހުމުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އެ ކަމަށްޓަކާ ނުކުތް ބަޔަކީ އެމްޑީޕީ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތަށް ނުކުތް މީހުންނަށް ވަރަށް ބޮޑެތި ޖިސްމާނީ އަނިޔާ އާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން އާއިލާތައް ރޫޅުނު ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ މަސައްކަތަށް ނުކުތް މީހުން މިއަދު އެދުވަސް އަލުން އަނބުރާ އެ ދުވަސް އިއާދަވާން ބޭނުން ނުވާ ކަމަށާއި އެ ނާއިންސާފާއި އަނިޔާވެރިކަން ދިވެހިން ބޭނުން ނުވާ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރި މީހުން އެދެނީ ޒާތީ ތައައްސުބެއް ނެތި އެމްޑީޕީ ފެށި މަސައްކަތާއި އެކު ކުރިއަށް ދިއުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެމްޑީޕީ ފެށި ކަމަކީ ޒަމާނުއްސުރެ އޮތް ވެރިކަމުގެ ހަމަތައް ބަދަލުކުރުން ކަމަށާއި އެމްޑީޕީ އިން މަސައްކަތް ކުރީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކުރަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ ބިރުވެރިކަމެއް ނެތި މިނިވަންކަމާއި އެކު ދިރިއުޅުން ބިނާކުރަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. 2008ގައި އެކަން ހަގީގަތަކަށް ނުވީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި އޮތް އަނިޔާވެރިކަމުގެ ސަބަބުން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އުންމީދުގެ ހުޅުކޮޅު ނިއްވާލުމަށް އަނިޔާވެރިކަން އޮތީ ފުރުސަތަކަށް ބަލަބަލާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ހިތާމަ އަކީ އެ ހަނދާން މިއަދު އެމްޑީޕީގެ ތެރެއިން ބައެއް މީހުން ނެތުން ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު