Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ރަންތާޖު" ޤުެރުއާން މުބާރާތް

111 ބައިވެރިންނާއި އެކު "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ނިންމާލައިފި

17 ފެބުރުއަރީ 2023 | ހުކުރު 13:26

3 ލައްކަ ރުފިޔާގެ އިނާމަކާއި އެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ފެބުރުއަރީ 2023 | ހުކުރު 13:26
ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަން

ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް، "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

ނިމިދިޔަ ހަފްތާގައި މުބާރާތުގެ އޮޑިޝަންތައް ނިންމާލީ ޖުމުލަ 111 ބައިވެރިންނާއި އެކުގައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއި އެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލޭގެ ސޯޝަލް ސެންޓަރގައި މި މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ދިޔަ އޮޑިޝަންތަކުގައި ބައިވެރިވެފައި ވަނީ 62 ފަރާތެކެވެ. މާލެ ފިޔަވާ "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން ބާއްވާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

މި މުބާރާތުގެ އޮޑިޝަން މަރުހަލާ އާއި ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަން އިން ވަރަށް ހުނަރުވެރި ބައިވެރިން ފެނިގެން ދިޔަ ކަމަށާއި މުބާރާތާއި މެދު ކުރާ އުންމީދުތައް ގިނަ ކަމަށެވެ. އަދި މި މުބާރާތުގެ ބައިވެރިންގެ ތެރޭގައި ޒުވާނުން ގިނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ ޤުރުއާން ކިޔެވުމުގެ ހުނަރު ހުރި އާ ތަރިންތަކެއް ފެނިގެންދާނެ މުބާރާތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ގާރީ އިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޮޑިޝަންތަކުގައި ފަނޑިޔާރުކަން ކުރައްވާފައި ވަނީ އެކި ސަރަހައްދުތަކަށް ޤާރީ އިން ބަހާލައިގެން، ކޮންމެ ސަރަހައްދެއްގައި 3 ފަނޑުޔާރުންނެވެ. މުބާރާތުގައި ވާދަކުރުމަށް އޮޑިޝަން މަރުހަލާ އިން ހޮވާނީ ޖުމުލަ 20 ބައިވެރިންނެވެ. އާމިރު ވިދާޅުވީ އެ 20 ބައިވެރިން ހޮވާނީ އެންމެ މަތިން މާކްސް ލިބިފައިވާ ކުދިންގެ ވީޑިއޯ އޮޑިޝަންތައް ބެލުމަށް ފަހުގައި ކަމަށެވެ. އޮޑިޝަންތަކުގެ ބައި ނިމުމަށްފަހު ވަކިވަރަކަށްވުރެ މަތިން މާކްސް ލިބޭ 30 ނުވަތަ 35 ބައިވެރިން ކަނޑައަޅާނެކަމަށް ރަންތާޖުގެ ޓީމުން ވަނީ ހާމަކޮށްފައެވެ. އެ ވީޑިއޯ އޮޑިޝަންތައް ބަލާނީ 10 ފަނޑިޔާރުން ހިމެނޭ ޖަޖުންގެ ޕެނަލް އަކުންނެވެ.

މީގެ އިތުރުން އޮޑިޝަންގެ ހުރިހާ މަރުހަލާ އެއް ނިންމާ މި ފެށޭ ހަފްތާ ނިމުމުގެ ކުރިން މުބާރާތުގައި ވާދަކުރާ 20 ބައިވެރިންގެ ނަން އިޢުލާންކުރައްވާނެ ކަަމަށް އާމިރު ވިދާޅުވިއެވެ. އަދި މިހާރު ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން، "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނެ 3 ފަނޑިޔާރުންގެ ނަން ވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިޢުލާންކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް