Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނެސްލޭ

ނެސްލޭ އިން އަނެއްކާވެސް އަގުތައް އުފުލަނީ

17 ފެބުރުއަރީ 2023 | ހުކުރު 06:11

މުދަލުގެ އަގު ބޮޑުވުމުގެ އަސަރު ފޫބައްދަން އިތުރު އަގުތައް އުފުލަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ފެބުރުއަރީ 2023 | ހުކުރު 06:11
ނެސްލޭ ކޮފީ

ނެސްލޭ ކޮފީ

ދުނިޔޭގެ އެންމެ ބޮޑު ކާބޯތަކެތީގެ ގްރޫޕް ނެސްލޭ (އެންއީއެސްއެން.އެސް) އިން މިއަހަރު އަނެއްކާވެސް އަގުތައް އުފުލާނެ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް މާކް ޝްނައިޑާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ނެސްލޭގެ ޗީފް އެގްޒެކެޓިވް މާކް ޝްނައިޑާ ބުރާސްފަތި ދުވަހު ވިދާޅުވީ، 2022 ވަނަ އަހަރުގެ ފައިދާ މާކެޓް ލަފާކުރި މިންވަރަށް ގެއްލިގެން ދިޔައީ އަގުބޮޑު އިންގްރިޑިއަންޓްސް ބޭނުންކުރުމުން ކަމަށެވެ.

ޝްނައިޑާ ވިދާޅުވީ މުދަލުގެ އަގު ބޮޑުވުމުގެ އަސަރު ފޫބައްދަން އިތުރު އަގުތައް އުފުލަން ޖެހޭ ކަމަށެވެ. އެއީ ކޮންސިއުމަރުންނަށް ލިބުނު ދެރަ ޚަބަރެއް ކަމަށެވެ.

ނެސްކާފޭ އިންސްޓޭންޓް ކޮފީ އާއި ކިޓްކެޓް ޗޮކްލެޓް ބާ އުފައްދާ ކުންފުނިން މިދިޔަ އަހަރު 8.2 އިންސައްތައަށް އަގު ބޮޑުކުރި ނަމަވެސް އެކަމުގެ ސަބަބުން މާޖިންއަށް ތަކެތީގެ ހަރަދު އިތުރުވުމުގެ އަސަރު ފުރިހަމައަށް ފޫބެއްދިފައެއް ނުވެއެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން ޕެންޑެމިކްއާ ގުޅުން ހުރި ސަޕްލައި ޗޭން ލޮގް ޖޭމްތައް އިތުރަށް ގޯސްވުމުން ގާތްގަނޑަކަށް ހުރިހާ ރޯ މެޓީރިއަލްއެއްގެ ހަރަދު ބޮޑުވުމުން, ކޮންސިއުމަރ ގޫޑްސް އުފައްދާ ފަރާތްތަކުން އަގު ބޮޑުކުރިއެވެ.

ޔުނިލިވަރ (ޔޫއެލްވީއާރު.އެލް) އިން މިދިޔަ ހަފްތާގައި ބުނެފައި ވަނީ އިންޕުޓްގެ ހަރަދު ބޮޑުވާ މިންވަރު ފޫބައްދަން ޑިޓާޖެންޓާއި ސައިބޯނި އަދި ޕެކޭޖް ކާބޯތަކެތީގެ އަގު ބޮޑު ކުރަމުން ގެންދާނެ ކަމަށާއި ނަމަވެސް 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޮޑުކުރުންތަކަށް ލުއި ދޭނެ ކަމަށެވެ.

ސްނެކް އެންޑް ސޯޑާ އުފައްދާ ކުންފުނި ޕެޕްސިކޯ އިން މިދިޔަ ހަފްތާގައި ބުނެފައި ވަނީ މިދިޔަ އަހަރު އެތައް ފަހަރަކު އަގު ބޮޑުކުރުމުން ފައިދާ އާއި ވިއްކުމަށް އެނަލިސްޓުން ލަފާކުރި މިންވަރު ފަހަނައަޅައި ދިއުމަށް އެހީތެރިވެދިނުމުން އަގު ބޮޑުކުރުން ހުއްޓާލާނެ ކަމަށެވެ.

ބާކްލޭސްގެ އެނަލިސްޓް ވޮރެން އެކަރމަން ލަފާކުރާ ގޮތުގައި ލަފާކުރި ވަރަށް ވުރެ ދަށް ވޮލިއުމްތަކުގެ "ގާތްގަނޑަކަށް ހުރިހާ" ތަކެތި ނެސްލޭ އިން އުފައްދުމާމެދު އަލުން ވިސްނަން ޖެހިދާނެއެވެ.

ސުވާލަކަށް ވާނީ މި ކަންކަމުން އަހަރުގެ ފުރަތަމަ ކުއާޓަރާއި ހަމައަށް ވެސް ވޮލިއުމް ވީކްނެސް ކިހާވަރަކަށް ދެމިއޮންނާނެތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝްނައިޑާ ވިދާޅުވީ، ގިނަ ހާލަތްތަކުގައި ވޮލިއުމްތަކަށް ކުރާ އަސަރަކީ ކޮންސިއުމަރުންނަށް އަގުހެޔޮ ޕްރައިވެޓް ލޭބަލް ޕްރޮޑަކްޓްތަކަށް ޓްރޭޑް ކުރާ އިޝާރާތެއް ނޫން ކަމަށެވެ.

ވިޔަފާރީގައި ނެސްލޭގެ ހިއްސާގެ އަގު ވަނީ %2.8 ދަށްވެފައެވެ. 2022 ވަނަ އަހަރުގެ ތެރޭގައި ކުންފުނީގެ ވިޔަފާރި %8.4 އިތުރުވެ، 94.4 ބިލިއަން ސްވިސް ފްރެންކް (102.31 ބިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް