Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ރަންތާޖު" ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން ފެށިގެން ކާމިޔާބުކަމާއި އެކު ކުރިއަށް

އެ އޮޑިޝަންގައި ބައިވެރިވުމަށް 100 އާއި ގާތް ކުރާ އަދަދަކަށް މީހުން ނަން ނޯޓުކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 13:25
"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންގެ ތެރެއިން

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންގެ ތެރެއިން

ރަންތާޖު ޤުރުއާން މުބާރަތުގެ މާލެ ސިޓީގެ އޮޑިޝަން ކާމިޔާބު ކަމާއި އެކު ކުރިއަށް ދާކަމަށް "ރަންތާޖު"ގެ ޓީމުން ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތުގެ އޮޑިޝަންގެ އެންމެ ފަހު މަރުހަލާ ކަމަށްވާ މާލޭ ސިޓީގެ އޮޑިޝަން ފަށާފައި ވަނީ 15 ވަނަ ދުވަހުގެ ހެނދުނުއެވެ. ސޯޝަލް ސެންޓަރގައި ކުރިއަށް ގެންދާ އެ އޮޑިޝަން، ފެބްރުއަރީ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިތުރުން އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ، މާލޭގެ އޮޑިޝަން އަށް އާއްމުންގެ ފަރާތުން ރަނގަޅު ތަރުޚީބެއް ލިބެމުންދާކަމަށް ރަންތާޖުގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ރަންތާޖު ޤުރުއާން މުބާރަތުގެ މާލޭ ސިޓީގެ އޮޑިޝަން އާއި މެދު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ހިއްސާކުރައްވަމުން ޔޫތް މިނިސްޓްރީގެ ޔޫތް ޑިޕާޓްމެންޓުގެ އެޑްމިން އޮފިސަރ، އައިމިނަތު ރަޝީދާ ވިދާޅުވީ އޮޑިޝަންގައި ބައިވެރިވުމަށް ދާ ކޮންމެ ބައިވެރިއަކަށް ވެސް ރަންތާޖުގެ ޓީމުން މަރުޚަބާ ކިޔާނެ ކަމަށެވެ. އަދި ބައިވެރިން ރެޖިސްޓަރކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރގެ ހަރުގޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ބައިވެރިއެއްގެ މައުލޫމާތު ރަނގަޅުތޯ ކަށަވަރުކުރުމަށް ފަހު އޮޑިޝަން އަށް އަންނަ ތަރުތީބުން ބައިވެރިންގެ އޮޑިޝަން ކުރިއަށް ގެންދާ ކަމަށެވެ. ރަޝީދާ އިތުރަށް ވިދާޅުވީ ޔޫތް ޑިޕާޓްމެންޓްގެ 25 ވަރަކަށް މުވައްޒަފުން އެ އޮޑިޝަންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ކަމަށެވެ.

އެ އޮޑިޝަން އާއި މެދު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ ރަންތާޖު މާލޭގެ އޮޑިޝަން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކަމަށާއި، އެ އޮޑިޝަން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށެވެ. އެ އޮޑިޝަން އަށް އާއްމުންގެ ފަރާތުން ވަރަށް ހޫނު ތަރުޚީބެއް ލިބިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ އޮޑިޝަންގައި ބައިވެރިވުމަށް 100 އާއި ގާތް ކުރާ އަދަދަކަށް މީހުން ނަން ނޯޓުކޮށްފައިވާ ކަަމަށެވެ. އެހެންނަމަވެސް ނަން ނޯޓު ނުކުރާ ފަރާތްތަކަށް ވެސް އޮޑިޝަން ކުރިއަށް ދާއިރު ސޯޝަލް ސެންޓަރުގެ ހޯލަށް ގޮސްގެން އޮޑިޝަންގައި ބައިވެެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އާމިރު ވިދާޅުވިއެވެ. ސޯޝަލް ސެންޓަރ އަށް ދިއުމުން ރަޖިސްޓްރީކޮށްގެން އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާމިރު ވިދާޅުވިއެވެ. އަދި މިއީ ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން ލިބޭ ފަހު ފުރުސަތުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މުބާރާތުގެ އޮޑިޝަންގައި 16 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަންތާޖު ޤުރުއާން މުބަރާތުގެ މާލޭ ސިޓީ އޮޑިޝަންގައި ޖަޖުންގެ ގޮތުގައި ބައިވެރިވަނީ އިބްރާހިމް ޝިފާއު، ނަސްރުﷲ އަލީ، މުހައްމަދު ވަހީދު، މުހައްމަދު ތައުފީގްގެ އިތުރުން އަބްދުލް ވާހިދުއެވެ. މި މުބާރާތަކީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. ރަންތާޖު ޤުރުއާން މުބާރާތް ކުރިއަށް ދާގޮތަށް ބަލާއިރު، މި މުބާރާތުގެ އޮޑިޝަންތަކުން ހޮވުމަށް ހަމަޖެހިފައި ވަނީ 20 ބައިވެރިންނެވެ. އަދި މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ގާރީން ހަރަކާތްތެރިވެވަޑައިގަންނަވައެވެ.

މުބާރާތުގެ އޮޑިޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ 6 ސަރަަހައްދެއްގައެވެ. މީގެކުރިން މި މުބާރާތުގެ އޮޑިޝަން ބާއްވާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު