Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ޖާސޫސީ އުޅަނދުތައް

އެމެރިކާގެ ޖާސޫސީ އުޅަނދުތަކެއް ޗައިނާގެ ވައިގެ ސަރަހައްދުގައި؟

އެމެރިކާއިންވެސް ޗައިނާގެ ވައިގެ ސަރަހައްދަށް އެފަދަ ސަރވޭލަންސް އުޅަނދުތައް ފޮނުވާކަމަށް ބުނެ ޗައިނާއިން ވަނީ ދިފާއަށް ކުޅެން މަސައްކަތްކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 11:05
އެމެރިކާގެ ޖާސޫސީ އުޅަނދުތަކެއް ޗައިނާގެ ވައިގެ ސަރަހައްދުގައި

އެމެރިކާގެ ޖާސޫސީ އުޅަނދުތަކެއް ޗައިނާގެ ވައިގެ ސަރަހައްދުގައި

3 ވަނަ ބޮޑު ހަނގުރާމައެއްގެ ބިރަށް ދުނިޔެ ސިހިސިހި އޮތް ދަނޑިވަޅެއްގައި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުވާލި ކަމަކަށް ވީ، ގޮތް ނޭނގޭ ބެލޫންތަކެއް، އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރަން ފެށުމެވެ. "ސްޕައި ބެލޫން"ގެ ގޮތުގައި އެމެރިކާއިން ސިފަކުރާ އެ އުޅަނދުތައް ވައްޓާލުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރި ދައުރެއް އަދާކުރަމުންދާއިރު، އެ ބެލޫންތަކަކީ ޗައިނާގެ ބެލޫންތަކެއްކަން ވަނީ ކަށަވަރުވެފައެވެ.

ކަން މިހެން އޮތްއިރު، އެމެރިކާއިންވެސް ޗައިނާގެ ވައިގެ ސަރަހައްދަށް އެފަދަ ސަރވޭލަންސް އުޅަނދުތައް ފޮނުވާކަމަށް ބުނެ ޗައިނާއިން ވަނީ އާންމު އުސޫލުން ދިފާއަށް ކުޅެން މަސައްކަތްކޮށްފައެވެ. ޗައިނާގެ މި އިލްޒާމަށް އެމެރިކާއިންވެސް މިހާރު ވަނީ ރައްދު ދީފައެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވައިޓްހައުސްގެ، ގައުމީ ސަލާމަތާބެހޭ ތަރުޖަމާނު، ޖޯން ކަރބީ ވިދާޅުވީ ޗައިނާގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ ސަރވޭލަންސް އެއަރކްރާފްޓެއް ހަރަކާތްތެރިވެފައި ނުވާނެކަމަށެވެ.

2022 ވަނަ އަހަރަށް ފެށިފަހުން އެކަނިވެސް، ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި، އެމެރިކާގެ ސަރވޭލަންސް ބެލޫންތައް ޗައިނާގެ ވައިގެ ސަރަހައްދުން 10 ފަހަރަށްވުރެ ގިނައިން ދަތުރުކޮށްފައި ވާކަމަށް ޗައިނާއިން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން ވަނީ ތަކުރާރުކޮށް، އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ގަވައިދުން އޮޕަރޭޝަންތައް ހިންގަމުންދާ އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކަކީ، އެ ސަރަހައްދުތަކުގެ މިލްކުވެރިކަމަށް ޗައިނާއިން ވަކާލާތުކުރާ ސަރަހައްދުތަކެކެވެ. އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނަކީވެސް ޗައިނާގެ މިލްކެއްކަމަށް ޗައިނާއިން ވަކާލާތުކުރެއެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑު ސަރަހައްދެއްގެ މިލްކުވެރިކަމަށް ޗައިނާއިން އަތް ގަދަ ކުރަމުން ދާއިރު، ބްރޫނާއީ، ފިލިޕީންސް، މެލޭޝިއާ އަދި ވިއެޓްނާމުންވެސް އެކަމަށް ދައުވާކުރެއެވެ.

އެމެރިކާއިން ވަނީ އދ.ގެ ކަނޑުތަކާބެހޭ ގާނޫނުގެ ދަށުން 2016 ވަނަ އަހަރު ކުރި ހުކުމަށް ތާއީދުކޮށްފައެވެ. އެ ހުކުމަށް ބަލާއިރު، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަތްގަދަކުރުމަށް ޗައިނާއިން ކުރާ މިލްކުވެރިކަމުގެ ދައުވާއަކީ ބާތިލު ދައުވާއެކެވެ. އެމެރިކާއިން ދަނީ އެ ސަރަހައްދުގައި އަސްކަރީ ތަމްރީނުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ ސަރަހައްދަކީ، ޗައިނާގެ އަސްކަރިއްޔާގެ ބޭސްތަކެއް އަޅާފައިވާ ސަރަހައްދާ ދާދި ކައިރީގަ އޮންނަ ސަރަހައްދެކެވެ.

އެމެރިކާގެ ތަމްރީންތަކަކީ ޒަމާންވީ ހަތުރުވެރިޔާއަށް ހަޖަމުކުރަން މާ ފަސޭހަ ތަމްރީނުތަކެއް ނޫނެވެ. ޗައިނާއިން ބުނާގޮތުގައި އެ ތަމްރީނުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ނަގާލައެވެ. އަދި ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ ދެބަސްވުންތައް ވަނީ ހޫނުވެފައެވެ.

ޗައިނާގެ ވައިގެ ސަރަހައްދުގައި އެމެރިކާއިން ގަވައިދާ ޚިލާފަށް ބެލޫންތަކެއް އޮޕަރޭޓްކުރާކަމަށް ޗައިނާއިން ހަރު އަޑުން ގޮވަން ފެށީ، އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ސްޕައި ބެލޫނެއް، ފެބުރުއަރީ 4 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވައްޓާލި ހިސާބުންނެވެ. އެ ސްޕައި ބެލޫން ވެގެން ދިޔައީ މީގެ އެތައް ދުވަހެއް ކުރިން އެމެރިކާގެ ޚާރިކީ ވަޒީރު އެންޓޮނީ ބްލިންކަން ޗައިނާއަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅުވެސް ކެންސަލް ކުރެއްވުމަށް މެދުވެރިވި އުޒުރަކަށެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ އެފަދަ 3 އުޅަނދެއް އެމެރިކާގެ ވައިގެ ސަރަހައްދުން ވައްޓާލާފައެވެ. އަދި އެކަމުގައި އޭލިއަނުންގެ ކަމެއް އުޅޭކަމަށް ދެކެވޭ ވާހަކަތައްވެސް ކަރބީ ވަނީ ދޮގު ކުރައްވާފައެވެ.

އެމެރިކާގެ ޕޮލިޓިކަލް ސައިންޓިސްޓެއް ކަމަށްވާ ޕްރޮފެސަރ ޖޯން މަރޝެއިމަރ ވިދާޅުވާގޮތުގައި، އެމެރިކާއާ ޗައިނާއާ ދެމެދު މިހާރު ކުރަމުން އެދަނީ އާ ފިނި ހަނގުރާމައެކެވެ. ހަނގުރާމައިގެ ދަރަކީ ޒަމާނީ ޓެކްނޮލޮޖީގެ މައިދާނުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކަށް ހުރަސްއެޅުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ކަމަށްވެސް ޕްރޮފެސަރ މަރޝެއިމަރ ވަނީ ތުހުމަތު ކުރައްވާފައެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހު، އިންޑޮނޭޝިއާގެ ބާލީގައި، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ބައްދަލު ކުރައްވައި ބައިޑަން ވަނީ ބައެއް ކަހަލަ ސިޔާސީ ފިކުރުތަކަށް ބައިއަތު ހިއްޕަވާފައެވެ. އެގޮތުން ޗައިނާގެ ވެރިކަން ބަދަލުކުރަން އެމެރިކާއިން ނުއުޅޭނެކަމާއި، އާ ފިނި ހަނގުރާމައެއް ނުކުރާނެކަމާއި، ޗައިނާއާ ދެކޮޅަށް އެމެރިކާއިން ގޭންގު ނުހަދާނެކަމާއި، ޓައިވާނުގެ މިނިވަންކަމަށް އެމެރިކާއިން ތާޢީދު ނުކުރުމާ، ދެ ޗައިނާއެއްގެ ފަލްސާފައަށް އެމެރިކާއިން ތާއީދު ނުކުރުމާއި، ޗައިނާއާ ޖައްސާލައިގެން އެމެރިކާއިން ނުއުޅުމާއި، ޗައިނާއާ ފެއަށް ނުޖެހުމާއި، ޗައިނާގެ އިގުތިސާދީ ތަރައްގީއަށް ހުރަސްއެޅުމުގެ ނިޔަތެއް އެމެރިކާއިން ނުގެންގުޅުމާއި، ޗައިނާ ފިއްތާލުމުގެ ފަލްސަފާއެއް އެމެރިކާއިން ނުގެންގުޅުމަށް ބައިޑަން ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް، އެކަމަށް އަމަލީ ސިފަ އަތުވެދާނެތޯ އެއީ ޖަވާބު ނުލިބޭ ބޮޑު ސުވާލެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
03 ނޮވެމްބަރު 2017

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!
24 ސެޕްޓެމްބަރު 2017

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި
18 ސެޕްޓެމްބަރު 2017

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު