Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު މެޗު ފެށުމުގެ ކުރިން ހިމޭން ކަމުގެ ސުކޫތު ކޮޅެއް

މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37،000 އަށް ވުރެ މައްޗަށް ގޮސްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2023 | ބުދަ 07:29
ޗެމްޕިއަންސް ލީގުގެ މެޗު ފެށުމުގެ ކުރިން ޓީމުތަކުން ހިމޭންކަމުގެ ސުކޫތު ކޮޅުގައި

ޗެމްޕިއަންސް ލީގުގެ މެޗު ފެށުމުގެ ކުރިން ޓީމުތަކުން ހިމޭންކަމުގެ ސުކޫތު ކޮޅުގައި

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގެ ހާދިސާއާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތައް ފެށުމުގެ ކުރިން ހިމޭންކަމުގެ ސުކޫތު ކޮޅެއް ގެނެސްފި އެވެ.

މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތައް ވަނީ ފަށައިފަ އެވެ. ފްރާންސްގެ ޕެރިހުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ޖަރުމަނުގެ ބަޔާން މިއުނިކް ބައްދަލު ކުރިއިރު، އިޓަލީގެ މިލާންގައި އޭސީ މިލާން އާއި ޓޮޓެންހަމް ވަނީ ވާދަކޮށްފަ އެވެ. ދެ މެޗު ވެސް ފެށުމުގެ ކުރިން ހިމޭންކަމުގެ ސުކޫތު ކޮޅެއް ގެނައުމަށް ޔުއެފާ އިން ވަނީ ނިންމައިފަ އެވެ. އެ ސުކޫތު ކޮޅުގައި މެޗުގައި ކުޅުނު ދެ ޓީމުގެ އޮފިޝަލުންނާއި، ކުޅުންތެރިންގެ އިތުރުން ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ. އެކަމުގެ ބޭނުމަކީ މުޅި ފުޓުބޯޅަ ދުނިޔެ އޮތީ އެ ބިންހެލުމުގައި ގެއްލުން ލިބުނު އާއިލާތަކާއެކު ކަމަށް ދައްކައިދިނުމެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ވެސް ފުޓުބޯޅަ އެހެން ލީގުތަކުގައި ވެސް އަންނަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އެ ޤައުމުގެ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ކަންކަން ކުރަމުންނެވެ. ކުލަބުތަކާއި ވަކި ވަކި ކުޅުންތެރިން ވެސް އަންނަނީ އެކަމުގެ މެސެޖުތައް ފޮނުވަމުންނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު