Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަންގްރިއްލާ ހުޅުވުން

މިއަހަރު ތެރޭގައި ޝަންގްރިއްލާ ހުޅުވަނީ

ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން 30 އިންސައްތައް ހިއްސާ އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ފެބުރުއަރީ 2023 | ބުދަ 02:34
ޝަންގްރިއްލާ - ސަރުކާރުގެ ހިއްސަ ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ޝަންގްރިއްލާ - ސަރުކާރުގެ ހިއްސަ ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައި

މިއަހަރު ތެރޭގައި ޝަންގްރިއްލާ ހުޅުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު ރަޝީދު ކުރެއްވި ސުވާލުގައި ވިދާޅުވީ، ކޮވިޑަށްފަހު ދިވެހިރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ރެކޯޑް އަދަދަކަށް އާމްދަނީ ލިބި، ފަތުރުވެރިންވެސް ރެކޯޑް އަދަދަކަށް ޒިޔާރަތްކުރަމުންދާއިރު، އަައްޑޫ ސިޓީގެ ވިލިނގިލި ނުވަތަ ޝަންގްރިއްލާ އޮންނާނީ ގަލުގައި އަޅާފައި ކަމަށެވެ. ގަލުން ނައްޓައި އައްޑޫގެ ބޮޑު އާބާދީގެ ރައްޔިތުންގެ އުއްމީދާ އެއްގޮތަށް އެތަނުން ހިދުމަތެއް ފަތުރުވެރިންނަށް ދެވި، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ލިބި އަދި ސަރުކާރަށް ވެސް އާމްދަނީ އިތުރުވާނެ ގޮތަކަށް އެކަންކުރެވިގެންދާނެކަމަށް އަންދާޒާ ކުރެވެނީ ކިހާ ހިސާބެއްގައިތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ޝަންގްރިއްލާ ހުޅުވާނެކަމަށް އުއްމީދުކުރެއްވި ކަމަށެވެ. އެއީ ޕްރައިވެޓް ވިޔަފާރިއެއް ކަމަށާއި، އަދި އެ ވިޔަފާރިއަށް ސަރުކާރުގެ ފަރާތުން ކޮށްދެއްވެން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ކުލި ކުޑަކޮށްދެއްވުން ކަމަށާއި، ސަރުކާރުގެ އޮތް ޝެއަރ ދޫކޮށްލުމުގެ މަޝްވަރާތައް ނިމި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުން ޝާމިލުވާގޮތަށް ވާހަކަދެކެވުނު ކަމަށެވެ. އެކަންތައް ނިމުމާއެކު ރިސޯޓް ހަދަން ފެށުމުގެ ކަންތައް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދުގައި ލިޔެފައި އޮންނަ ގޮތުން އެތަނެއް މަރާމާތަށް ބަންދުރެވޭނެކަމަށެވެ. އަދި އުއްމީކުރައްވަނީ މިއަހަރުތެރޭގައި ޝަންގްރިއްލާ ހުޅުވޭ ހިސާބަށް ދާނެކަމަށެވެ.

ސަރުކާރުގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލެވޭގޮތަށް ޓުއަރިޒަމް ޤާނޫނަށް ހުށަހެޅި އިސްލާހާއެކު، ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ގާނޫނު ވަނީ ތަސްދީގުކޮށްފައެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އައު އިސްލާހުގެ ސަބަބުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓްތަކުގެ ހިއްސާ ސަރުކާރުން ބޭނުންނަމަ ދޫކޮށްލެވޭނެއެވެ. އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮތުމާއެކު، އެ ރިސޯޓް ނުހުޅުވި ގިނަ ދުވަސްވެގެން ދިއުމުގެ ސަބަބުން ސަރުކާރަށް ބޮޑު ބުރައެއް އުފުލަން ވަނީ ޖެހިފައެވެ.

30 އިންސައްތަ ހިއްސާ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މަޖިލީހުން ޓުއަރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހުގެ އަލީގައި ޓުއަރިޒަމް މިނިސްޓްރީން މަސައްކަތް ފެށި ނަމަވެސް އެ ފޯމިއުލާގެ އަލީގައި އެ ރަށުގެ ސައިޒް ބޮޑުކަމުން 80 މިލިއަން ވަރު ޝެއަރ ބަދަލުކުރުމަށް އަރައެވެ. އެހެންކަމުން ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން 30 އިންސައްތައް ހިއްސާ އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭނެކަހަލަ ގޮތަކަށް މަގުފަހިވެގެންދާނެއެވެ.

ފަތުރުވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން، ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ މިކަމުގައި ދެ ދިމާއަކުން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޝަންގްރިއްލާއިން އިންވެސްޓްމަންޓަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް ރިސޯޓް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ސަރުކާރުގެ ފަރާތުން ހިއްސާ ދޫކޮށްލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު