Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ސިޓީއާ ދެކޮޅަށް ނުކުންނައިރު އާސެނަލްގެ ކުޅުންތެރިން ތިބީ ރުޅިގަދަވެފައި

އާޓެޓާ ބުނީ މުޅިން ހިތްހަމަ ޖެހޭނީ އާސެނަލަށް ދެ ޕޮއިންޓު ދިނުމުން ކަމަށާއި، ނަމަވެސް މި ހާލަތުގައި އެއީ ވާނެ ކަމެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2023 | ބުދަ 02:13
އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ ކޯޗު އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނައިރު އާސެނަލްގެ ކުޅުންތެރިން ތިބީ ރުޅިގަދަވެފައި ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން، ސިޓީ އާއި އާސެނަލާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. އާސެނަލްގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ އެ ޓީމުގެ މައްޗަށް ކުރި ހޯދައިގެން ސިޓީ އަށް އާސެނަލް ފަހަތަށް ޖައްސާލުމުގެ ފުރުސަތު އެބަ އޮތެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އާސެނަލް އިން ބްރެންޓްފޯޑު މެޗު ނިންމާލަން ޖެހުނީ ވަރަށް ރުޅި ގަދަވެ ތިބެ ކަމަށާއި، ސަބަބަކީ އެއީ އިންސާނަކަށް ވީތީ ހެދެން ޖެހޭ ކަހަލަ ގޯހެއް ނޫން ކަމަށެވެ. އެއީ އަމިއްލަ ޒިންމާ އަދާ ކުރުމުގައި ފަރުވާ ކުޑަވުމުން ދިމާވި ކަމެއް ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން އާސެނަލަށް ގެއްލުނީ މުހިންމު ދެ ޕޮއިންޓު ކަމަށާއި، އެކަމުގެ ސަބަބުން މައާފަށް އެދުމުން އެކަން ބަލައިގަންނަ ކަމަށެވެ. ނަމަވެސް މުޅިން ހިތްހަމަޖެހޭނީ އާސެނަލަށް ދެ ޕޮއިންޓު ދިނުމުން ކަމަށާއި، ނަމަވެސް މި ހާލަތުގައި އެއީ ވާނެ ކަމެއް ނޫން ކަމަށެވެ. އާޓެޓާ ފާހަގަ ކުރި ގޮތުގައި އެކަމުގެ ސަބަބުން ސިޓީއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވެސް ތިބީ ރުޅި ގަދަވެ، ބަދަލަކަށް އެދިގެން ކަމަށެވެ. އޭނާ ބުނީ މިހާރު ބޭނުންވަނީ އެކަމުން އަރައިގަނެ، އާސެނަލަށް ހަމަޖެހުމެއް ލިބުން ކަމަށެވެ.

އާޓެޓާ ބުނީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް އަބަދު ވެސް އޮންނާނެ ކަމަށެވެ. ޚާއްސަކޮށް ސިޓީއާ ދެކޮޅަށް މުހިންމު މެޗަކަށް ނުކުންނައިރު، ކުޅުންތެރިން މެޗުގެ ސީރިއަސްކަން ނަގާނެ މިންވަރު ވެސް އޭނާ އަށް އެނގޭ ކަމަށާއި، އޭނާއެކޭ އެއް ފަދައިން ކުޅުންތެރިން ވެސް ބޭނުންވަނީ މެޗުން މޮޅުވެ ލީގު ރޭހުގައި އާސެނަލް ކުރީގައި އޮތުން ކަމަށެވެ. އަދި އާސެނަލްގެ ކުޅުންތެރިން ގުޅިގެން އެކުގައި މަސައްކަތްކޮށްފި ނަމަ، އެ ޓީމަށް އެކަން ހާސިލް ކުރެވޭނެ ކަމަށެވެ.

އާާސެނަލްގެ ދަނޑުގައި އެ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެއް ގަޑި ތިރީހުގަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު