Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރައްޔިތުންގެ ޕާޓީ ( ޑީ.އާރު.ޕީ)

ޖާބިރު ޑީއާރްޕީން ވަކިވެ، "ގްރީން ޕާޓީ" އުފައްދަވައިފި

ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ފެބުރުއަރީ 2023 | ހޯމަ 06:27
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގެ ވަގުތީ ލީޑަރު ކަމުންނާއި، އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ޙަބީބު ކުރެއްވި ޓްވީޓެއްގައެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ، ޖާބިރު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.

Advertisement - newsAdvertisement

ޖާބިރު ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި މިވަނީ ޑީއާރްޕީއަށް 3000 މެންބަރުން ހަމަނުކުރެވުމުން، އެ ޕާޓީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޖާބިރު އެ މަޤާމަށް އައްޔަނު ކުރެއްވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ ރާއްޖޭގައި ދެވަނައަށް އުފެއްދެވި ސިޔާސީ ޕާޓީއެވެ. އަދި ހިޔާލު ތަފާތުވެ ޕާޓީ ބައިބައިވުމާއެކު އޭރު ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ދުރަށް ޖެހިވަޑައިގަތެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް ޑީއާރްޕީގެ ސިޔާސީ ހަރަކާތްތައް އޮތީ ހުއްޓިފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ޑީއާރްޕީއާއެކު ކުރިއަށް ވަޑައިނުގެންނެވުނު ނަމަވެސް، ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ޖާބިރު ވަނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެކަމުގެ ލިޔުން ވެސް ހޯމަ ދުވަހު އީސީން ވަނީ ޖާބިރުއާ ޙަވާލު ކުރައްވާފައެވެ.

ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެގެން ޑީއާރްޕީ އުވާލަން މީގެ ކުރިން ވެސް އެ ޕާޓީއަށް ނޯޓިސް ދިނެވެ. ނަމަވެސް އެ ފަހަރު ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި ޕާޓީން 3000 މެންބަރުން ހަމަކުރުމާގުޅިގެން އެކަމުގެ ރަސްމީ ލިޔުން 27 ޖޫންގައި ޕާޓީއަށް އޮތީ ދީފައެވެ. އެފަހަރު ޕާޓީއަށް މެންބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހުއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ފޭސްގައި ޗެކްކުރިއިރު، ޕާޓީގެ މެންބަރުންގެ އަދަދު ހަމަނުވަތީ އަނެއްކާ ވެސް ޕާޓީއަށް ނޯޓިސް ދިނީއެވެ.

އެހެންނަމަވެސް، ނޯޓިސްއަށް ދިން 3 މަހުގެ މުއްދަތު ހަމަވި ފަހުންވެސް މެންބަރުން ހަމަކުރެވިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ވުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ޕާޓީ އުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، ޕާޓީ އުވާލުމާއި ގުޅޭ ނޯޓިސް ވެސް މިހާރު ޑީއާރްޕީއަށް ދީފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވެގެން އެކަމުގެ ނޯޓިސް ޖުލައި މަހުގެ 25 ވަނަ ދުވަހު އެ ޕާޓީއަށް ވަނީ ދީފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެންބަރުން ވެސް ހަމައެއްނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. 3000 މެންބަރުން ޕާޓީގައި ހަމަނުވާނަމަ އެ ޕާޓީއެއް އުވާލާނެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު