Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ގެންނަ ބިދޭސީން ފުރުވާލުން

ޑްރަގް ގެންނަ ބިދޭސީން ފުރުވާލެވޭ ޤަވާއިދު - ކުއްލި މައްސަލައާ ދެކޮޅަށް އެމްޑީޕީގެ ވިޕެއް

13 ފެބުރުއަރީ 2023 | ހޯމަ 05:41

އެ ޤަވާއިދުގެ ސަބަބުން މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު ރާއްޖެ އާދެވޭ ކަމަށް ކުއްލި މައްސަލައިގައި ވަނީ ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ފެބުރުއަރީ 2023 | ހޯމަ 05:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ޑްރަގް އެތެރެކުރާ ބިދޭސީން ރާއްޖެ އެތެރެ ނުކޮށް އަނބުރާ ފޮނުވާލެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ އާއި ދެކޮޅަށް އެމްޑީޕީ އިން ތްރީލައިން ވިޕެއް ނެރެފިއެވެ.

ޑްރަގް އެތެރެކުރާ ބިދޭސީން ރާއްޖެ އެތެރެނުކޮށް އަނބުރާ ފޮނުވާލެވޭ ގޮތަށް އުސޫލު ހަމަޖެހުނީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" އިސްލާހު ކުރުމާއި ގުޅިގެންނެވެ. އެކަމާއި ގުޅޭގޮތުން މަޖިލީހަސް ކުއްލި މައްސަލަ އެއް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕް އިން އެ ޕާޓީ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ އެ މައްސަލައާ ދެކޮޅަށް ވިޕްލައިނެއް ނެރެފައި ވަނީ، އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރަކު މަޖިލީހަށް އެއްވެސް މައްސަލަ އެއް ހުށަހަޅާނަމަ އަމަލުކުރުމަށް އޮންނަ އާއްމު އުސޫލާއި ޚިލާފަށް ކަމަށް ވާތީ ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހަށް މައްސަލަ އެއް ހުށަހަޅާފައި މި ވަނީ ދާދި ފަހުން ވެސް މި ޤަވާއިދުގެ ދަށުން ބިދޭސީއަކު ފުރުވާލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ވަނީ ފޮނުވާލާފައެވެ. އެކަމާއި ގުޅޭގޮތުން އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވާލަނީ މައްސަލަ ސާބިތުކުރަން ހެކި ހުރި މިންވަރާއި، އެ މީހަކު ބެހެއްޓުމަށް ދާނެ ޚަރަދަށްވެސް ބަލާފައިކަން "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަމަލުކުރަން ފެށި އެ ގަވާއިދަކީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ، އެ ފަރާތެއް ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާއިދެވެ.

މެންބަރު ހަސަން ލަތީފުގެ ކުއްލި މައްސަލައިގައި އެ ޤަވާއިދުގެ ސަބަބުން މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު އެއްވެސް ބިރެއް ނެތި ރާއްޖެ އާދެވޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ ބަދަލުގެ ސަބަބުން އެ ވިޔަފާރިއަށް ހިތްވަރު ލިބޭ ކަމަށާއި އެ ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރަން ޖެހޭކަމަށްވެސް ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
18 މާރިޗު 2017

މަރަދޫން އެކްސިޑެންޓްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

18 މާރިޗު 2017
މަރަދޫން އެކްސިޑެންޓްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ
16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް